الأربعين النووية
ނަވަވީގެ ސާޅީސް ޙަދީޘް
— مَعَ زِيَادَةِ ابنِ رَجَبٍ الحَنبَلِيِّ —
އިބްނު ރަޖަބުގެ އިތުރު ޙަދީޘްތަކާއެކު
ފޮތުގެ އަސްލު ލިޔުނީ:
އަބޫ ޒަކަރިއްޔާ، މުޙްޔިއްދީން ޔަޙްޔާ ބިން ޝަރަފް އައްނަވަވީ
(631 – 676 هـ)
ތަރުޖަމާ އެކުލަވާލީ:
އަބޫ ޔަޙްޔާ، މުޙައްމަދު އަޝްރާފު އިބްރާހީމް
ޙަދީޘްއެމްވީ
ތަރުޖަމާކުރި ފޮތުގެ ނަން: ނަވަވީގެ ސާޅީސް ޙަދީޘް
ގިސްމު: އިސްލާމް، ޙަދީޘް
ތަރުޖަމާކުރި ފަރާތް: މުޙައްމަދު އަޝްރާފު އިބްރާހީމް
އިސްލާމިކް މިނިސްޓްރީގެ ފާސް ނަމްބަރު:
(FRM)142-C1/INDIV/61/2019
ފޮތުގެ ޗާޕު: ... ވަނަ ޗާޕު، ... މ - ... މ. (v. ...)
އީމެއިލް: hadithmv@gmail.com
ވެބްސައިޓު: hadithmv.github.io
ސަފުހާގެ އަދަދު: ...
މަތުނު ފެށޭ ސަފުހާ: ...
ފަރުމާކުރުމާއި ޓައިޕްސެޓިން ހެދީ: މުޙައްމަދު އަޝްރާފު އިބްރާހީމް
A5 (148 × 210 mm) :ފޮތުގެ ސައިޒު
ފޮންޓު: Tharujamaanu, KFGQPC HAFS Uthmanic Script
ޗާޕުކުރީ: މެސެޖް އޮފް އިސްލާމް
ފޮތް ބަލައިގަތުމަށް ގުޅޭނެ ނަމްބަރު: 7330557
އެޑްރެސް: އިސްކަންދަރު މަގު، މާލެ، ދިވެހިރާއްޖެ
الكتاب: الأربعون في مباني الإسلام وقواعد الأحكام (الأربعون النووية) مع زيادة ابن رجب الحنبلي
ފޮތް: އިސްލާމް ދީނުގެ އަސާސްތަކާއި ހުކުމްތަކުގެ ގަވާއިދުތަކުގައިވާ ސާޅީސް ޙަދީޘް (ނަވަވީގެ ސާޅީސް ޙަދީޘް) - އިބްނު ރަޖަބު އަލްޙަންބަލީގެ އިތުރު ޙަދީޘްތަކާއެކު
المؤلف: أبو زكريا محيي الدين يحيى بن شرف النووي (ت ٦٧٦ هـ)
ލިޔުނީ: އަބޫ ޒަކަރިއްޔާ މުޙްޔިއްދީން ޔަޙްޔާ ބިން ޝަރަފް އައްނަވަވީ (676 ހ.)
تحقيق: عبد المحسن القاسم
ތަހްގީގުކުރީ: ޢަބްދުލް މުޙްސިން އަލްގާސިމް
مصدر الكتاب: متون طالب العلم - المستوى الأول - الطبعة السادسة، ١٤٣٩ هـ - ٢٠١٨ م.
ފޮތުގެ މަސްދަރު: އިލްމު އުނގެނޭ ދަރިވަރުގެ މަތުނުތައް - ފުރަތަމަ މުސްތަވާ - ހަވަނަ ޗާޕު 1439 ހ. - 2018 މ.
بِسمِ اللهِ الرَّحمَنِ الرَّحِيمِ
تقريض
الحمد لله وحده والصلاة والسلام على رسوله وآله وصحبه… وبعد:
ޢިލްމަކީ އިންސާނީ ޙަޟާރަތުގެ ކުރިބޯށްޓެވެ. ހުރިހާ މާނައެއްގައި ވެސް ތަނެއް ތަހުޒީބުވެ ކުރިއަރައި ދިއުމުގެ ސިއްރެވެ. ޢިލްމަކީ އަޅާ އޭނާގެ ވެރިރައްބު މަޢުރިފާކޮށް ދެނެގަތުމުގެ ވަސީލަތެވެ. ދީނާއި ދުނިޔަވީ ކަންކަން ދެނެގަތުމުގެ ތަޅުދަނޑިއެވެ. އީމާންކަމުގެ ނާރެހެވެ. އިންސާނާ މަތީ ދަރަޖަތަކާ ހަމައަށް ވާޞިލްވުމުގެ މަގުވެސް މެއެވެ. ފަހެ ޢިލްމަކީ އޭގެ އައްސޭރިއެއް ނުވާ، މާސިންގާ ފުން ކަނޑެކެވެ. އެ ކަނޑުން ފެންތިއްކެއްގެ މިންވަރު ޙާޞިލްވުމަކީ ވެސް އިންސާނާއަށް ލިބޭނޭ ވަރަށް ބޮޑު ހެވެކެވެ. ވަކިން ޚާއްޞަކޮށް ދީނީ ޢިލްމެވެ. އެހެންވެ އަޅާއަށް ﷲ ހެޔޮއެދިވޮޑިގެންފިނަމަ، އޭނާއަށް ދީނުގެ ޢިލްމު ދެއްވައެވެ. ޢިލްމަކީ އިންސާނާގެ ޙަޔާތަށް މިހާ މުހިއްމު އެއްޗަކަށް ވީހިނދު، އެ ޢިލްމު ފެތުރުމަށް އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައި ވެއެވެ. ދީނުގެ ޢިލްމު ލިބިގެންތިބެ އެ ޢިލްމު ފެތުރުމަކީ މާތް ނަބިއްޔާ ﷺ އާއި އެކަލޭގެފާނަށް ތަބާވާ މީހުންގެ މަގެވެ. ކީރިތިވަންތަ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (قُلْ هَذِهِ سَبِيلِي أَدْعُو إِلَى اللَّه عَلَى بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي) [يوسف 108] މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! މިއީ ތިމަންކަލޭގެފާނުގެ މަގެވެ. ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނަށް ތަބާވި މީހުން، ﷲ ގެ މަގަށް ގޮވައިލައްވަނީ، ޢިލްމާ (އަލިވެގެންވާ ހެއްކާއި ދަލީލާ) އެކުގައެވެ.“
ދީނުގެ ޢިލްމު ފެތުރުމަށްޓަކައި މި އުއްމަތުގެ ޢިލްމުވެރިން ވަރަށް އަގުހުރި މަސައްކަތްތައް ކުރައްވާފައިވެއެވެ. އޭގެތެރޭގައި ފޮތްތައް ލިޔެ ތަޞްނީފްކުރުމާއި، ތަރުޖަމާކުރުމަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވެމުން އަންނަ މުހިއްމު މަސައްކަތެކެވެ. އެގޮތުން އަޅުގަނޑުމެންގެ ކުރިމަތީގައި މިވާ ”ނަވަވީގެ ސާޅީސް ޙަދީޘް“ މި ފޮތަކީ އިމާމް އަބޫ ޒަކަރިއްޔާ މުޙްޔިއްދީން އައްނަވަވީ ލިޔުއްވާފައިވާ ”الأربعون النووية“ ގެ ވަރަށް ފުރިހަމަ ދިވެހި ތަރުޖަމާއެކެވެ. މި ފޮތަކީ ސައިޒުގެ ގޮތުން ކިތަންމެ ކުޑަ ނަމަވެސް ފައިދާގެ ގޮތުން ވަރަށް ބޮޑު ފޮތެކެވެ. އުއްމަތުގައި މަޝްހޫރުވި، އަދި މީސްތަކުން ބަލައިގަތް ފޮތެކެވެ. އަލިގަދަ ވޮށެކެވެ. ވަރަށް ޚާއްޞަ އިމްތިޔާޒީ ސިފަތަކެއް ލިބިގެންވާ ފޮތެކެވެ. އެގޮތުން މި ފޮތުގައި މުއައްލިފު ލިޔުއްވާފައި ވަނީ އެ ޙަދީޘްތަކެއްގެ މައްޗަށް ޝަރީޢަތުގެ މައިގަނޑު ޙުކުމްތައް ބިނާވެގެންވާ ސާޅީސް ޙަދީޘެވެ. ދުޢާއަކީ މިފޮތުގެ ސަބަބުން ދިވެހިންގެ ޢިލްމީ ޚަޒާނާ މުއްސަނދިވެ، އޭގައިވާ މޫރިތި ޙަދީޘްތަކަށް އަމަލުކުރުމުގެ ހެޔޮތައުފީޤް ﷲ މިންވަރުކުރެއްވުމެވެ.
27 ޛުލްޙިއްޖާ 1441
17 އޮގަސްޓު 2020
كتبه/أخوكم
އިލްޔާސް ޖަމާލް
މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާރޒް
بِسمِ اللهِ الرَّحمَنِ الرَّحِيمِ
مقدمة المترجم
إِنَّ الْحَمْدَ لِلَّهِ نَحْمَدُهُ وَنَسْتَعِينُهُ وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلَا مُضِلَّ لَهُ، وَمَنْ يُضْلِلْ فَلَا هَادِىَ لَهُ، وَأَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ. أَمَّا بَعْدُ، فَإِنَّ خَيرَ الحَدِيثِ كِتَابُ اللَّهِ، وَخَيرَ الهَديِ هَديُ مُحَمَّدٍ صَلَّى اللَّهُ عَلَيهِ وَسَلَّمَ، وَشَرَّ الأُمُورِ مُحدَثَاتُهَا، وَكُلَّ بِدعَةٍ ضَلَالَةٌ، وَكُلَّ ضَلَالَةٍ فِي النَّارِ.
ﷲ، އައްރަޙްމާން، އައްރަޙީމުގެ އިސްމުފުޅުން (ފަށަމެވެ.)
ހަމަކަށަވަރުން އެންމެހާ ހަމްދެއް ވަނީ ﷲ އަށެވެ. އަޅަމެން އެ އިލާހަށް ހަމްދުކޮށް، އެހީތެރިކަމަށް އެދި، ފާފަ ފުއްސެވުން އެދި ދަންނަވަމެވެ. އަދި އަޅަމެންގެ ނަފްސުތަކުގެ ނުބައިކަމުންނާއި، އަޅަމެންގެ އަމަލުތަކުގެ ނުބައިކަމުން ﷲގެ ޙަޟްރަތުން ރައްކާތެރިކަން އެދެމެވެ. ﷲ ތެދުމަގު ދައްކަވާ މީހަކަށް މަގުފުރައްދާނެ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެ އިލާހު މަގުފުރައްދަވާ މީހަކަށް ތެދުމަގު ދައްކާނެ އެއްވެސް ފަރާތެއް ނުވެއެވެ. އަދި ﷲ ފިޔަވާ (އަޅުކަންކުރުން ހަައްގުވާ) އެހެން އެއްވެސް އިލާހަކު ނުވާކަމަށާއި، އެ އިލާހު އެއްކައުވަންތަކަމާއި، އެ އިލާހަށް ބައިވެރިއަކު ނުވާކަމަށް ހެކިވަމެވެ.
އަދި މުޙައްމަދު (ﷺ) އީ އެ އިލާހުގެ އަޅާ އަދި ރަސޫލާކަމަށް ހެކިވަމެވެ. އެއަށްފަހު ދަންނާށެވެ. ފަހެ ހަމަކަށަވަރުން އެންމެ ހެޔޮ ބަސްފުޅަކީ ﷲ ގެ ފޮތެވެ. އަދި އެންމެ ހެޔޮ ހިދާޔަތަކީ މުޙައްމަދު ﷺ ގެ ހިދާޔަތެވެ. އަދި ކަންތަކުގެ ތެރެއިން އެންމެ ނުބައި ކަންކަމަކީ، އަލަށް އުފައްދާފައިވާ ކަންކަމެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ. އަދި ކޮންމެ މަގުފުރެދުމެއް ވަނީ ނަރަކައިގައެވެ.
އަރަބި ބަހުގައި ސުންނަތުގެ އާއްމު މާނައަކީ، މަގާއި ގޮތެވެ. ނަމަވެސް ދީނުގައި ސުންނަތޭ ބުނެވޭ އިރު، އޭގެ މާނައަކީ، ﷲ ފޮނުއްވި އެންމެ ފަހުގެ ނަބީ، މުޙައްމަދު ﷺ ގެ އަރިހުން ރިވާވެފައިވާ ބަސްފުޅުތަކާއި، އަމަލުފުޅުތަކާއި، އެކަލޭގެފާނު އިގުރާރުވެ ވަޑައިގެންނެވި ކަންތައްތަކާ އަދި އެކަލޭގެފާނާއި އެކަލޭގެފާނުގެ ސަހާބީން އެ ގޮތެއްގެ މަތީގައި ތިއްބެވި ގޮތެވެ.
މި ބުނާ ސުންނަތަކީ، ކުރުމުން ސަވާބު ލިބޭ، އަދި ނުކޮށް ދޫކޮށްލުމުން އަޒާބު ނުލިބޭ ކަންކަމުގެ ވާހަކައެއް ނޫނެވެ. އެ ގޮތަށް ކިޔާ އުޅޭ ސުންނަތަކީ، މިއަށްވުރެ ހަނި ދާއިރާއެއްގައި، ފިގްހީ ހުކުމްތަކާ ގުޅޭ ގޮތުން ބޭނުން ކުރެވޭ އިޞްޠިލާޙެކެވެ. ނަމަވެސް މި ދަންނަވާ ސުންނަތަކީ، މުޙައްމަދު ﷺ ގެ ގޮތެވެ. އެކަލޭގެފާނުގެ ހިދާޔަތެވެ. އަދި އެއާ ޚިލާފު އިދިކޮޅު އެއްޗަކީ ބިދުޢެވެ. އެ ރަސޫލު ދީނުގައި އެއްވެސް ކަމެއް އަމިއްލަފުޅަށް އުފައްދަވާފައެއް ނުވެއެވެ. އެކަލޭގެފާނު އެންގެވި ކޮންމެ ކަމަކީ ހަމަ ﷲ އެންގެވި ކަމެކެވެ. އަދި އެ ރަސޫލަށް ކިޔަމަންވުމަކީ ހަމަ ﷲ އަށް ކިޔަމަންވުމެވެ. ﷲ ވަނީ، މި ހިދާޔަތަށް ތަބާވުމަށް އަމުރުކުރައްވާފައެވެ. އަދި ހަޔާތުގެ ހުރިހާ ކަމެއްގައި ވެސް، އަމަލުކުރަން ޖެހޭނީ ސުންނަތާ އެއްގޮތަށެވެ.
އެ ރަސޫލަށް އެންމެ ބޮޑަށް ތަބާވެ، އެކަލޭގެފާނުގެ ސުންނަތުގައި އެންމެ ބޮޑަށް ހިފައި، އެ ހިދާޔަތުގެ މަތީ އެންމެ ބޮޑަށް ސާބިތުވެ ތިއްބެވީ އެކަލޭގެފާނުގެ ސަހާބީންނެވެ. އެއަށްފަހު، އެ ބޭކަލުންނާ އިހްސާންތެރި ގޮތުގައި ތަބާވި ތާބިޢީންނާއި، ތަބާ ތާބިޢީންނެވެ. މިއީ އެންމެ ހެޔޮވެގެންވާ ޖީލުތަކެވެ. އަދި ސަލަފުންނޭ މި ކިޔަނީ މި ބޭކަލުންނަށެވެ. އަހަރެމެން އުޅެންވީ ނޫޅެންވީ، އަދި ގަބޫލުކުރަންވީ ނުކުރާންވީ އެންމެހާ ގޮތެއް އެނގެން އޮތީ ހަމައެކަނި އެކަލޭގެފާނުގެ ސަހާބީން މެދުވެރިކޮށެވެ.
އެ ބޭކަލުންނަށް ތަބާވުމަކީ، ދިންނެވުމާއި، އެންމެހާ ހެވަކާއި ލާބައާއި މަންފާ ލިބޭނެ ހަމައެކަނި މަގެވެ. އަދި އެ ނޫން އެއްވެސް އެހެން މަގެއް ޚިޔާރުކުރުމަކީ، ދުނިޔެއާއި އާޚިރަތުގައި ހަލާކާއި އަބާއްޖަވެރިކަމަށް ވެއްޓިގެން ދިޔުމެވެ.
ސުންނަތައް ތަބާވުމަކީ އީމާންކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ސުންނަތުގައި އަގީދާއާއި ފިގްހުގެ ކަންކަން ހިމެނެއެވެ. އަދި ދީނުގައި އަސާސީ އަދި ފަރުޢީ ކަންކަން ވެސް ހިމެނެއެވެ. އިސްލާމަކު ސުންނަތަށް އިންކާރެއް ނުކުރާނެއެވެ.
ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ”އަދި ތިމަން ކަލޭގެފާނުގެ އުއްމަތް، ހަތްދިހަ ތިން ބަޔަށް ބައިބައިވެގެން ދާނެއެވެ. އެ ހުރިހާ ބަޔެއް ވެސް ވަނީ ނަރަކައިގައެވެ. އެއް ބަޔަކު ފިޔަވައެވެ.“ (މީސްތަކުން) ދެންނެވިއެވެ: އޭ ﷲ ގެ ރަސޫލެވެ. އެއީ ކޮން ބަޔެއްހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ”އެއީ ތިމަން ކަލޭގެފާނާ އަދި ތިމަން ކަލޭގެފާނުގެ ސަހާބީން މި ތިއްބެވި ގޮތެއްގެ މަތީގައި ތިބި ބަޔެކެވެ.“⁽¹⁾
އިމާމު އަޙްމަދު ވިދާޅުވިއެވެ: ނަބީ ﷺ ގެ ޙަދީޘްފުޅެއް ރައްދުކޮށްފި މީހާ ވަނީ ހަލާކުގެ ތުންފަތް މަތީގައެވެ.⁽²⁾
އިމާމު ބަރްބަހާރީ ވިދާޅުވިއެވެ: ތިޔަބައިމީހުން ދަންނާށެވެ. އިސްލާމް ދީނަކީ ސުންނަތެވެ. އަދި ސުންނަތަކީ އިސްލާމް ދީނެވެ. އަދި އެ ދޭތިންކުރެ އެއް ކަމެއް، އަނެއް ކަމަކާ ލައިގެން މެނުވީ ގާއިމު ނުވާހުއްޓެވެ.⁽³⁾
_________
⁽¹⁾ التِّرمِذِي 2641، وَحَسَّنَهُ الأَلبَانِي
⁽²⁾ الإِبَانَةُ الكُبرَى، ابنُ بَطَّة العُكبَرِي 1
⁽³⁾ شَرحُ السُّنَّةِ لِلبَربَهَارِي 1
ނަވަވީއަކީ ޝާފިޢީ މަޒުހަބަށް ނިސްބަތްވާ އިލްމުވެރިއެކެވެ. އަދި އެ މަޒްހަބުގެ ފިގްހު ފޯރުކޮށްދިން މައި ތަނބެކެވެ.
ނަމާއި ނަސަބު: ޔަޙްޔާ ބިން ޝަރަފު ބިން މުއްރިއްޔި ބިން ޙަސަން ބިން ޙުސައިން ބިން މުޙައްމަދު ބިން ޙިޒާމު އަލްޙިޒާމީ އަލްޙައުރާނީ އައްނަވަވީއެވެ.
ނިސްބަތް: ނަވަވީ މި ނަން ނިސްބަތްކުރެވެނީ ނަވާ ކިޔުނު ތަނަކަށެވެ. އެއީ ދިމިޝްގުގެ ދެކުނުގައި، 90 ކިލޯމީޓަރު ދުރުގައިވާ ރަށެކެވެ.
ކުންޔާ: އަބޫ ޒަކަރިއްޔާ. ނަވަވީއަށް ދަރިއަކު ނުވެއެވެ. އަދި ނަވަވީ ކައިވެނިކޮށްފައެއްވެސް ނުވެއެވެ.
ލަގަބު: މުޙްޔިއްދީން. އަދި މި ލަގަބުން ކިޔުމަށް ނަވަވީ ނުރުހުންތެރިވިއެވެ.
އުފަންވުން: ނަވާގައި، ހިޖުރައިން 631 ވަނަ އަހަރުގެ މުޙައްރަމު މަހުގައެވެ.
ދަތުރުތައް: ނަވަވީ ދަތުރުކުރި ރަށްތަކު ތެރޭގައި، ދިމިޝްގާއި، މައްކާއާއި، މަދީނާއާއި، ގުދުސް ހިމެނެއެވެ.
ޝައިޚުން: އެ ޒަމާނަކީ ވަރަށް އިލްމުވެރިން ގިނަ ޒަމާނެކެވެ. އޭގެ ތެރެއިން ނަވަވީގެ ބައެއް ޝައިޚުންނަކީ:
– إسحاق بن أحمد بن عثمان أبو إبراهيم المغربي ثم المقدسي الشافعي (650 هـ)، وهو من أوائل شيوخه في الفقه.
– عبد الرحمن بن نوح بن محمد أبو محمد المقدسي ثم الدمشقي الشافعي (654 هـ).
– خالد بن يوسف بن سعد، أبو البقاء النابلسي الشافعي (662 هـ).
– أحمد بن سالم، أبو العباس المصري الحنفي النحوي (664 هـ).
– إبراهيم بن عيسى، أبو إسحاق المُرَادِي الأندلسي الشافعي (668 هـ).
– سلَّار بن الحسن، أبو الحسن الإِربِلي ثم الحَلَبي ثم الدمشقي الشافعي (670 هـ).
– عمر بن بُندار بن عمر بن علي بن محمد، أبو الفتح التَّفلِيسي الشافعي (672 هـ).
– عمر بن أسعد بن أبي غالب، أبو حفص الرَّبَعي الشافعي (675 هـ).
– عبد الرحمن بن أبي عمر محمد بن أحمد بن قدامة، أبو الفرَج المقدسي الحنبلي (682 هـ)، وهو أجل شيوخه.
ދަރިވަރުން: ދިމިޝްގުގައި ޙަދީޘް އިލްމުގެ މަރުކަޒެއް ކަމަށްވާ ދާރުލް ޙަދީޘް އަލްއަޝްރަފިއްޔާއާ ނަވަވީ ހަވާލުވިއެވެ. އަދި އެއް މަދަރުސާއަށް ވުރެ ގިނަ މަދަރުސާގައި ނަވަވީ ކިޔަވައިދިނެވެ. އެހެންކަމުން ނަވަވީގެ ދަރިވަރުން ގިނަވިއެވެ. އޭގެ ތެރޭގައި ހިމެނެނީ:
– أحمد بن محمد بن عباس بن جَعْوَان، شهاب الدين الأنصاري الدمشقي الشافعي (699 هـ).
– أحمد بن فرْح، أبو العباس اللَّخمي الإشبيلي الشافعي (699 هـ).
– إسماعيل بن عثمان بن عبد الكريم بن تمَّام، أبو الفداء القرشي
الحنفي (714 هـ).
– علي بن إبراهيم بن داوود، أبو الحسن بن العطَّار الشافعي (724 هـ).
– سليمان بن هلال بن شِبْل بن فلاح، أبو الفضل الداراني الشافعي (725 هـ).⁽⁴⁾
_________
⁽⁴⁾ شَرحُ الأَربَعِين النَّوَوِيَّة، لعَبدِ المُحسِن القَاسِم، ص 4
އުޅެ ބޮޑުވުމާއި އިލްމީ ހަޔާތް: ކުޑައިރުއްސުރެ އިލަމައް ލޯބިކުރިއެވެ. އެހެނިހެން ކުދިންތައް ކުޅެންގެންދަން އުޅުނީމާ، އެ ކުދިންގެ ކިބައިން ފިލިއެވެ. އަދި ގަދަކަމުން ކުޅެން ގެންދަން އުޅޭތީ ރޮއެވެސް ހެދިއެވެ. ނަވަވީގެ ބައްޕަ އުޅުނީ އެ ރަށުގައި ފިހާރައެއް ހިންގަންށެވެ. އަދި ނަވަވީ އެ ކަމުގައި އެހީތެރިވެދެއެވެ. ދެން ނަވަވީ ކިޔެވުމަށް ޓަކައި، ބައްޕަ، އޭނާ ދިމިޝްގަށް ގެންދިޔައެވެ. އަދި ނަވަވީ އުޅުނީ ދަރުސްތަކަށް ހާޒިރުވުމާއި، ލިޔުމާއި، ކިޔުމާއި، ޝައިޚުންގެ ގާތަށް ދިޔުމުގައެވެ. އަދި އެއްވެސް ވަރަކަށް ވުގުތު ނަގައިނުލާ، އެކިއެކި ފޮތްތައް ހިތުދަސްކޮށްފައި ވެއެވެ.
އެއް ފަހަރަކު ނަވަވީ، ބޭހުގެ އިލްމައިގެން މަޝްޣޫލުވުމަށް ނިޔަތް ގަނެ، އިބްނު ސީނާގެ އަލްގާނޫން ފޮތް ގަތެވެ. ދެން އުނދަގޫތަކެއް ވެގެން، ދުވަސްތަކެއް ވަންދެން އެއްވެސް ކަމެއް ނުކުރެވި ހުއްޓެވެ. އެއަށްފަހު އެ ފޮތް ވިއްކާލިއެވެެެ.
ނަވަވީ އިޚްތިޔާރުކުރީ ދަތި އުނދަގޫކޮށް ދިރިއުޅުމަށެވެ. ރަނގަޅު ފޭރާން ލުމާއި، ރަނގަޅު ކާތަކެތި ކެއުމާއި، ބުރުސޫރަ ރީތިކުރުމާއި، ރަނގަޅަށް އޮށޯވެ ނިދުން ދޫކޮށްލިއެވެ. ރަވާޙިއްޔާ މަދަރުސާއިން ލިބުނު އުޖޫރައިން ފުއްދާލިއެވެ. އަދި އާއްމުކޮށް ކައި އުޅުނީ ހަރު ހިކި ރޮއްޓެވެ. ދެން ބައްޕަ ފޮނުވާ ކޭކު (އެބަހީ: ރޮށީގެ ވައްތަރެއް) އަދި ތީނިކޮޅެއް ވެސް ކައި އުޅުނެވެ. ލައި އުޅުނީ އެންމެ އާދައިގެ، ބާ، ފޮތިއަޅާފައިވާ ފޭރާމާއި، ތުނި ފަގުޑިއެކެވެ. ނާދިރު ފަހަރަކު މެނުވީ، މީހެއްގެ އަތުން އެއްޗެއް ހަދިޔާއެއްގެ ގޮތުގައި ގަބޫލެއް ނުކުރެއެވެ. ދެން ނަވަވީ މަޝްޣޫލު ނުކުރުވާނެ މީހެއްގެ ފަރާތުން ކުޑަ އެއްޗެއް ބަލައިގެންފާނެއެވެ. ނަވަވީ ހީހަދައި އުޅުނީ މަދުންނެވެ. އަދި ކުޅެ މަޖާކޮށް ސަމާސާއެއް ނުކުރެއެވެ.
ނަވަވީގެ ގާތް ދަރިވަރު، އިބްނުލް ޢައްޠާރު ކިޔައިދިން ގޮތުގައި، ނަވަވީ ކޮންމެ ދުވަހަކުވެސް ބާރަ ދަރުސް ޝައިޚުންނަށް ކިޔައިދެއެވެ. ނަވަވީ ހާޒިރުވާ ދަރުސްތަކުގައި، އެއާއި ގުޅުން ހުރި ހުރިހާ އެއްޗެއް ލިޔެހަދައެވެ. އުނދަގޫ ތަންތައްކޮޅު ޝަރަހަކޮށް، އިބާރާތްތައް ބަޔާންކޮށް، ބަސް ޟަބްޠުކުރިއެވެ.
އަދި ނަވަވީ ހާޒިރުވި ދަރުސްތަކުގެ ތެރޭގައި އަގީދާކަމުގައިވާ އުސޫލުއްދީން ވެސް ހިމެނެއެވެ. އެ ގޮތުން ޢަބްދު ﷲ ބިން އަލްމުބާރަކާއި، މުޙައްމަދު ބިން އަސްލަމް އައްޠޫސީއާއި، އަލްޙަސަން ބިން ސުފްޔާން އައްނަސާއީއާއި، އަބޫ ބަކުރު އަލްއާޖުއްރީއާއި، އައްދާރަގުޠުނީއާއި، އަބޫ ޢުޘްމާން އައްޞާބޫނީ ފަދަ ޙަދީޘާއި އަޘަރަށް ތަބާވި، ސަލަފުންގެ އަގީދާ ހުރި އެތައް ބޭކަލުންނާއި، އެ ބޭކަލުންގެ ގިނަގުނަ ފޮތްތައް ނަވަވީއަށް އެނގުނެވެ. އަދި އިލްމުގައި މުޖުތަހިދު ދަރަޖައަށް ފޯރައި، ފޮތްތައް ލިޔުމުގައި މަޝްޣޫލުވިއެވެ.
ނަވަވީގެ ސިފަތަކަށް ބަލާއިރު، ނަވަވީގެ ހަމުގެ ކުލައަކީ މުށި ކުލައެވެ. ނަވަވީގެ ތުނބުޅި ބޮލެވެ. ބައްޓަން މެދުމިނެވެ. ޖަދަލުކުރުމެއް ނުދެކެއެވެ. އެކަކު އަނެކަކު ބަލިކުރަން އުޅުން ކަމުނުދެއެވެ. ޖަދަލުކުރާ މީހުންގެ ކިބައިން އުނދަގޫވެގެން، މޫނު އަނބުރާލައެވެ. އަދި ނަވަވީގެ ވާހަކަ ދެއްކެވުމަށް ވުރެ، ނަވަވީގެ ގަލަން ތަނަވަސްވެގެންވެއެވެ.
ނަވަވީ އެއްވެސް ވައްތަރެއްގެ މޭވާ ނުކާ ވާހަކަ، އިސް ދަރިވަރު އިބްނުލް ޢައްޠާރު ދެންނެވީމާ، ނަވަވީ ދިން ޖަވާބަކީ، މޭވާތައް ވާސިލުވެފައިވާ ގޮތުގައި ޝުބުހަ ހުރި ކަމެވެ. އެހެންވެ ޝުބުހައިން ސަލާމާތްވުމަށް އެ ތަކެތި ނުކަނީއެވެ. އަދި މީސްތަކުން ފެންވަރާ އުޅޭ އާއްމު ޙައްމާމުތަކުން ނަވަވީ ފެންނުވަރާތީ، އަދި ދަތި އުނދަގޫކޮށް ދިރިއުޅޭތީ، އެ ކަމާ ނުރުހިގެން އައްރަޝީދު އަލްޙަނަފީ، ނަވަވީ އަދަބުވެރިކުރުމަށް ވާހަކަ ދެއްކިއެެވެ. އަދި އިލްމުގައި އުޅުން ހުއްޓުވާލާނެ ބަލިމަޑުކަމެއް ޖެހިދާނެކަމަށް ވެސް ބިރުދެއްކިއެވެ. ދެންވެސް ނަވަވީގެ ޖަވާބަކީ، އެހެން މީހަކު ވެސް މުސްކުޅިވެގެން ގޮސް ހަމުގެ ކުލަ ބަދަލުވެއްޖައުމަށް ދާންދެން ހަމަ ރޯދަ ހިފައި އުޅުނު ކަމެވެ.
ނިޔާވުން: ނަވަވީ އެ ގޮތުގެ މަތީގައި އުޅެނިކޮށް، ބަލިވެގެން، އުމުރުން 45 އަހަރުގައި ނިޔާވިއެވެ. އެއީ ހިޖުރައިން 676 ވަނަ އަހަރުގެ، 24 ރަޖަބުގެ ބުދަަ ދުވަހުގެ ރޭގައި، ނަވާގައެވެ.⁽⁵⁾
ދަރިވަރު އިބްނުލް ޢައްޠާރު، އޭނާގެ ޝައިޚު ނަވަވީއާމެދު ޒިކުރުކުރިއެވެ: ހަމަކަށަވަރުން އެއްފަހަރަކު، ފޮތްތަކެއް (ގައި ހުރި އެއްޗެއް ފިލުވާ ސާފުކޮށްގެން، ހުސް ފޮތްތަކެއްގެ ގޮތުގައި) ވިއްކާލަން އޭނާ އަހަރެނަށް އަމުރުކުރިއެވެ. އެއީ ނަވަވީ އަތުން ލިޔުނު އެއްހާހަކަށް ފޮތެވެ. އަދި ކަރުދާސް ވިއްކާ ތަނުގައި އަހަރެން ހުރެގެން، އެ ލިޔުނު އެއްޗެއް ދޮވެ ފިލުވުމަށް ނަވަވީ އަމުރުކުރިއެވެ. އަދި އެ ކަމުގައި ނަވަވީގެ އަމުރާ ޚިލާފުނުވުމަށް، އަހަރެންނަށް ބިރުދެއްކިއެވެ. އެހެންކަމުން (އެ ކަމުގައި) ނަވަވީއަށް ތަބާވުން ނޫން ގޮތެއް އަހަރެންނަކަށް ނުވިއެވެ.⁽⁶⁾
އަދި ސަޚާވީ، ނަވަވީއާމެދު ޒިކުރުކުރިއެވެ: ހަމަކަށަވަރުން ނަވަވީ ނިޔާވުމުގެ ކުޑަ ތަންކޮޅެއް ކުރިން، (ނަވަވީގެ) ”އައްރައުޟާ“ ފޮތް ދޮވެ ފިލުވުމާމެދު ވިސްނިއެވެ. އެއީ (ކުރިން ވެސް) ނަވަވީ ތައުލީގުތައް ލިޔުނު އެއްހާހަކަށް ފޮތް ދޮވެ ފިލުވި ފަދައިންނެވެ. ދެން ނަވަވީއަށް ބުނެވުނެވެ: ހަމަކަށަވަރުން ދަތުރުވެރިން ވަނީ އެ ފޮތްތަށް ހިފައިގެން ދަތުރުކޮށް (ފަތުރާ ގޮސް ނިންމާފައެވެ.) ނަވަވީ ދެންނެވިއެވެ: އެ ލިޔުނު ތަކެއްޗާމެދު އަހަރެންގެ ހިތުގައި އެއްޗެއް އެބަ ހީވެއެވެެ. ނުވަތަ އެ ބުނި ފަދަޔަކުންނެވެ.⁽⁷⁾
_________
⁽⁵⁾ سِيَرُ أَعلَام النُّبَلَاء لِلذَّهَبِي، الجُزءُ المَفقُودُ، تَرجَمَةُ النوَوِي (6445) ص 340
⁽⁶⁾ تُحفَةُ الطَّالِبِينَ فِي تَرجَمَةِ مُحيِي الدِّين ص 94، ابنُ العَطَّار
⁽⁷⁾ المَنهَلُ العَذبُ الرَّوِي فِي تَرجَمَةِ قُطبِ الأَولِيَاءِ النَّوَوِيِ ص 16، شَمسُ الدِّين السَّخَاوِي
އަދި މަޝްހޫރު ޙަސަން ސަލްމާން ވިދާޅުވިއެވެ: އަދި ނަވަވީގެ ޚާއްސަ ދަރިވަރު، އިބްނުލް ޢައްޠާރު ޢަލާއުއްދީން ޢަލީ ބިން އިބްރާހީމުގެ ގާތުގައި، ނަވަވީގެ ފޮތްތަކުގެ ތެރެއިން އެތަކެއް ފޮތެއް ފޮހެލުމަށާއި، ދޮވެ ސާފުކުރުމަށް، ނަވަވީ އަމުރުކުރި ހިނދު، އިބްނުލް ޢައްޠާރު ޒިކުރުކުރިއެވެ: އަހަރެން އެ ކަންކުރީ ނަވަވީގެ އަމުރަށް ތަބާވުމުގެ ގޮތުންނެވެ. އަދި މި ކުރި ކަންތަކާމެދު އަހަރެންގެ ހިތުގައި ނުހަނު ހިތާމަކުރަމެވެ. އެހެން ގޮސް ނަވަވީގެ ފޮތް ”މިންހާޖުއް ޠާލިބީން“ ދޮވެ ފިލުވުމަށް އަހަރެންނަށް އަމުރުކުރިއެވެ. ދެން އެ ކަން ނުކުރުމަށް އަހަރެން އާދޭސްކޮށް ބުނީމެވެ: ހަމަކަށަވަރުން ކިޔަވާ ކުދިންގެ މެދުގައި އެ ފޮތް ވަނީ ފެތުރިފައެވެ. އަދި އެ ކުދިން ވަނީ (އެތައް ފަހަރަކު) އެ ފޮތް ނަކަލުކޮށްފައެވެ. އެހެންކަމުން އެ ދޮވެ ފިލުވުމުގެ ބޭނުމެއް ކޮބައިހެއްޔެވެ؟ ދެން ނަވަވީ ހަނުހުއްޓެވެ.⁽⁸⁾
އަދިވެސް މަޝްހޫރު ޙަސަން ސަލްމާން ވިދާޅުވިއެވެ: ނަވަވީގެ ބައެއް ފޮތްތަކުގައި (ﷲ ގެ) ބައެއް ސިފަފުޅުތައް ތައުވީލުކޮށްފައި ވެއެވެ. ޚާއްސަކޮށް ސަހީހު މުސްލިމުގެ މައްޗަށްވާ ނަވަވީގެ ޝަރަހައިގައެވެ. އަދި ނަވަވީގެ ޒަމާނާ ކައިރިން، ފޮތް ނަކަލުކޮށް އުޅުނު ބައެއް މީހުން، މި ކަމާމެދު ނުރުހުނެވެ. އެހެންކަމުން ސަލަފީ އަގީދާ ހުރި ފޮތް ނަކަލުކުރާ ބައެއް މީހުން، މި ޝަރަހަ ނަކަލުކޮށް، ސިފަފުޅުތައް ތައުވީލުކުރުމުގައި ނަވަވީ ދެއްކި ވާހަކަތައް (ނަކަލުކުނުކޮށް) ވައްޓާލާފައިވެއެވެ. އަދި ޠަބަގާތުއް ޝާފިޢިއްޔާ ފޮތުގައި، މި ކަމާމެދު އިބްނުއް ސުބުކީ ވަރަށް ރުޅިއައެވެ. އަދި އެހެން ހެދި މީހުންނާ ބެހޭ ގޮތުން ވަރަށް ހަރުކަށި ބަސްތަކެއް ބުނެފައިވެއެވެ. އަދި އިބްނުއް ސުބުކީއަކީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާއާ އެންމެ ދެކޮޅު އެއް އަދުއްވެވެ. އަދި އޭނާއަކީ ޝައިޚުލް އިސްލާމް ޖަލަށްލި މީހާއެވެ. އޭރު އޭނާއަކީ ގާޟީއެވެ.⁽⁹⁾
ތާޖުއްދީން އައްސުބުކީ އަލްއަޝްޢަރީ ބުންޏެވެ: އަދި އަހަރުމެންގެ ޒަމާނުގައި ބައެއް މުޖައްސިމުން (އެ ގަސްދުކުރަނީ: ﷲ ގެ ސިފަފުޅުތައް ސާބިތުކުރާ މީހުން)، އެ މީހުން ގެ ހާލު ގޮސްފައިވާ ހިސާބަކީ، ޝައިޚު މުޙްޔިއްދީން އައްނަވަވީގެ ސަހީހު މުސްލިމުގެ ޝަރަހަ ލިޔެ (ނަކަލުކުރުމުގައި)، ސިފަފުޅުތަކުގެ ޙަދީޘްތަކާމެދު ނަވަވީ ބުނި ވާހަކަތައް އެ މީހުން ފޮހެލައިފައިވާ ކަމެވެ. އެހެނީ ހަމަކަށަވަރުން ނަވަވީއަކީ އަގީދާގައި އަޝްޢަރީއެވެ. ފަހެ ފޮތުގެ މުސައްނިފު ލިޔުނު ގޮތަށް އެ ފޮތް ލިޔާކަށް މިހިރަ ނަކަލުކުރާ މީހުންނަކަށް ނުކެރުނެވެ. މިއީ އަހަރެންގެ ގާތުގައި ބޮޑެތި ފާފަތަކުގެ ތެރެއިންވާ ކަމެކެވެ. އެހެނީ ހަމަކަށަވަރުން އެއީ ޝަރީއަތް އޮޅުވާލުމެވެ. އަދި އެއީ މީސްތަކުންގެ ފޮތްތަކާއި، އެ މީހުންގެ އަތުގައިވާ މަސައްކަތްތަކަށް އަމާނާތްތެރި ނުވުމުގެ ދޮރެއް ހުޅުވާލުމެވެ. އެ ކަންކުރި މީހާގެ ސޫރަ ހުތުރުކުރައްވާށިއެވެ. އަދި އެ މީހަކު ނިކަމެތިކުރައްވާށިއެވެ. އަދި ހަމަކަށަވަރުން އެ ނަކަލުކުރި މީހެއް އެ ވަނީ މި ޝަރަހަ ލިޔުމަށް ބޭނުން ނުވެ ފުދިގެންނެވެ. އަދި މި ޝަރަހަ ވެސް ވަނީ އެ މީހަކަށް ބޭނުމެއް ނުޖެހި ފުދިގެންނެވެ.⁽¹⁰⁾
_________
⁽⁸⁾ الدَّلَائِلُ الوَفِيَّة فِي تَحقِيقِ عَقِيدَةِ النَّوَوِيِ - أَسَلَفِيَّة أَم خَلَفِيَّة ص 19، مَشهُور بن حَسَن آل سَلمَان
⁽⁹⁾ الدَّلَائِلُ الوَفِيَّة فِي تَحقِيقِ عَقِيدَةِ النَّوَوِيِ - أَسَلَفِيَّة أَم خَلَفِيَّة ص 16، مَشهُور بن حَسَن آل سَلمَان
⁽¹⁰⁾ طَبَقَات الشَّافِعِيَّةِ الكُبرَى 2/19، تَاجُ الدِّين السُّبُكِي
ޝައިޚު ޙަމަދު ބިން ޢަތީގު ވިދާޅުވިއެވެ: ޝައިޚު ޙަމަދު ބިން ޢަތީގު ވިދާޅުވިއެވެ: އަދި ދަންނާށެވެ - ﷲ ތިބާއަށް އިރުޝާދު ދެއްވާށީއެވެ – އެ ގޮތެއްގެ މަތީގައި އަހަރުމެން ކަންތައް ކުރަމުން އައި ގޮތަކީ، ތަފްސީރު ނުވަތަ ޙަދީޘް ޝަރަހައިގެ ފޮތްތަކުގެ ތެރެއިން އެއްވެސް އެއްޗެއް އަހަރުމެންނާ ހަމައަށް ވާސިލުވެއްޖެ ނަމަ، (ﷲ) އުޑުގެ މަތީގައި ވުމާއި، (އެ އިލާހުގެ) ސިފަފުޅުތަކާއި، އަމަލުފުޅުތަކާމެދު އެ ފޮތެއްގައި އަގީދާ ހުރި ގޮތެއް އަހަރުމެން އިމްތިހާނުކޮށް ބަލައިހަދަމެވެ.⁽¹¹⁾
ޝައިޚު މުގްބިލު ބިން ހާދީ އަލްވާދިޢީ ވިދާޅުވިއެވެ: އަޚަކު މި އަހަނީ: ތިބާ ނަވަވީގެ އަގީދާ ބަޔާންކޮށް ދިނިންހެއްޔެވެ؟ ނަވަވީއަކީ އަޝްޢަރީއެއްކަން އަޚާ ދެނެގަތުމަށް އަހަރެން އެދެމެވެ. އަދި އޭނާއަކީ ޝާފިޢީއެކެވެ. ފަހަރެއްގައި ޝާފިޢީ މަޒްހަބާ ދިމާލަށް ގޮސްފާނެއެވެ. އަދި އޭނާއަކީ މުޙައްދިޘެކެވެ. އާއެކެވެ.⁽¹²⁾
އަދި ޝައިޚު ޢަބްދުލް ކަރީމް އަލްޚުޟައިރު ވިދާޅުވިއެވެ: ނަވަވީއަކީ އަޝްޢަރީއެކެވެ. އަދި ސަހީހު މުސްލިމުގެ ޝަރަހައިގައި، އަގީދާގެ ބާބުތަކުގައި ތިބާ ހޯދާ ކޮންމެ ކަމެއްގައި، އަޝްޢަރީންގެ އަގީދާ އޭނާ އިގުރާރުކުރެއެވެ.⁽¹³⁾
އަދިވެސް ވިދާޅުވިއެވެ: ނަވަވީއަކީ އަޝްޢަރީއެކެވެ. އެއީ (އަޝްޢަރީއެކޭ) މި ބުނާ ބަހުގައި އެކުލެވޭ ކޮންމެ ކަމަކައިގެން، އަގީދާގެ ހުރިހާ ބާބުތަކެއްގައެވެ.⁽¹⁴⁾
އަދި ޝައިޚު ޢަބްދުއްރަޙްމާން އަލްބައްރާކުއާ ސުވާލު ކުރެވުނެވެ: ނަވަވީއާއި އިބްނު ޙަޖަރަކީ އަގީދާގައި އަޝްޢަރީންކަމަށް ސިފަކުރުން ސައްހަހެއްޔެވެ؟ ޝައިޚު ވިދާޅުވިއެވެ: ފާޅުވެގެންވާ ގޮތުގައި ކަން އޮތީ އެހެނެވެ. އާއެކެވެ. އަދިވެސް ސުވާލުކުރެވުނެވެ: ބައެއް ސިފަފުޅުތައް ތައުވީލުކުރުމުގެ ތެރެއަށް ނަވަވީއަށް ވެއްޓުނުހެއްޔެވެ؟ ޝައިޚު ވިދާޅުވިއެވެ: އާއެކެވެ.⁽¹⁵⁾
ޢަބްދުލް އިލާހު ޢަބްދުއްރަޙްމާން އަލްޢުމައިރު ބުންޏެވެ: (ސަހީހު) މުސްލިމުގެ މައްޗަށް ނަވަވީ ލިޔުނު ޝަރަހަ ކިޔައިފި މީހަކު، ނަވަވީގެ އަޝްޢަރިއްޔަތާމެދު ޖަދަލެއް ނުކުރާނެއެވެ.⁽¹⁶⁾
ޝައިޚު ޢަބްދުލް ބާރީ ފަތްޙު ﷲ ވިދާޅުވިއެވެ: ނަވަވީ ވީ އަގީދާގައި އަޝްޢަރީއަކަށެވެ. ގުރްއާނާއި ސުންނަތުގެ ނައްސުތައް، އޭގެ ބޭރުފުށު މާނައިން ވަރަށް ގިނައިން ތައުވީލު ކުރިއެވެ. އަދި އިމާމު މުސްލިމުގެ ސަހީހުގެ މައްޗަށް އޭނާ ލިޔުނު ޝަރަހަ ކިރިޔާވެސް ދަންނަ މީހަކަށް މި ކަން ފޮރުވިގެން ނުވެއެވެ.⁽¹⁷⁾
ޝައިޚު ޙައްމާދު ބިން މުޙައްމަދު އަލްއަންޞާރީ ވިދާޅުވިއެވެ: ހަމަކަށަވަރުން ނަވަވީއަކީ އަޝްޢަރީއެކެވެ. އަދި މިހެންވި ސަބަބަކީ، ފިގްހުގެ ފަރުޢީ ކަންކަމުގައި އޭނާ މަޝްޣޫލުވެ އުޅުނު ފަދައިން، އަގީދާގައި ސަލަފުންގެ ފޮތްތަކައިގެން އޭނާ މަޝްޣޫލުވެ ނޫޅުމެވެ.⁽¹⁸⁾
އަދި ޝައިޚު އަލްމަނާސޫޙީ އައްޝާފިޢީ ޒިކުރުކުރިއެވެ: ޝާފިޢީގެ ކުރީގެ އަސްހާބުން ތިބީ ސާފު ސުންނަތުގެ މަތީގައެވެ. ދެން އެބައިމީހުންގެ ފަހުން އައި މީހުން، ފަހެ އޭގެ ގިނަ މީހުންވީ އަޝްޢަރީ މަޒްހަބުގެ މަތީގައެވެ. އަދި އެބައިމީހުންގެ ތެރޭގައި ޣަޒާލީއާއި، އިމާމުލް ޙަރަމައިނާއި، އަބުލް ގާސިމް ބިން އަސާކިރާއި، އިބްނު ޢަބްދިއްސަލާމާއި، އިބްނު ދަގީގިލް ޢީދާއި، ނަވަވީ ހިމެނެއެވެ.⁽¹⁹⁾
އަދި ޝައިޚު ޝާކިރު ތައުފީގު އަލްޢާރޫރީ ވިދާޅުވިއެވެ: ނަވަވީގެ ބަސްތައް އަހަރެން ބެލިބެލުމުގެ ތެރޭގައި، އަހަރެންނަށް ފެނުން އެއްޗަކީ، އޭނާއަކީ އަޝްޢަރީއެއް ކަމެވެ. ހަމަ އެ މީހުންގެ މަގުގެ އަސާސުތަކުގެ މަތީގައެވެ. އަދި އޭނާގެ ކިބައިގައި ގިނަވެގެންވަނީ ތައުވީލު ކިޔޭ އެއްޗެވެ. އަދި އޭނާގެ ކިބައިގައި ތަފްވީޟު މަދެވެ.⁽²⁰⁾
_________
⁽¹¹⁾ الدُّرَرُ السَّنِيَّةِ فِي الأَجوِبَةِ النَّجدِيَّةِ 13/28
⁽¹²⁾ هَل بَيَّنتَ عَقِيدَةِ النَّوَوِيّ؟ ، مُقبِل ابن هَادِي الوَادِعِي 3273⁽¹³⁾ شَرحُ صَحِيحِ البُخَارِي، عَبدُ الكَرِيمِ الخُضَير 4/23
⁽¹⁴⁾ شَرحُ صَحِيحِ البُخَارِي، عَبدُ الكَرِيمِ الخُضَير 3/4
⁽¹⁵⁾ هَل النَّوَوِي وَابن حَجَر أَشَاعِرَة؟ وَهَل النَّوَوِي وَقَعَ فِي تَأوِيلِ الصِّفَاتِ؟ ، عَبدُ الرَّحمَن البَرَّاك 24736
⁽¹⁶⁾ هَل النَّوَوِي أَشعَرِي؟، مُنتَدَى الأَصلَين 12944
⁽¹⁷⁾ إِرشَادُ طُلَّابِ الحَقَائِقِ إِلَى مَعرِفَةِ سُنَنِ خَيرِ الخَلَائِقِ ﷺ، مُقَدِّمَة عَبدُ البَارِي فَتحُ الله 1/31
⁽¹⁸⁾ المَجمُوعُ فِي تَرجَمَة العَلَّامَةِ المُحَدِّث الشَّيخ حَمَّاد بن مُحَمَّد الأَنصَارِي 2/750
⁽¹⁹⁾ كََشفُ الغَطَا عَن مَحضِ الخَطَا، ابنُ المِبرَد 151
⁽²⁰⁾ هَل النَّوَوِي أَشعَرِي أَم مُفَوِّض؟ مُلتَقَى أَهلِ الحَدِيث، شَاكِر تَوفِيق العَارُورِي
ޝައިޚު ބަދްރު ބިން ޢަލީ އަލްޢުތައިބީ ވިދާޅުވިއެވެ: ސައްހަ ގޮތަކީ ނަވަވީއަކީ އަޝްޢަރީއެއް ކަމެވެ. ދެ ސަބަބަކާ ހުރެގެންނެވެ. އޭގެ ތެރެއިން އެއް ކަމަކީ: އޭނާގެ އެންމެ މަޝްހޫރު ފޮތްތަކުގައި އޭނާގެ ކިބައިން ސާބިތުވެފައިވާ ކަންކަމެވެ. އެއީ އަޝްޢަރީންގެ މަގުން ހިނގުމާއި، އެ މީހުންގެ އަގީދާތައް އިގުރާރުކުރުމާއި، ޢިލްމުލް ކަލާމުގެ އަހުލުވެރިންގެ މަޒްހަބަށް އޭނާ ނިސްބަތްވާ ވުމެވެ. ދެވަނަ ކަމަކީ: އޭނާގެ ފިރުގާ ކަމުގައިވާ އަޝްޢަރީންގެ އިލްމުވެރިންނާ، އަދި އަހްލުއް ސުންނަތުގެ ތެރެއިން އެ ފިރުގާއާ ޚިލާފުވާ އިލްމުވެރިން ވެސް، އެ ގޮތުން ޛަހަބީއާއި އިބްނުލް މިބްރަދުއާ އެ ނޫންވެސް ގިނަ މީހުން، (މި އެންމެން ވެސް) އޭނާ އަޝްޢަރީންގެ ތެރެއިންވާ ކަމަށް ނައްސުކޮށް ލިޔެފައި ވާތީއެވެ. ދެން ފަހެ މި ދެ ދަލީލު ފާޅުވުމަށް ފަހު، އަހަރެމެންގެ ޝައިޚުންގެ ތެރެއިން އޭނާއަކީ އަހްލުއް ސުންނާ ކަމަށް ބުނެފި މީހަކު، ރަނގަޅު ގޮތާ ދިމަލެއް ނުވެއެވެ. އަދި އޭނާ އަޝްޢަރިއްޔަތުން ރުޖޫއަވިކަމަށް ސައްހަ އެއްވެސް ގޮތަކުން ސާބިތުވެފައެއް ނުވެއެވެ. އަދި ޙަރްފާއި ޞައުތުގެ ރިސާލަތު އޭނާއަށް ނިސްބަތްކުރުން ވެސް ސައްހަވެގެން ނުވެއެވެ. އެއީ ވަކި ލިޔުމެއްގައި އަހަރެން އެ ކަން ބަޔާންކުރި ފަދައިންނެވެ. ޝައްކެއް ވެސް ނެތް ގޮތުގައި ނަވަވީއަކީ އިލްމުވެރިއެކެވެ. އަދި ދެކޮޅުހެދުމެއް ނެތި އޭނާއަކީ ޙާފިޡެކެވެ. ދެން އިމާމެއްކަމަށް އޭނާ ސިފަކުރުމަށް ބަލާއިރު، ފަހެ މުތުލަގު ގޮތުގައި އޭނާއަކަށް އިމާމެކޭ ނުކިޔޭނެއެވެ. އެއީ އޭނާ އޭގެ މަތީ ހުރި ބިދުޢައިގެ ކަންކަމުގެ ސަބަބުންނެވެ. އަދި އަޝްޢަރީއަކު ސުންނީއަކަށް އިމާމަކަށް ނުވެވޭނެއެވެ. ނަމަވެސް މުގައްޔަދު ގޮތުގައި އިމާމެކޭ ބުންޔަސް މައްސަލައެއް ނެތެވެ.⁽²¹⁾
ޝައިޚު ޢަލީ ބިން މުޚްތާރު އައްރަމްލީ ވިދާޅުވިއެވެ: ދެން އެންމެ ފަހު މައްސަލަ، އަދި އެއީ މުމައްޔިޢައިންނާ (އެބަހީ: ދީނުގެ އަސާސުތަކާއި ދޫނުދެވޭނެ ކަންކަމުގައި ފަސޭހަކޮށްލައިގެން ފެންއަޅާ ގަޑުބަޑުކުރާ މީހުންނާ) ވަރަށް ގިނައިން ހިފާ މައްސަލައެކެވެ؛ ނަވަވީއާއި އިބްނު ހަޖަރު، އަދި އިބްނު ޙަޒްމުގެ ބިދުޢައިގެ މައްސަލައެވެ. އަހަރުމެން ހައްދުފަހަނަޅައި އަދި އިހުމާލުވެ ފަރުވާކުޑަވެސް ނުކުރާނަމެވެ. އަބަދުވެސް ﷲ ގެ ޝަރުއުގައި އެދެވިގެންވަނީ އަދުލާއި މެދުމިނެވެ. އަހަރުމެން އެބައިމީހުންނަށް ބުނަމެވެ: މިފަދަ ކަންކަމުގައި އަހަރުމެން ހުކުމްކުރާނީ ސަލަފުންގެ މަންހަޖަށެވެ. ﷲ އެ ބޭކަލުންނަށް ރުއްސުން ލައްވާށިއެވެ. އިބްނު ހަޖަރާއި، ނަވާވީއާއި، އިބްނު ޙަޒްމު އަދި އެ މީހުންނާ އެއްފަދަ މީހުން، އެ މީހުން ތިބީ އަހްލުއް ސުންނާ ވަލް ޖަމާޢަތުގެ އަގީދާ މަތީގައިހެއްޔެވެ؟ ނޫނެކެވެ. އަދި ހުކުމްކޮށް ނިޔާކުރާނީ އިލްމެވެ. އަހަރުމެންގެ އަމިއްލަ އެއްވެސް އެއްޗަކުން އަހަރުމެންނަކަށް ވާހަކަދައްކައި ނެހެދޭނެއެވެ. މި މައްސަލައިގައި ފައިސަލާކޮށް ގޮތް ނިންމާނެ އެއްޗަކީ އިލްމެވެ. ނަވާވީއަކީ އަޝްޢަރީއެކެވެ. ސީދާ އިރަށްވުރެ އޭނާގެ އަޝްޢަރިއްޔަތުކަން ފާޅުކަން ބޮޑެވެ. އިބްނު ހަޖަރަކީ އަޝްޢަރީއެކެވެ. އަގީދާގައި އޭނާ އޮޅުންބޮޅުންވެފައި ވެއެވެ. އިބްނު ޙަޒްމު، އޭނާއާ ބެހޭ ގޮތުން އިލްމުވެރިން ވިދާޅުވެފައިވަނީ ޖަހްމީއެކެވެ. އަދި އެ ނޫން މީހުންވެސް އެފަދައިންނެވެ. އެންމެ ރަނގަޅެވެ. އަހަރުމެން
އެ މީހުންގެ ކިބައިން އިލްމު ނަގާނީހެއްޔެވެ؟ ނޫނީ އަހަރުމެން އެ މީހުންގެ ފޮތްތައް އަނދާލާނީހެއްޔެވެ؟ އަހަރުމެން ތިބާއަށް ބުނަމެވެ. އަޑުއަހާށެވެ. ފުރަތަމަ އަހަރުމެން ތި މީހުންނަށް އަސާސީ ވާހަކަ ކިޔައިދޭނަމެވެ. އެއީ ބިދުޢައިގެ އަހުލުވެރިންގެ ކިބައިން އިލްމު ނެގުމުގައި، އެ މީހުން ދޫކުރުމުގެ މައްޗަށް މަފްސަދާއެއް އަންނަ ހިނދު (ކަންތައް ކުރާނެ ގޮތެވެ.) ބިދުޢައިގެ އަހުލުވެރިންގެ ކިބައިން ޙަދީޘް ނެގުމާއި، އެ މީހުންގެ ކިބައިން ޙަދީޘް ރިވާކުރުން، ޙަދީޘްގެ އަހުލުވެރިން ހުއްދަކުރީ ކީއްވެހެއްޔެވެ؟ ނަވާވީއާއި، އިބްނު ހަޖަރާއި، އިބްނު ޙަޒްމުގެ ފޮތްތަކުގައި، އަދި ބައިހަގީ ކަހަލަ އެފަދަ މީހުންވެސް، އެ މީހުންގެ ފޮތްތަކުން، އެ ނޫން ތަންތާ ނުފެންނަ އިލްމު، އެ މީހުންގެ ފޮތްތަކުން ފެނެއެވެ. އެހެންކަމުން އަހަރުމެންނަށް އެ ފޮތްތައް ދޫކޮށެއް ނުލެވޭނެއެވެ. އަދި އެ ފޮތްތައް އަންދާލަން އަމުރު ކުރުންވެސް މަފްސަދާއަކަށް ގެންދާނެއެވެ. އަދި އެއީ ފަސޭހަ ކަމެއް ނޫނެވެ. ބޮޑު މަފްސަދައެކެވެ. އެއީ އެ ފޮތްތަކުގައި ހުރި އިލްމުގެ ތެރެއިން ބައިވަރު އެއްޗެހި ގެއްލުވާލާނެ ކަމެކެވެ. ބައިހަގީއާއި އިބްނު ޙަޒްމުގެ ކިބައިގައި ހުރި ޙަދީޘްތަކާއި އަޘަރުތަކުގެ ތެރެއިން، އެ ނޫން ފޮތްތަކުގައި ނުފެންނަ އެތައް އެއްޗެއް ހުރެއެވެ. އަދި ނަވަވީއާއި އިބްނު ޙަޖަރާއި އިބްނު ޙަޒްމުގެ ފޮތްތަކުގައި، ނަކަލުކުރުންތަކުގެ ތެރެއިން އެ ނޫން ފޮތްތަކުގައި ނުފެންނަ އެތައް އެއްޗެއް ހުރެއެވެ. އަދި މިއާއެކު ވެސް، ފަށައިގަންނަ އިލްމު އުނގެނޭ ދަރިވަރަށް، އަދި މެދުމިނުގެ ދަރިވަރަށް ދާންދެން ވެސް، މި ފޮތްތައް ކިޔުމަށް އަހަރުމެން ނަސޭހަތްތެރިއެއް ނުވަމެވެ. އެއީ ޝަރުއީ އިލްމުން އޭނާ ރަނގަޅަށް ބިންގާ އެޅުމަށް ދާންދެނެވެ. އަދި ޚާއްސަކޮށް އަގީދާ (ގެ އިލްމެވެ.) އެއީ އޭނާއަށް އެ ފޮތްތަކުގައި ހުރި ހައްގާއި ބާތިލު ވަކިކުރެވޭ ވަރު ވަންދެނެވެ. އޭރުން އޭނާއަށް ސަލަފުންގެ މަންހަޖާ ދިމާވާ ރަނގަޅު ގޮތް ނަގައި، އެއާ ޚިލާފުވާ ކަންކަން ދޫކޮށްލެވޭނެއެވެ. އަދި އިލްމުގެ އަހުލުވެރިން މި ކަންކުރެއެވެ. އެ އިލްމުވެރިން، ތިބާއަށް ޓަކައި މަސްފަލަ ރަނގަޅު އެއްޗެހި، އަނަރޫފަ ނިކަމެތި އެއްޗެހިން ވަކިކޮށް، އެ މީހުންގެ ބަސްތަކުގެ ތެރެއިންވާ ސާފު ރަނގަޅު ބައި އެ އިލްމުވެރިން ތިބާއަށް ދޭނެއެވެ. އެއީ ތިޔަ ފަށައިގަންނަ އިލްމު އުނގެނޭ ދަރިވަރަށް، އަދި މެދުމިނުގެ ދަރިވަރަށް (އޮތް ކަމެއް) ނޫނެވެ.⁽²²⁾
_________
⁽²¹⁾ مُنَاظَرَةِ الشَّيخَينِ حَسَن الحُسَينِي وَمُحَمَّد شَمس الدِّين - وَقفَات وَتَنبِيهَات، ٨ مُحَرَّم ١٤٤٥، بَدرُ بن عَلِي بن طَامِي العُتَيبِي
⁽²²⁾ حَاشِيَةُ الرَّملِي عَلَى الأَجوِبَةِ المُفِيدَةِ لِلفَوزَانِ ، عَلي بن مُختَارِ الرَملِي 248
ނަވަވީގެ ހަޔާތުގެ 45 އަހަރުގައި، އެކިއެކި ދީނީ މައުޟޫތަކަށް 40 އަށްވުރެ ގިނަ ފޮތް ލިޔެފައި ވެއެވެ. ތިރީގައި މި ވަނީ އޭގެ ތެރެއިން ބައެއް ފޮތްތަކެވެ.
– الأَربَعُونَ فِي مَبَانِي الإِسلَامِ وَقَوَاعِدِ الأَحكَامِ، المَعرُوف بِالأَربَعِينَ النَّوَوِيَّةِ.
އިސްލާމް ދީނުގެ އަސާސްތަކާއި ހުކުމްތަކުގެ ގަވާއިދުތަކުގައިވާ ސާޅީސް ޙަދީޘް. ނަވަވީގެ ބައެއް ފޮތްތަކުގައި (كِتَابُ أَو جُزء الأَربَعِين) ސާޅީސް ޙަދީޘް ފޮތް ނުވަތަ ސާޅީސް ޙަދީޘްގެ ޖުޒް، މި ފަދައިން ކުރުކޮށް ޒިކުރުކޮށްފައިވެއެވެ. މި ފޮތް މަޝްހޫރުވެފައި ވަނީ ނަވަވީގެ ސާޅީސް ޙަދީޘްގެ ނަމުންނެވެ.
– رِيَاضُ الصَّالِحِينَ مِن كَلَامِ سَيِّدِ المُرسَلِينَ.
ސާލިހުންގެ ބަގީޗާ، ރަސޫލުންގެ ސާހިބާގެ ބަސްފުޅުތަކުން. މިއީ ހެޔޮކަމާއި، އިސްލާމީ އަޚްލާގާއި އަޅުކަމާ ބެހޭ ގޮތުން އެކުލަވާލާފައިވާ 1900 ވަރަކަށް ޙަދީޘެވެ. މި ފޮތުގެ ބާބުތައް ފައްޓާފައި ވަނީ ގުރްއާނުގެ އާޔަތްތަކުންނެވެ. ދެން އެއަށްފަހު ޝަރަހައާއި ޙަދީޘް ގެނެސްފައި ވެއެވެ.
– مِنهَاجُ المُحَدِّثيِنَ وَسَبِيلُ طَالِبِيهِ المُحَقِّقِينَ فِي شَرحِ صَحِيحِ أَبِي الحُسَينِ مُسلِمِ بنِ الحَجَّاجِ القُشَيرِي.
އަބުލް ޙުސައިން މުސްލިމު ބިން ޙައްޖާޖު އަލްގުޝައިރީ ލިޔުނު ސަހީހު ޝަރަހަ ކުރުމުގައިވާ މުޙައްދިޘުންގެ މަގާއި، އެ ތަހްގީގުކުރާ ދަރިވަރުންގެ މަގު. މިއީ ސަހީހު މުސްލިމުގެ ވަރަށް ކުރު ޝަރަހައެކެވެ. މި ފޮތުގައި 9 ވަރަކަށް މުޖައްލަދު ވެއެވެ. އަދި ގާތްގަނޑަކަށް 3000 ޙަދީޘްގެ ޝަރަހަ ވެއެވެ.
– التَّقرِيبُ وَالتَّيسِيرُ لِمَعرِفَةِ سُنَنِ البَشِيرِ النَّذِيرِ.
އުފާވެރިކަމުގެ ޚަބަރާއި އިންޒާރު ދެއްވަވާ (ނަބީގެ) ސުންނަތް ދެނެގަތުމުގައި ގާތްކޮށް ފަސޭހަކޮށްދިނުން. މިއީ އިބްނުއް ޞަލާޙު ލިޔުނު ޙަދީޘް އިލްމު ފޮތުގެ މުގައްދިމާގެ ޚުލާސާއެކެވެ. މި ފޮތުގައި ގާތްގަނޑަކަށް 120 ސަފުހާ ވެއެވެ.
– التِبيَانُ فِي آدَابِ حَمَلَةِ القُرآنِ.
ގުރްއާން ގެންގުޅޭ މީހުންގެ އަދަބުތަކާ ބެހޭ ގޮތުން ބަޔާންކޮށްދިނުން. މިއީ ގުރްއާން ގެންގުޅުމާއި، ކިޔެވުމާއި، އުނގެނުމާއި، ހިތުދަސްކުރުމާއި، އުނގަންނައި ދިނުމުގައި އަދަބުވެރިވުމާ ބެހޭ ގޮތުން ލިޔެވިފައިވާ 150 ސަފުހާގެ ފޮތެކެވެ.
– الأَذكَارُ مِن كَلَامِ سَيِّدِ الأَبرَار.
އެންމެ ހެޔޮވެގެންވާ ސާހިބާގެ ބަސްފުޅުތަކުން ނެގިފައިވާ ޒިކުރުތައް. މިއީ ޙަދީޘްތަކުގައިވާ ދުއާތަކާއި ޒިކުރުތައް އެކުލެވޭ ފޮތެކެވެ. މި ފޮތުގައި ޒިކުރުކުރުމާ ބެހޭ ގޮތުން 1000 އަށް ވުރެ ގިނަ ރިވާޔަތް އައިސްފައި ވެއެވެ.
– المَجمُوعُ شَرحُ المُهَذَّبِ.
އަލްމުހައްޛަބުގެ ޝަރަހަ، އަލްމަޖްމޫޢު. މިއީ އަބޫ އިސްޙާގު އައްޝީރާޒީ ލިޔުނު ޝާފިޢީ ފިގްހުގެ ފޮތެއް ކަމަށްވާ، އަލްމުހައްޛަބުގެ 23 މުޖައްލަދުގެ ޝަރަހައެކެވެ.
– رَوضَةُ الطَّالِبِينَ وَعُمدَةُ المُفتِينَ.
ދަރިވަރުންގެ ބަގީޗާ އަދި މުފްތީންގެ އިޢުތިމާދު. މިއީ އައްރާފިޢީ ލިޔުނު ޝާފިޢީ ފިގްހުގެ ފޮތެއް ކަމަށްވާ، ފަތްޙުލް ޢަޒީޒުގެ 12 މުޖައްލަދުގެ ޚުލާސާއެކެވެ.
އަދި މީގެ އިތުރަށް ވެސް ނަވަވީ އެތަކެއް ފޮތެއް ލިޔެފައިވެއެވެ.
އަދިވެސް ނަވަވީ ލިޔުނު ކަމަށް ބުނެވޭ ބައެއް ފޮތްތައް ވެއެވެ. އޭގެ ތެރެއިން އެއް ފޮތަކީ:
– شَرحُ الأَربَعِينَ النَّوَوِيَّة لِلنَّوَوِي.
ނަވަވީގެ ސާޅީސް ޙަދީޘްގެ މައްޗަށް ނަވަވީކުރި ޝަރަހަ، މި ފޮތެވެ. ނަމަވެސް މި ފޮތް ނަވަވީއަށް ނިސްބަތްވުން ސާބިތުވެގެން ނުވާކަމަށް އިލްމުވެރިން ކަނޑައަޅުއްވާފައިވެއެވެ.
އެ ގޮތުން، ޝައިޚު ޢަބްދު ﷲ އަލްޙުސައިނީއާއި، ނަވަވީގެ ދަރިވަރު އައްޝިހާބު އިބްނު ފަރަޙިލް އިޝްބީލީއާއި، އެންމެ ގާތް ދަރިވަރު އަބުލް ޙަސަން ޢަލީ އިބްނުލް ޢައްޠާރުއާއި، އެ ނޫން މީހުން ވެސް ކިޔައިދިން ގޮތުގައި، ސާޅީސް ޙަދީޘް ފޮތް ޝަރަހަކުރަން ނަވަވީ ގަސްދުކުރިއެއްކަމަކު، އެ ޝަރަހަނުކުރެވެނީސް ނަވަވީ ނިޔާވިއެވެ. މީގެ އިތުރުން، މި ފޮތް ނަވަވީ ލިޔުންކަމަށް، އޭނާގެ އެއްވެސް އެހެން ފޮތެއްގައި ޒިކުރުކޮށްފައެއް ނެތެވެ. އަދި ނަވަވީ ލިޔާ ގޮތާ މި ފޮތް މާ ބޮޑަށް ތަފާތެވެ. އަދި ނަވަވީގެ ވަނަވަރާއި ފޮތްތަކާ ބެހޭ ގޮތުން ލިޔުނު އިލްމުވެރިންވެސް، އޭގެ ތެރޭ މި ފޮތް ހިމަނާފައެއް ނުވެއެވެ. ދެން ނަވަވީގެ އިތުރުށް، އައްޝިހާބު އަޙްމަދު ބިން ޢިމާދު ބިން ޔޫސުފް އަލްއަގްފަހްސީއާއި، އައްޒައިނު ޒަކަރިއްޔާ ބިން މުޙައްމަދު ބިން އަޙްމަދު އަލްއަންޞާރީއަށް ވެސް މި ފޮތް ނިސްބަތްކުރެވިފައި ވެއެވެ. އަދި އިލްމުވެރިން ވިދާޅުވާ ގޮތުގައި، މީގެ ތެރެއިން އެންމެ ގާތް ސައްހަ ގޮތަކީ، އައްޝިހާބު އަލްއަގްފަހްސީ މި ފޮތް ލިޔުން ކަމެވެ.⁽²³⁾
ދެންވެސް ނަވަވީ ލިޔުނު ކަމަށް ބުނެވޭ އަނެއް ފޮތަކީ:
– جُزءٌ فِيهِ ذِكرِ اعتِقَادِ السَّلَفِ فِي الحُرُوفِ وَالأَصوَاتِ.
(ﷲ ވާހަކަފުޅުދައްކަވަނީ) އަކުރުތަކާއި އަޑުންކަމުގެ (މައްސަލައިގައި) ސަލަފުންގެ އަގީދާ ޒިކުރުކުރެވިފައިވާ ބައި، މި ފޮތެވެ. ނަމަވެސް މި ފޮތް ވެސް ނަވަވީއަށް ނިސްބަތްވުން ސާބިތުވެގެން ނުވާކަމަށް އިލްމުވެރިން ކަނޑައަޅުއްވާފައިވެއެވެ. އެ ގޮތުން، ޝައިޚު މުޙައްމަދު ޞާލިޙު އަލްމުނައްޖިދުއާއި، ބަދްރު ބިން ޢަލީ ބިން ޠާމީ އަލްޢުތައިބީއާއި، ނުޢްމާން ބިން ޢަބްދުލްކަރީމް އަލްވިތްރުއާއި،
ޢަބްދު ﷲ ބިން ފަހްދު އަލްމުންތަފިޖީއާ އެ ނޫން މީހުން ވެސް ކިޔައިދިން ގޮތުގައި،
ނަވަވީ އެ ފޮތް ލިޔެފައެއް ނުވެއެވެ. އަދި އެ ލިޔުންކަމަށް، އޭނާގެ އެއްވެސް އެހެން ފޮތެއްގައި ޒިކުރުކޮށްފައެއް ނެތެވެ. އަދި ނަވަވީ ލިޔާ ގޮތާ މި ފޮތް މާ ބޮޑަށް ތަފާތެވެ. އަދި އަގީދާއާ ބެހޭ ފޮތްތައް ނަވަވީ ލިޔެ ނޫޅެއެވެ. އަދި މި ފޮތުގެ މަޚްޠޫޠު (މެނުސްކްރިޕްޓު) ނަކަލުކުރި މީހެއް ވެސް ނޭނގެއެވެ. އަދި ކަނޑައެޅިގެން އެނގޭ ގޮތުގައި އެ ފޮތުގައި ވަނީ ނަވަވީގެ އަތުލިޔުމެއް ނޫނެވެ. އެ ފޮތް ނެރުން ބަޔަކު،
އެ ފޮތް ނަވަވީއަށް ނިސްބަތްވާ ގޮތާމެދު އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި އެ މީހުން އެ މަޚްޠޫޠާ ހިސާބަށް ވާސިލުވި ގޮތާއި، އެ ހުރި ތަނަކާއި އޭގެ ނަންބަރެއް އެއްޗެއްވެސް ޒިކުރުކޮށްފައެއް ނެތެވެ. އަދި މަޚްޠޫޠުތައް ނިސްބަތްކުރުމުގައި ބަލާ އިލްމީ މުއުތަބަރު އެއްވެސް ކަމެއްކޮށްފައެއް ނެތެވެ.
ހުދު، އެ ފޮތުގެ ތެރޭގައިވެސް ލިޔެފައިވާ ގޮތުން، އޭގައި މުޅިންވެސް ވަނީ، ފަޚްރުއްދީން އަބުލް ޢައްބާސް އަޙްމަދު ބިން އަލްޙަސަން އަލްއުރްމަވީ އައްޝާފިޢީ ކިޔާ މީހެއްގެ ބަސްތަކެވެ. އެއީ އޭނާގެ ފޮތެއް ކަމުގައި ބުނެވޭ ޣާޔަތުލް މަރާމި ފީ މައްސަލަތިލް ކަލާމި، މި ފޮތުން ނަގުލުކޮށްގެންނެވެ.
އަދި ފަހު ކަމަކަށް، (ﷲ ވާހަކަފުޅުދައްކަވަނީ) އަކުރުތަކުގައި އަޑުންކަމުގެ (މައްސަލައިގައި) ސަލަފުންގެ އަގީދާ ޒިކުރުކުރެވިފައިވާ ބައި، މި ފޮތުގައި ވަނީ ސަލަފުންގެ އަގީދާއެއް ނޫނެވެ. އެހެނެއްކަމަކު އޭގައި ވަނީ، އަހްލުއް ސުންނާ ވަލް ޖަމާޢަތާ ޚިލާފު ބަޔެއް ކަމުގައިވާ، ސާލިމިއްޔާ ފިރުގާގެ އަގީދާއެވެ.⁽²⁴⁾
_________
⁽²³⁾ الكَلَامُ المُبِين فِيمَا يُنسب لِلنَّوَوِي مِن شَرحِ الأَربَعِين 153074، عَبدُالله الحُسَينِي
⁽²⁴⁾ نَفيُ نِسبَة كِتَاب الحَرفِ وَالصَّوتِ لِلنَّوَوِيّ، بَدرُ بن عَلِي بن طَامِي العُتَيبِي،
جُزء فِيهِ ذِكرُ اعتِقَاد السَّلَفِ فِي الحُرُوفِ وَالأَصوَاتِ لِلنَّوَوِيّ لَاتَصِح نِسبَتهُ إِلَيهِ، نُعمَان بن عَبدُالكَرِيم الوِتر،
التَّحذِيرُ مِن مَذهَبِ السَّالِمِيَّةِ فِي القُرآنِ الكَرِيمِ، عَبدُ الله بن فَهد المُنتَفِجِي.
ޝައިޚު މުޙައްމަދު ޞާލިޙު އަލްމުނައްޖިދު ވިދާޅުވިއެވެ: މި ޖުޒްއު (ﷲ ވާހަކަފުޅުދައްކަވަނީ އަކުރުތަކާއި އަޑުންކަމުގެ މައްސަލައިގައި ސަލަފުންގެ އަގީދާ ޒިކުރުކުރެވިފައިވާ ބައި، މި ފޮތް) ނަވަވީއަށް ނިސްބަތްކުރުން ސައްހައެއް ނޫނެވެ. ސަބަބުތަކަކާ ހުރެގެންނެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ، ފޮތުގައި އިސްނާދެއް ނެތުމެވެ. ދެވަނަ ކަމަކީ، އެއްވެސް މީހަކު އެ ފޮތް ނަވަވީއަށް ނިސްބަތްކޮށްފައި ނެތުމެވެ. ތިންވަނަ ކަމަކީ، އެ ފޮތުގައި ސަރީހަކޮށް އައިސްފައިވާ ގޮތުގައި، އެ ނަގުލުކޮށްފައި ވަނީ އަބުލް ޢައްބާސް އަޙްމަދު ބިން އަލްޙަސަން އަލްއުރްމަވީ އައްޝާފިޢީގެ ކިބައިންނެވެ. އަދި އެ ފޮތުގެ 69 ވަނަ ސަފުހާގައި އައިސްފައިވެއެވެ: ”އަދި މި ޒިކުރުކުރި ހުރިހާ އެއްޗެއް އައިސްފައި ވަނީ ޝައިޚު އަބުލް ޢައްބާސް އަލްއުރްމަވީގެ ބަސްތަކުންނެވެ.“ އހ. އަދި މި އަބުލް ޢައްބާސް އަލްއުރްމަވީއަކަށް ވަނަވަރެއް އެނގޭކަށް ނެތެވެ. އަދު އެ ހުރިކަމުގައި ވިޔަސް، ފަހެ އެއީ އޭނާގެ ބަސްތަކެކެވެ. ނަވަވީގެއެއް ނޫނެވެ. އަދި މި ފޮތް ނަވަވީއަށް ނިސްބަތްކުރުން ސައްހަ ނުވާކަމަށް އެހެން ސަބަބުތައް ވެސް އެބަހުއްޓެވެ. އޭގެ ބަޔާން ބެލުމަށް (ބަދްރު ބިން ޢަލީ އަލްޢުތައިބީ ލިޔުނު، ޙަރްފާއި ޞައުތުގެ ފޮތް ނަވަވީއަށް ނިސްބަތްކުރުން ނަފީކުރުމުގެ އާޓިކަލް) ބަލާށެވެ.⁽²⁵⁾ އަދި ނަވަވީ ވީ އަޝްޢަރީ އަގީދާގެ މަތީގައެވެ. އޭނާ އެއަކުން ރުޖޫއައެއް ނުވެއެވެ. އެއީ އަދި ބައެއް މައްސަލަތަކެއްގައި އޭނާ އަޝްޢަރީންނާ ޚިލާފުވިކަމުގައި ވިޔަސްމެއެވެ. އަދި (ﷲ ގެ) ސިފަފުޅުތަކުގައި އޭނާ (މާނަ ސާބިތު ނުކޮށް) ތަފްވީޟު އިޚްތިޔާރުކުރިއެވެ. އަދި އެއީ ސަލަފުންގެ މަޒުހަބުކަމަށް ނިސްބަތްކުރިއެވެ.⁽²⁶⁾
_________
⁽²⁵⁾ نَفي نِسبَة كِتَابِ الحَرف وَالصَّوت لِلنَّوَوِي، بَدرُ بن عَلي بن طَامِي العُتَيبِي،
⁽²⁶⁾ هَل تَصِح نِسبَة جُزءِ الحَرفِ وَالصَّوتِ إِلَى النَّوَوِيّ، الإِسلَام سُؤَال وَجَوَاب 390725
މި ސާޅީސް ޙަދީޘަކީ، ކުރު އަދި ކިޔާލަން ފަސޭހަ ގޮތަކަށް އެކުލެވިފައިވާ، ދީނުގެ އަސާސީ ކަންތައްތައް ހިމެނޭ، މުޙައްމަދު ﷺ ގެ ޝާމިލު ޙަދީޘް ބަސްފުޅުތަކެކެވެ. މި ފޮތް ކިތަންމެ ކުރު ކަމުގައި ވިޔަސް، އެތައް މައުޟޫތަކެއް މި ފޮތުގައި ހިމެނެއެވެ. އެ ގޮތުން އިސްލާމްކަމާއި، އީމާންކަމާއި، ހެޔޮ އަމަލުތަކާއި، ހަލާލާއި ހަރާމާއި، އަޚުވަންތަކަމާއި، ސަދަގާތް ދިނުމާއި، ކިޔަމަންތެރިވުމާއި، ﷲ އަށް ވަކީލުކުރުމާއި، އެ އިލާހު ހަނދުމަކުރުމާ، މި ނޫންވެސް އެތައް މުހިއްމު ކަންތައްތަކެއް ހިމެނެއެވެ. މި ޙަދީޘްތަކުގެ މައްޗަށް ބިނާކޮށް އިލްމުވެރިން ގިނަގުނަ ދަރުސްތައް ދެއްވާ، އެތަކެއް ޝަރަހައެއް ލިޔެފައިވެއެވެ. ޙަދީޘް އުނގެނުމަށް ބަލާއިރު، އިލްމު އުނގެނޭ ދަރިވަރު އާއްމު ގޮތެއްގައި ފަށައިގަންނަނީ މި ސާޅީސް ޙަދީޘްއިންނެވެ. އެއަށް ފަހު ޢުމްދަތުލް އަޙްކާމާއި، ބުލޫޣުލް މަރާމް ފަދަ މިއަށްވުރެ ބޮޑެތި ފޮތްތަކަށް ދާނެއެވެ.
ނަވަވީގެ ސާޅީސް ހަދީޘް އައިސްފައިވާ ގޮތް: ހިޖުރައިގެ ހަވަނަ ގަރުނުގައި، އަބޫ ޢަމްރު އިބްނުއް ޞަލާޙު، އެ ޙަދީޘްތަކެއް ވަށައިގެން ޝަރުއީ އިލްމު ދައުރުވާ، ޖާމިޢު ޝާމިލު 26 ޙަދީޘް އެކުލަވާލިއެވެ. އެ ޙަދީޘްތަކަށް ދިން ނަމަކީ “އަލްއަޙާދީޘުލް ކުއްލިއްޔާ” އެވެ. އަދި މި ޙަދީޘްތައް ކިޔަވައިދިނުމައް އިބްނުއް ޞަލާޙު މަޖްލިސް ބޭއްވިއެވެ.
އިބްނުއް ޞަލާޙުގެ މި ޙަދީޘްތަކަށް ބަލާފައި، ނަވަވީ އެއަށް 3 ޙަދީޘް އިތުރުކުރިއެވެ. ނަވަވީގެ ބުސްތާނުލް ޢާރިފީން، މި ފޮތުގެ ކުރީކޮޅުގައި، އެ ޖުމްލަ 29 ޙަދީޘް ގެނެސްފައިވެއެވެ.
އެއަށްފަހު ނަވަވީ އެ ޙަދީޘްތައް އިސްފަސްކޮށް، ދެވަނަ ފަހަރަށް، އެއަށް އެއް ޙަދީޘް އިތުރުކުރިއެވެ. ނަވަވީގެ އަލްއަޛްކާރު، މި ފޮތުގެ ފަހުކޮޅުގައި، އެ ޖުމްލަ 30 ޙަދީޘް ގެނެސްފައިވެއެވެ.
އެއަށްފަހު ނަވަވީ އެ ޙަދީޘްތައް ގެނެސް، ތިން ވަނަ ފަހަރަށް، އެއަށް 12 ޙަދީޘް އިތުރުކުރިއެވެ. އަދި އަލުން އެ ޙަދީޘްތައް ތަރުތީބުކޮށް، އެ ޖުމްލަ 42 ޙަދީޘް، ވަކި މުސްތަގިއްލު ފޮތެއްގެ ސިފައިގައި ނެރުނެވެ. އެއީ 29 ޖުމާދަލް އޫލާގެ ބުރާސްފަތި ދުވަހުގެ ރޭ، ހުޖުރައިން 668 ވަނަ އަހަރުގައެވެ. އޭރު ނަވަވީގެ އުމުރަކީ 37 އަހަރެވެ.
އެ ގޮތުން އިބްނުއް ޞަލާޙުގެ އަސްލު މަސައްކަތަށް، 16 ޙަދީޘް އިތުރުކުރެވުނީއެވެ. ނަވަވީ އިތުރު ކުރި ޙަދީޘްތަކަކީ (20، 21، 22، 23، 24، 25، 26، 34، 35، 36، 37، 38، 39، 40، 41، 42) މި ޙަދީޘްތަކެވެ.⁽²⁷⁾
އެއަށްފަހު، މި ޖާމިޢު ޝާމިލު 42 ޙަދީޘްގައި ނަވަވީ ބައެއް މުހިއްމު ޙަދީޘްތައް ހިމަނާފައި ނުވާތީ، މި ފޮތް ޝަރަހަކުރި ބައެއް އިލްމުވެރިން އެ ކަމާ ފާޑުވިދާޅުވުމުން، އިބްނު ރަޖަބު އެއަށް 8 ޙަދީޘް އިތުރުކުރިއެވެ. އެ ގޮތުން އިބްނު ރަޖަބުގެ ޖާމިޢުލް ޢުލޫމި ވަލް ޙިކަމި، މި ފޮތުގައި އެ ޖުމްލަ 50 ޙަދީޘް ގެނެސް، ވަރަށް ފުޅާކޮށް ޝަރަހަކޮށްފައިވެއެވެ.⁽²⁸⁾
_________
⁽²⁷⁾ المِنَح السَّمَاوِيَّة فِي الأَربَعِين حَدِيثا النَّوَاوِيَّة، لِعَبدِ الله الحُسَينِي 148787
⁽²⁸⁾ صِلَة المُهِمَّات بِالمُتَمِّم مِنَ المَحفُوظَات، الزِّيَادَةُ الرَجَبِيَّة عَلَى الأَربَعِينَ النَّوَوِيَّة، لِصَالِح العُصَيمِي، ص 1457
އިބްނު ރަޖަބަކީ ޙަންބަލީ މަޒުހަބުގެ އިލްމުވެރިއެކެވެ. އަދި ކުރީގެ ބޭކަލުންގެ މަންހަޖުގައި ހުންނެވި ވަރުގަދަ މުޙައްދިޘެކެވެ.
ނަމާއި ނަސަބު: ޢަބްދުއްރަޙްމާން ބިން އަޙްމަދު ބިން ޢަބްދުއްރަޙްމާން ބިން އަލްޙަސަން ބިން އަބިލް ބަރަކާތު މަސްޢޫދު އަލްބަޣްދާދީ އައްދިމިޝްގީ އަލްޙަންބަލީ..
ކުންޔާ: އަބުލް ފަރަޖް.
ލަގަބު: ޒައިނުއްދީން، އަދި ޖަމާލުއްދީން. އަދި މަޝްހޫރުވެފައި ވަނީ އިބްނު ރަޖަބުގެ ނަމުންނެވެ. ރަޖަބަކީ އެކަލޭގެފާނުގެ ކާފަފުޅެވެ.
އުފަންވުން: ބަޣްދާދުގައި، ހިޖުރައިން 736 ވަނަ އަހަރުގެ މުޙައްރަމު މަހުގައެވެ.
ދަތުރުތައް: އެކަލޭގެފާނު ދަތުރުކުރެއްވި ރަށްތަކު ތެރޭގައި، ދިމިޝްގާއި، މައްކާއާއި، މިސްރާއި، ނާބުލުސާއި، ގުދުސަށާއި، ހިމެނެއެވެ.
އުޅެ ބޮޑުވުމާއި އިލްމީ ހަޔާތް: އިބްނު ރަޖަބު ރަޙިމަހު ﷲ އުޅެ ބޮޑުވީ އިިލްމާއި ދީނުގެ ގެއެއްގައެވެ. ފަހެ “ރަޖަބް” ގެ ނަމުން މަޝްހޫރު، އެކަލޭގެފާނުގެ ކާފަފުޅު ޢަބްދުއްރަޙްމާނަކީ މުޙައްދިޘެކެވެ. އަލްމާލިޙާނީގެ އަރިހުން އަލްގަޠީޢީގެ އަރިހުން އެކަލޭގެފާނުގެ ކާފަފުޅު، ބުޚާރީގެ ޘުލާޘިއްޔާތު ޙަދީޘްތައް އަޑުއެއްސެވިއެވެ.
އަދި އިބްނު ރަޖަބުގެ ބައްޕާފުޅު އުޅެ ބޮޑުފުޅުވީ ބަޣްދާދުގައެވެ. އަދި ރިވާޔަތްތަކާއެކު ގުރުއާން ކިޔަވާވިދާޅުވެ، އެ ތާނގެ ޝައިޚުންގެ އަރިހުން އަޑުއެއްސެވިއެވެ. އަދި އެކަލޭގެފާނަކީ ހެޔޮލަފާ، ދީނަށް ލޯބިކުރާ، (މީހުންގެ އަތުން) އެއްޗިއްސަށް ނޭދޭ ބޭކަލެކެވެ.
އިބްނު ރަޖަބް، ބައްޕާފުޅާއެކު ދިމިޝްގަަށް ވަޑައިގަތީ އެކަލޭގެފާނު ތުއްޕުޅު އިރު، ހުޖުރައިން 744 ވަނަ އަހަރުގައެވެ. އަދި އެކަލޭގެފާނު ގިނަ ބޭކަލުންގެ އަރިހުން އަޑުއެއްސެވިއެވެ. އަދި އެކަލޭގެފާނުގެ ބައްޕާފުޅުގެ ބެއްލެވުމުގެ ދަށުން ޙަދީޘް އަޑުއެއްސެވުމަށް މަޝްޣޫލުވެވަޑައިގަނެ، އެ ކަމުގައި ދަތުރުފަތުރުކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ވައުޒުގެ މަޖްލިސްތައް ވީ، ހިތްތަކަށް ވަދެގެންދާ، އާއްމު މީސްތަކުންނަށް ބަރަކާތްތެރި އަދި މަންފާކުރަނިވި މަޖްލިސްތަކަކަށެވެ. މީސްތަކުންގެ ހިތްތައް ލޯބިން އެކަލޭގެފާނަށް ލެނބިގެން ދިޔައެވެ. އަދި މީސްތަކުންގެ (ދުނިޔަވީ) ކަންތައްތަކާ މެދު އެކަލޭގެފާނު ވަރަށް އެއްޗެއް އެނގިނުލައްވައެވެ. އަދި ވެރިކަމުގެ މަގާމުތަކުގައި ތިބި މީހުންގެ ގާތައް އެކަލޭގެފާނު ވަދެނުކުމެ ނަހައްދަވައެވެ. އަދި އެކަލޭގެފާނުވީ ފަގީރު، (މީހުންގެ އަތުން) އެއްޗިއްސަށް ނޭދޭ، ނަފްސުގައި ފުދުންތެރި، އަޅުކަމާއި ތަހައްޖުދުގެވެރި ބޭކަލަކަށެވެ.
ޝިހާބުއްދީން އިބްނު ޙިއްޖީ ވިދާޅުވިއެވެ: ހަމަކަށަވަރުން އެކަލޭގެފާނު ފަންނުތައް ކިޔަވާވިދާޅުވެ ފުރިހަމައަށް އިތުގާނުކުރެއްވިއެވެ. އެއަށްފަހު ޙަދީޘްގެ އެކި ފަންނުތަކާއި، އޭގެ ޢިއްލަތްތަކާއި މާނަތައް ދެނެގަތުމުގައި މަޝްޣޫލުވެވަޑައިގަތެވެ. އަދި ފޮތްތަކާއެކު އެކަހެރިވެވަޑައިގަތެވެ. އަދި 20 ވަރަކަށް މުޖައްލަދުގައި ތިރްމިޛީ ޝަހަރަކުރެއްވިއެވެ. އަދި ވަރަށް ރަނގަޅަށް ނަވަވީގެ 40 ޙަދީޘް ޝަހަރަކުރެއްވިއެވެ. އަދި ބުޚާރީގެ ޝަރަހައެއް ފެއްޓެވި، ނަމަވެސް އެކަލޭގެފާނު އަވަހާރަވިއެވެ. އަދި އެކަލޭގެފާނު ލިޔުއްވި އަލްގަވާއިދު، މި ފޮތުން، (ޙަންބަލީ) މަޒުހަބާމެދު އެކަލޭގެފާނުގެ ހުރި މައުރިފާއާ އިލްމުވެރިކަން ހާމަވެގެންދެއެވެ. އަދި ކުރީގެ އިިލްމުވެރިންގެ ބަސްފުޅުތައް ވަރަށް ގިނައިން ނަގުލުކުރެއްވިއެވެ. އަދި ސަލަފުންގެ ބަސްފުޅުތަކުގެ ތެރެއިން ބޮޑު އެއްޗެއް އެކަލޭގެފާނު ހިތުދަސްކޮށްފައިވެއެވެ. އަދި މީހުންނާ އެކަހެރިވެ، އެކަލޭގެފާނު މީސްތަކުންނާ އެއްވެ ނޫޅުއްވައެވެ. ޖުމްލަކޮށް ބުނާ ނަމަ، އެކަލޭގެފާނަށް ފަހުން، އެކަލޭގެފާނު ފަދަ ބޭކަލަކު އައިސްފައެއް ނުވެއެވެ.⁽²⁹⁾
_________
⁽²⁹⁾ المِنَح السَّمَاوِيَّة فِي الأَربَعِين حَدِيثا النَّوَاوِيَّة، لِعَبدِ الله الحُسَينِي 148787
އަގީދާ: ޢަބްދު ﷲ ބިން ސުލައިމާން އަލްޣުފައިލީ، އެކަލޭގެފާނުގެ “އިބްނު ރަޖަބް އަލްޙަންބަލީ އަދި ސަލަފުންގެ އަގީދާ ބަޔާންކުރުމުގައި އެކަލޭގެފާނުގެ އަސަރު” މި ފޮތުގައި ވިދާޅުވެފައި ވެއެވެ:
އިބްނު ރަޖަބު ރަޙިމަހު ﷲ އަކީ، އަހުލުލް ޙަދީޘުގެ މަންހަޖުގައި، ސަލަފީ އަގީދާގެ މަތީގައި ހުންނެވި ބޭކަލެކެވެ. ސަހާބީން، ތާބިޢީން އަދި ސަލަފުއް ސާލިހުންގެ މަޝްހޫރު އިމާމުން ވިދާޅުވި ގޮތަށް ވިދާޅުވާ ބޭކަލެކެވެ. އެ ބޭކަލުންނަކީ އަހުލުއްސުންނާ ވަލްޖަމާާޢަތުގެ އަގީދާ ފެތުރުމުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވި ބޭކަލުންނެވެ. އަދި އެ ބޭކަލުންނަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފޮތުގައި ސާބިތުވެފައިވާ އަދި އެ އިލާހުގެ ރަސޫލު ﷺ ހެކިވެވަޑައިގެންނެވި ގޮތަށް، އެއްވެސް ވައްތަރުކުރުމެއް، ނަފީކުރުމެއް، މާނަ އޮޅުވާލުމެއް އަދި މިސާލު ޖެހުމެއް ނެތި، ﷲ ގެ އިސްމުފުޅުތަކާއި ސިިފަފުޅުތައް އައިސްފައިވާ ގޮތަށް އީމާންވާ ބޭކަލުންނެވެ.
އަދި އަލްހާފިޒް އިބްނު ރަޖަބަކީ، އެހެން ސަލަފުއްސާލިހުުންގެ އިމާމުންނެކޭ އެއްފަދައިން، ޖަހްމީންނާއި މުޢުތަޒިލީންނާއި އަޝްޢަރީންނާއި އެ މީހުންގެ މަގުގައި ދިޔަ ފަލްސަފާވެރިންނާއި މުތަކައްލިމުންގެ ވާހަކަތަކުން އެކަލޭގެފާނުގެ ނަފްސު މަޝްޣޫލުކުރެއްވި ބޭކަލެއް ނޫނެވެ. އެހެނެއްކަމަކު އެކަލޭގެފާނުގެ ހުރިހާ ސަމާލުކަމާއި ޝައުގުވެރިކަމެއް ދެއްވީ، އަގީދާގެ އެންމެހާ ބާބުތަކެއްގައި ވެސް ސަލަފުއް ސާލިހުުންގެ މަންހަޖު ގެންގުޅުއްވުމަށެވެ. އަދި އެކަލޭގެފާނުގެ ފޮތްތަކުގައިވާ ބަސްފުޅުތަކަކީ މިކަމުގެ އެންމެ ބޮޑު ހެއްކެވެ.
އިބްނު ރަޖަބް ރަޙިމަހު ﷲ އަކީ ސަލަފުއް ސާލިހުުންގެ އަގީދާގެ މަތީ ހަމައެކަނި ހުންނެވި ބޭކަލެއް ނޫނެވެ. އެހެނެއްކަމަކު އެ އަގީދާއަށް ގޮވާލެއްވި ބޭކަލެއް ވެސްމެއެެވެ.
ފަހުން އައި މީހުންގެ އިލްމަށް ވުރެ ސަލަފުންގެ އިލްމުގެ މާތްކަން، މި ފޮތުގައި އެކަލޭގެފާނު ވިދާޅުވެފައިވެއެވެ: އަދި ރަނގަޅު ގޮތަކީ ސަލަފުއް ސާލިހުން އެ ގޮތެއްގެ މަތީގައި ހުންނެވި ގޮތެވެ. އެއީ ސިފަފުޅުތަކާ ބެހޭ އާޔަތްތަކާއި ޙަދީޘްތައް އައިސްފައިވާ ފަދައިން، (ގޮތްގޮތަށް) މާނަކުރުމެއް ނުވަތަ ކިހިނެއްތޯ އެހުމެއް ނުވަތަ ވައްތަރުކުރުމެއް ނެތި ގެނައުމެވެ. އަދި އެ ބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކު ދުވަހަކު ވެސް މިއާ ޚިލާފަށް ވިދާޅުވިކަމަކަށް ސައްހަވެގެން ނުވެއެވެ.
އަދި މަތިވެރިވެގެންވާ މަލާއިކަތުން ބަހުސްކުރެއްވި ޙަދީޘް ޝަރަހަަކުރުމުގައި އިޚްތިޔާރުކުރުން އެންމެ އައުލާވެގެންވާ ގޮތް، މި ފޮތުގައި އެކަލޭގެފާނު ވިދާޅުވެފައިވެއެވެ: އަދި ނަބީ ﷺ، އެކަލޭގެފާނުގެ ރައްބު ޢައްޒަ ވަޖައްލަގެ ސިފަފުޅުތައް ބަޔާންކުރެއްވި ގޮތަށް ބަލާއިރު، ފަހެ ނަބީ ﷺ، އެކަލޭގެފާނުގެ ރައްބު ޢައްޒަ ވަޖައްލަގެ ސިފަފުޅުތަކުގެ ގޮތުގައި ބަޔާންކުރެއްވި ކޮންމެ ކަމަކީ ހައްގެވެ. އަދި ތެދެވެ. އަދި އެއަށް އީމާންވެ އެ ތެދުކުރުން ވާޖިބުވެގެންވެއެވެ. އެއީ ﷲ، އެ އިލާހުގެ އަމިއްލަ ނަފްސުފުޅު ސިފަކުރެއްވި ފަދައިން، އެ އިލާހާ ވައްތަރުކުރުމަކާ ނުލައެވެ.
އަދި އިބްނު ރަޖަބުގެ ސަލަފީ އަގީދާ ހާމަކޮށްދޭ ކަންތައްތަކުގެ ތެރޭގައި، އިބްނުލް ޖައުޒީ ފަދަ، އެ އިިލްމުވެރިންގެ ބަސްތަކުގައި ތަޢުވީލަށް ލެނބުން ހުރި، މަޝްހޫރު ބައެއް ޙަންބަލީ އިލްމުވެރިންނަށް ނަގްދުކޮށް އެކަލޭގެފާނު ވިދާޅުވި ފާޑުކިޔުންތައް ހިމެނެއެވެ. އެ ގޮތުން، އިބްނުލް ޖައުޒީއާ ދެކޮޅަށް ފާޑުކިޔޭ ވަޖްހުތައް ޒިކުރުކުރައްވަމުން އިބްނު ރަޖަބް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ:
އަދި މީނާއާ ހެދި، އަހަރެމެންގެ (ޙަންބަލީ) ޝައިޚުންނާއި އިމާމުންގެ ތެރެއިން ގިނަ ބޭކަލުން، އޭނާގެ ބައެއް ބަސްތަކުގައި ތަޢުވީލަށް ލެނބިފައި ހުރުމުން އޭނާއާ ދެކޮޅަށް ފާޑުވިދާޅުވިއެވެ. އަދި އެ ކަމާމެދު އެ ބޭކަލުން އޭނާއަށް ވަރަށް ވަރުގަދައަށް އިންކާރު ވެސް ކުރެއްވިއެވެ. އަދި ޝައްކެއް ވެސް ނެތް ގޮތުގައި، މި ކަމުގައި އޭނާގެ ބަސްތައް ވަނީ އޮޅުންބޮޅުންވެ، ޚިލާފުވެގެންފައެވެ. އެއީ މި ބާބުގައި ޙަދީޘްތަކާއި އަޘަރުތަކަށް އޭނާ އަހުލުވެރިވެފައިވީ ނަމަވެސް މެއެވެ. އަދި އޭނާ ވީ، އަބުލް ވަފާ އިބްނު އަގީލު ވަރަށް މާތްކޮށް ބޮޑުކުރި މީހަކަށެވެ. އިބްނު އަގީލުގެ ވާހަކަތަކުގެ ތެެރެއިން، އިބްނުލް ޖައުޒީއަށް ފެނުނު ގިނަ ކަންތައްތަކުގައި އޭނާއަށް ތަބާވިއެވެ. ބައެއް މައްސަލަތަކުގައި އޭނާއާ ޚިލާފުވިޔަސް މެއެވެ. އަދި އިބްނު އަގީލަކީ އިލްމުލް ކަލާމުގައި (އެބަހީ: ދީނީ ކަންކަމުގައި ނައްސުގައި އައިސްފައިވާ ގޮތުގެ މައްޗަށް ބުއްދި އިސްކުރުމުގައި) އަރާހުރި މީހެކެވެ. އެހެންކަމުން މި ބާބުގައި އޭނާ އޮޅުންބޮޅުންވެ، އެ ކަމާ ހެދި އޭނާ ދެކޭ ދެކުންތަކަށް އަސަރުކުރިއެވެ. އަދި މި އަސަރުކުރުމުގައި އަބުލް ފަރަޖު (އިބްނުލް ޖައުޒީ) ވެސް އޭނާއަށް ތަބާވިއެވެ.⁽³⁰⁾
_________
⁽³⁰⁾ المِنَح السَّمَاوِيَّة فِي الأَربَعِين حَدِيثا النَّوَاوِيَّة، لِعَبدِ الله الحُسَينِي 148787
އަދި ސަހީހު ބުޚާރީގެ ޝަރަހާގައި، ގިޔާމަތް ދުވަހު މުއުމިނުންނަށް ﷲ ފެންނާނެކަމުގެ ޙަދީޘާއި، ގިޔާމަތް ދުވަހު ﷲ ވަޑައިގަންނަވާނެކަމުގެ އާޔަތް ޝަރަހަކުރަމުން، އިބްނު ރަޖަބު ވިދާޅުވެފައިވެއެވެ:
ސަހާބީން އަދި ތާބިއީން ވެސް، މި ނައްސުތަކުން އެއްވެސް އެއްޗެއް ތަޢުވީލުކުރައްވާފައެއް ނުވެއެވެ. އަދި އޭގެން ދަލީލުކޮށްދޭ މާނައިން ބޭރުކުރައްވާފައެއް ވެސް ނުވެއެވެ. އަދި ކިއެއްތަ، އެ ބޭކަލުންގެ ކިބައިން ރިވާވެފައިވާ ބަސްފުޅުތަކުން ދަލީލުކޮށްދެނީ، އެ ކަންކަމަށް އެ ބޭކަލުން އިގުރާރުވެ ވަޑައިގެންނެވިކަމާއި، އީމާންވެ ވަޑައިގެންނެވިކަމާއި، އެ އައިސްފައިވާ ގޮތަށް އެ ބޭކަލުން ގެންނެވިކަމެވެ.
އަދި ގިޔާމަތް ދުވަހު ﷲ ވަޑައިގަތުން މާނާކުރި ފިރުގާތަކާމެދު ވާހަކަދައްކަވަމުން އިބްނު ރަޖަބު ވިދާޅުވެފައިވެއެވެ: އަދި އެއީ އެ އިލާހުގެ އަމުރުފުޅު އައުން ކަމަށް ތަޢުވީލުކުރާ ބަޔަކު އޭގެ ތެރެއިން ވެއެވެ.
އަދި އެ އިލާހު ވަޑައިގަންނަވާ ކަމަށް އިގުރާރުވާ، އެ ނައްސުތައް އައިސްފައިވާ ގޮތަށް ގެނެސް، ގޮތްގޮތަށް މާނަނުކުރާ ބަޔަކު ވެސް ވެއެވެ. އެބައިމީހުން ބުނަނީ، އެއީ ﷲ ސުބަޙާނަހޫގެ ޖަލާލުވަންތަކަމާއި މަތިވެރިކަމާ އެކަށީގެންވާ ވަޑައިގަތުމެކެވެ. އަދި އިމާމު އަޙްމަދުގެ އަރިހުން ރިވާވެފައިވާ ގޮތުގައި ރަނގަޅު ބަސްފުޅަކީ މިއީއެވެ. އަދި އެކަލޭގެފާނުގެ ކުރިން ސަލަފުންގެ އަރިހުން ވެސް އައިސްފައިވާ ގޮތެވެ. އަދި މިއީ އިސްޙާގުގެ އަދި އެހެން އިމާމުންގެ ވެސް ބަސްފުޅެވެ.
އަދި ސަލަފުން، މި އާޔަތްތަކާއި ސައްހަ ޙަދީޘްތައް ތަޢުވީލުކުރާ ކުރުން ނިސްބަތްކުރަނީ ޖަހްމީންނަށެވެ. އެއީ މި ނައްސުތަކުން ދަލީލުކޮށްދޭ ކަންތައްތަކުން ﷲ ހުސްދުރުވެވޮޑިގެންވާކަމަށް ބުނެ އެންމެ ފުރަތަމަ މަޝްހޫރުވި ބަޔަކީ، ޖަހްމާއި އޭނާގެ އަސްހާބުން ކަމުގައި ވާތީއެވެ. އެ މީހުން އެ ކަން ކުރީ، ބުއްދީގެ ދަލީލުތައް އެއީ ކަނޑައެޅިގެން ގަޠުއީ ދަލީލުތަކޭ ކިޔާ، އެއީ (ގޮތް ނިންމާ) މުޙްކަމު ދަލީލުތައް ކަމުގައި ހަދައިގެންނެވެ. އަދި ގުރްއާނާއި ސުންނަތުގެ ލަފްޒުތަކަކީ (ގޮތް ނޭނގޭ)މުތަޝާބިހު ދަލީލުތައް ކަމުގައި ހެދިއެވެ. އަދި އެ ނައްސުތަކުގައިވާ ކަންތައްތައް އެ މީހުންގެ ޚިޔާލުތަކަށް ހުށަހަޅާ، އެ މީހުން ދެކުނު ގޮތަކަށް އެ ދަލީލުތަކުން ސާބިތުވާ ކަންތައްތައް ގަބޫލުކޮށް، އެ މީހުން ދެކުނު ގޮތަކަށް އެ ދަލީލުތަކުން ނަފީކުރާ ކަންތައްތައް ރައްދުކުރިއެވެ. އަދި މުޢުތަޒިލީންނާއި އެހެނިހެން ފިރުގާތަކާއި، ދެން ތިބި ކަލާމުގެ އަހުލުވެރިންގެ ޖަމާއަތްތަކަކުން ވެސް އެ ކަމުގައި އެ މީހުންނާ އެއްގޮތްވިއެވެ.
އަދި ފޮތާއި ސުންނަތުން ދޭހަވާ ޒާހިރު މާނައަކީ، (ﷲ މަޚްލޫގުންނާ އެއްވަތުރުކުރާ) ތަޝްބީހަކަމާއި، (ﷲ އަށް ޖިސްމެއް ވާކަމަށް ބުނާ) ތަޖްސީމާއި، މަގުފުރެދުން ކަމަށް އެ މީހުން ދައުވާކުރިއެވެ. އަދި އެ ކަމުން، ﷲ އެ އިލާހުގެ ރަސޫލާއަށް ބާވައިލެއްވި ތަކެއްޗަށް އީމާންވި މީހުންނަށް، މިބައިމީހުން ނަންތަކެއް އުފެއްދިއެވެ. (އެބަހީ: މުޝައްބިހައިންނާއި މުޖައްސިމާއިންނާއި، މި ފަދަ ނަންތަކެވެ.) އެ ނަންތަކަށް ﷲ އެއްވެސް ހުއްޖަތެއް އެ މީހުންނަކަށް ބާވައިނުލައްވައެވެ. އަދި ކިއެއްތަ، އެއީ ﷲ ގެ މައްޗަށް ދޮގު ހެދުމެވެ. އެ ނަންތަކުން އެ މީހުން ﷲ އަށާއި އެ އިލާހުގެ ރަސޫލާއަށް އީމާންވުމުން މީސްތަކުން ދުރުކުރެއެވެ.
އަދި ފޮތާއި ސުންނަތުގައި އެ ގޮތަށް އައިސްފައިވާ ކަންކަން - އޭގެ ގިނަކަމާއި ފެތުރިފައިވާލެއް ބޮޑުކަމާ އެކުވެސް - އެއީ (މާނަކުރުމުގައި) ތަނަވަސްކަމާއި މަޖާޒުގެ ބާބުން އައިސްފައިވާ ކަންކަން ކަމަށް އެ މީހުން ދައުުވާކުރިއެވެ. އަދި އެއީ ވަރަށް ދުރު، ބަހުގެ މަޖާޒުތަކުގެ މައްޗަށް ނަގަންޖެހޭ ކަންކަން ކަމަށް ވެސް އެ މީހުން ދައުވާކުރިއެވެ. އެ މީހުންގެ މި ބަހަކީ، (ކަނޑައެޅިގެންވާ) މުޙްކަމް، ތާހިރު ޝަރީއަަތަށް އައިބުކިޔުމުގެ އެންމެ ބޮޑެތި ބާބުތަކުގެ ތެރެއިންވާ ކަމެކެވެ. އަދި މިއީ ބާޠިނީން، ޣައިބުގެ ޚަބަރުތަކާ ބެހޭ ނައްސުތައް، ހަގީގީ މާނައިގެ ބަދަލުގައި، (މާނަކުރުމުގައި) ތަނަވަސްކަމާއި މަޖާޒުގެ މައްޗަށް ނަގާ ނެގުމާ އެއްފަދަ ކަމެކެވެ. އެއީ އަލުން ދިރުވުމާއި ސުވަރުގެއާއި ނަރަކައިގެ ނައްސުތައް، އެ ގޮތަށް އެ މީހުން ނަގާ ފަދައިންނެވެ. އަދި އަމުރާއި ނަހީގެ ނައްސުތައް ވެސް އެ ގޮތަށް އެ މީހުން ނަގާ ފަދައިންނެވެ. މި ހުރިހާ ކަމަކީ ވެސް އިސްލާމް ދީނުން ނުކުމެދިއުމެވެ.
އަދި މި ފަދަ ކަންކަމުގެ ތެރެއަށް ވެއްޓިގެންދާނެކަމުގެ ބިރަށް މެނުވީ، އިމާމު ޝާފިޢީއާއި އިމާމު އަޙްމަދާ އެ ނޫން ވެސް ސަލަފުއް ސާލިހުންގެ އިލްމުވެރިންނާއި އިސްލާމް ދީނުގެ އިމާމުން، އިލްމުލް ކަލާމް މަނާކުރައްވާ އެއާ ދެކޮޅަށް އިންޒާރު ދެއްވާފައެއް ނުވެއެވެ. އަދި ނައްސުތައް ޒާހިރު މާނައިގައި ނެގުމަކީ ކުފުރެއްކަން މި އިމާމުންނަށް އެނގިވަޑައިގަންނަވާ ނަމަ، އެ ކަން ބަޔާންކުރައްވާ އުއްމަތަށް އިންޒާރު ދެއްވުން އެ ބޭކަލުންގެ މައްޗަށް ވާޖިބުވީހެވެ. އެހެނީ ހަމަކަށަވަރުން އެއީ މުސްލިމުންނަށް ނަސޭހަތް ދެއްވުމުގެ ފުރިހަމަކަމުގެ ތެރެއިންވާ ކަމެވެ. ފަހެ، އަމަލީ ހުކުމްތަކާ ގުޅޭ ގޮތުން އެ ބޭކަލުން އުއްމަތަށް ނަސޭހަތް ދެއްވާފައި، އަގީދާގެ އަސްލުތަކާ ގުޅޭ ގޮތުން ނަސޭހަތް ދެއްވުން އެ ބޭކަލުން ދޫކޮށްލައްްވާނީ ކިހިނަކުންހެއްޔެވެ؟ މިއީ ބާތިލު ކަންތައްތަކުގެ ތެރެއިން އެންމެ ބާތިލުވެގެންވާ އެއް ކަމެކެވެ.⁽³¹⁾
_________
⁽³¹⁾ المِنَح السَّمَاوِيَّة فِي الأَربَعِين حَدِيثا النَّوَاوِيَّة، لِعَبدِ الله الحُسَينِي 148787
ޝައިޚުން: އެކިއެކި ފަންނުތަކުގައި، ވަރަށް ބައިވަރު އިލްމުވެރިންގެ ކިބައިން އިބްނު ރަޖަބު އިލްމު ނެންގެވިއެވެ. އޭގެ ތެރެއިން އެކަލޭގެފާނުގެ ބައެއް ޝައިޚުންނަކީ:
– شمس الدين محمد بن أبي بكر بن أيوب بن سعيد بن جرير الزُّرَعِي، أبو عبد الله ابن قيم الجوزية (751 هـ).
– صدر الدين محمد بن محمد بن إبراهيم بن أبي القاسم بن
عنان، أبو الفتح المَيدُومِي، توفي سنة (754 هـ).
– محمد بن إسماعيل بن إبراهيم الدمشقي، الأنصاري العبادي، المعروف بـ «ابن الخباز» توفي سنة (756 هـ).
– شيخ الإسلام علاء الدين خليل بن كَيكَلدي، أبو سعيد العلائي الدمشقي ثم المقدسي الشافعي، توفي سنة (761 هـ).
– شرف الدين أحمد بن الحسن بن عبد الله، أبو العباس المشهو بـ «ابن قاضي الجبل»، توفي سنة (771 هـ).
ދަރިވަރުން: ދިމިޝްގުގެ މަރުކަޒެއް ކަމަށްވާ އަލްމަދްރަސަތުއް ޝަރީފިއްޔާ އަލްޙަންބަލިއްޔާއާ އިބްނު ރަޖަބު ހަވާލުވިއެވެ. އަދި އެކަލޭގެފާނުގެ ޝައިޚު އިބްނު ގާޟީ އަލްޖަބަލުގެ ހަލަގާއާ ވެސް ހަވާލުވިއެވެ. އެހެންކަމުން އެކަލޭގެފާނުގެ ދަރިވަރުން ގިނަވިއެވެ. އޭގެ ތެރޭގައި މަޝްހޫރުކޮށް ހިމެނެނީ:
– علي بن محمد بن علي بن عباس بن فتيان، العلاء البعلي ثم الدمشقي الحنبلي، ويعرف بـ «ابن اللَّحَّام» (803 هـ).
– محب الدين أحمد بن نصر الله بن أحمد بن محمد بن عمر، أبو الفضل مفتي الديار المصرية (844 هـ).
– عبد الرحمن بن محمد بن عبد الله بن محمد الزين، أبو ذر المصري الحنبلي (846 هـ).
ފޮތްތައް: އިބްނު ރަޖަބް ވަނީ 50 އާ ގާތްކުރާ ވަރަށް ގިނަގުނަ ފޮތްތައް ލިޔުއްވާފައެވެ. އޭގެ ތެރެއިން ބައެއް ފޮތްތަކަކީ:
– شَرحُ جَامِع التِّرمِذِي.
– فَتحُ البَارِي بِشَرحِ صَحِيحِ البُخَارِي.
– جَامِعُ العُلُومِ وَالحِكَمِ فِي شَرحِ خَمسِينَ حَدِيثاً مِنَ جَوَامِع الكلم.
– تَقرِيرُ القَوَاعِد وَتَحرِيرُ الفَوَائِد.
– لَطَائِفُ المَعَارِف فِيمَا لِلمُوسُم مِنَ الوَظَائِف.
– ذَيل طَبَقَات الحَنَابِلَة.
– كَشفُ الكَربَة فيِ وَصفِ حَالِ أَهلِ الغُربَة.
– أَهوَالِ القُبُور وَأَحوَال أَهلِهَا إِلَى النشُور.
– الذَّل وَالانكِسَار لِلعَزِيزِ الغَفَّار.
– استِنشَاق نَسِيمِ الأُنسِ مِن نَفَحَاتِ رِيَاض القُدس.
– شَرحُ حَدِيث: «احْفَظِ اللَّهَ يَحْفَظْكَ».
– نُزهَةُ الأَسمَاعِ فيِ مَسأَلَةِ السَّمَاع.
– كَلِمَة الإخلَاص وَتَحقِيق مَعنَاها.
– بَيَان فَضل عِلم السَّلَف عَلَى عِلم الخَلَف.
އަވަހާރަވުން: އެކަލޭގެފާނު އުމުރުން 59 އަހަރުގައި އަވަހާރަވީ ހިޖުރައިން 795 ވަނަ އަހަރުގެ، 4 ރަމަޟާނުގެ ހޯމަ ދުވަހުގެ ރޭގައި، ދިމިޝްގުގައެވެ.
ޝަމްސުއްދީން އިބްނު ނާސިރުއްދީން ވިދާޅުވިއެވެ: އިބްނު ރަޖަބްގެ ލަޙްދު (ބަނޑުދުރަލާ ކަށްވަޅު) ކޮނި މީހާ އަހަރެންނަށް ކިޔައިދިނެވެ. ޝައިޚު ޒައިނުއްދީން އިބްނު ރަޖަބް އަވަހާރަވުމުގެ ދުވަސްކޮޅެއް ކުރިން އަހަރެން ގާތަށް ވަޑައިގެން ވިދާޅުވިއެވެ: މިތާ އަހަރެންނަށް ލަޙްދެއް ކޮނެދޭށެވެ. އަދި އެކަލޭގެފާނު ވަޅުލެވުނު ތަނަށް އިޝާރާތްކުރެއްވިއެވެ. ދެން އަހަރެން އެކަލޭގެފާނަށް ލަޙްދު ކޮނެދިނީމެވެ. އެ ކަން ކޮށް ނިމުމުން، އެކަލޭގެފާނު ގަބުރަށް ފައިބައި އޮށޯވެލެއްވިއެވެ. އަދި އެ ކަށްވަޅު އެކަލޭގެފާނަށް ކަމުދިޔައެވެ. އަދި ވިދާޅުވިއެވެ: މި ރަނގަޅެވެ. އެއަށްފަހު ނުކުމެވަޑައިގަތެވެ. ފަހެ ﷲ ގަންދީ ބުނަމެވެ. އޭގެ ފަހުން ދުވަސްކޮޅެއް ހެން ހީނުވަނީސް، އެކަލޭގެފާނު އަވަހާރަވެފައި ވަނިކޮށް، އަށިގަނޑުގައި އުފުއްލަވައިގެން ގެނެވުނެވެ. ދެން އަހަރެން، އެކަލޭގެފާނު އެ ލަޙްދުގައި ބެހެއްޓުމަށް ފަހު ވަޅުލައިފީމެވެ.
މި ފޮތުގެ އަމާޒަކީ ނަވަވީގެ ސާޅީސް ޙަދީޘް ތަރުޖަމާކުރުން ކަމަށްވާއިރު، ކިޔުންތެރިންނަށް ފަސޭހަ ކޮށްދިނުމަށާއި އިތުރު މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން، މި ދަންނަވާ ކަންތައްތައް ކުރެވިފައި ވާނެއެވެ.
މި ފޮތުގެ އަމާޒަކީ ނަވަވީގެ ސާޅީސް ޙަދީޘް ތަރުޖަމާކުރުން ކަމަށް ވާއިރު، ކިޔުންތެރިންނަށް ފަސޭހަ ކޮށްދިނުމަށާއި އިތުރު މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން، މި ދަންނަވާ ކަންތައްތައް ކުރެވިފައި ވާނެއެވެ.
• މި ފޮތް ތަރުޖަމާ ކުރުމުގައި އަރަބި އަސްލެއް ކަމުގައި ބެލީ، ޢަބްދުލް މުޙްސިން ބިން މުޙައްމަދު އަލްގާސިމު އެކުލަވާލެއްވި ’މުތޫން ޠާލިބިލް ޢިލްމި‘ (އިލްމު އުނގެނޭ ދަރިވަރުގެ މަތުނުތައް) މި ސިލްސިލާގެ ފުރަތަމަ ފޮތަށެވެ. އެއީ 2018 ވަނަ އަހަރު ނެރުއްވި ހަވަނަ ޗާޕެވެ.
• އަރަބި ނައްސުތައް ތަރުޖަމާކޮށްފައި ވާނީ އަހްލުއްސުންނާ ވަލްޖަމާޢަތުގެ އަގީދާއާ ގޮތަށެވެ. އަދި އެއާ ޚިލާފު ބާތިލު ފިކުރުތަކުގެ އަހުލުވެރިން ހަދާ ގޮތަށް، ނައްސުތަކުގެ މާނަ ބަދަލުކޮށް ތައުވީލު ކުރުމާއި، މާނަ ނަފީކޮށް ތަޢުޠީލު ކުރުމުން ވާނީ އެއްކިބާވެފައެވެ.
• ނަވަވީގެ ސާޅީސް ޙަދީޘް ފޮތުގައި ވަނީ އަސްލު 42 ޙަދީޘެވެ. މިއީ އަދަދު ކުރުމުގައި އަރަބީން ކިޔައި އުޅޭ ގޮތެކެވެ. އެއީ އިނގިރޭސި ބަހުން ބުނާނަމަ ރައުންޑު އޮފް ކުރުމެވެ. ނަވަވީގެ މި ޙަދީޘްތަކުގެ އިތުރަށް، އިބްނު ރަޖަބު (736-795 ހ.) މި ފޮތުގެ މައްޗަށް ލިޔުއްވި މަޝްހޫރު ޝަރަހަ ކަމުގައިވާ ’ޖާމިޢުލް ޢުލޫމް ވަލް ޙިކަމް‘ (އިލްމާއި ހިކުމަތް ޖަމާކުރެވިފައިވާ ފޮތް) އެ ފޮތުގައި އިތުރު ކުރެއްވި 8 ޙަދީޘް ހިމަނާފައިވާނެއެވެ. ވީމާ މި ތަރުޖަމާގައި ވަނީ ޖުމްލަ 50 ޙަދީޘެވެ.
• ކޮންމެ ޙަދީޘެއް ފެށޭ ތަނުގައި، އަޅުގަނޑު ވާނީ ގޮޅި ބްރެކެޓެއް ތެރޭގައި ސުރުހީއެއް ލިޔެފައެވެ. އެއީ އެ ޙަދީޘެއްގެ މައުޟޫ ގާތްކޮށްދިނުމަށެވެ. މިސާލު: [1. إِنَّمَا الْأَعْمَالُ بِالنِّيَّاتِ / އަމަލުތައް ބިނާވެގެން ވަނީ ނިޔަތްތަކުގެ މައްޗަށެވެ.]
• ޙަދީޘްގެ ތަޚްރީޖު (ރެފަރަންސް އަދި ސައްހަކަމުގެ ހުކުމް) ވާނީ ފުޓްނޯޓުގައި ލިޔެފައެވެ. މީގެން ޙަދީޘް ފޮތްތަކުން އެ ޙަދީޘެއް ހޯދޭނެއެވެ. ހަވާލާ ދީފައިވާނީ އާންމުކޮށް އެންމެން ވެސް ބޭނުން ކުރަމުންދާ މުޙައްމަދު ފުއާދު ޢަބްދުލް ބާގީގެ ނަމްބަރު ތަރުތީބަށް، ނުވަތަ މަކްތަބާ ޝާމިލާގައިވާ ނަމްބަރު ތަރުތީބަށެވެ. މިސާލު: التِّرْمِذِيُّ 2344، وَصَحَّحَهُ الألبانِي فِي صَحِيح سُنَن التِّرمِذِي.
• މި ފޮތުގެ ޙަދީޘެއް ރިޔާޟުއްޞާލިޙީންގައި ވެސް ވާނަމަ، ފުޓްނޯޓުގައި އެކަމށް ހަވާލާދީފައި ވާނެއެވެ. މި 50 ޙަދީޘްގެ ތެރެއިން އެ ގޮތަށް 41 ޙަދީޘް އައިސްފައި ވެއެވެ. އަދި އައްނަވަވީ އަސްލު ލިޔުއްވި 42 ޙަދީޘްގައި އެ ގޮތަށް 37 ޙަދީޘް އައިސްފައި ވެއެވެ. މިސާލު: وَهُوَ فِي رِيَاضِ الصَّالِحِين: 396
މި ޙަދީޘްތައް ވީހާވެސް ސާފުކޮށް މާނަ ކުރެވޭތޯ މަސައްކަތް ކުރެވިފައި ވާނެއެވެ. މިއިން ޙަދީޘަކާމެދު އިތުރަށް އޮޅުންފިލުވަން ބޭނުންފުޅުވާ ނަމަ، އިލްމުވެރިން ދެއްވާފައިވާ ޝަރަހަތަކާއި ދަރުސްތައް ބައްލަވާށެވެ. މި މަސައްކަތުގައި ހަވާލާ ދެވުނު މަރުޖިއުތަކާއި ބެލެވުނު ޝަރަހަތައް މި ފޮތުގެ ފަހަތުގައި ނަންގަނެވިފައި ވާނެއެވެ. އުއްމީދަކީ މި ފޮތް މެދުވެރިކޮށް ރަސޫލު ﷲﷺ ގެ ޙަދީޘްފުޅުތައް އިސްލާމީ ދިވެހި މުޖުތަމައަށް ފޯރު ކޮށްދިނުމެވެ. އަދި ގިޔާމަތް ދުވަހު އަޅަމެންގެ ހެޔޮ އަމަލުތަކުގެ ތެރޭގައި މި މަސައްކަތް ހިމެނިގެން ދިޔުމެވެ.
عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ ﷺ: «مَنْ لَا يَشْكُرُ النَّاسَ لَا يَشْكُرُ اللَّهَ» (التِّرمِذِي 1954، وَصَحَّحَهُ الأَلبَانِي فِي صَحِيحِ سُنَنِ التِّرمِذِي)
އަބޫ ހުރައިރާ ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: ”މީސްތަކުންނަށް ޝުކުރު ނުކުރާ މީހަކު، ﷲ އަށް ޝުކުރެއް ނުކުރާނެއެވެ.“ މި ފޮތް ނިންމުމުގެ ތައުފީގު ދެއްވިކަމަށްޓަކައި، މާތް ﷲ އަށް ހަމްދާއި ޝުކުރު ކުރަމެވެ. އަދި މީގެ އިތުރަށް މި މަސައްކަތުގައި ބައިވެރިވެ، އުނދަގޫ އަރަބި ލަފުޒުތައް މާނަކޮށް، ކުށްތައް ފިލުވައި، ލިޔުން ބަލައި އިސްލާހުކޮށް، ޗާޕު ތައްޔާރުކޮށް އަދި އެ ނޫންވެސް އެކި ގޮތްގޮތުން އެހީތެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ. ﷲގެ އިޒުނަފުޅަށް ފަހު، މި މަސައްކަތް ނެރެވުނީ އެ ފަރާތްތަކުން ދެއްވި ދީލަތި އެހީގެ ސަބަބުންނެވެ. އެ ހުރިހާ ފަރާތަކުން ކޮށްދެއްވި މަސައްކަތަށް ގިނަގުނަ ދަރުމައާއި ސަވާބު ދާއިމީ ގޮތުގައި ދެއްވާށިއެވެ. މި މަސައްކަތުގައި އެއްވެސް ހެޔޮކަމެއް ވާނަމަ، އެއީ ﷲގެ ހަޒުރަތުން ލިބުނު ހެޔޮކަމެކެވެ. އަދި މި ކަމުގައި އެއްވެސް އުނިކަމެއް ވާނަމަ، އެއީ އަޅުގަނޑުމެންނާއި ޝައިތާނާގެ ފަރާތުން އައި އުނިކަމެކެވެ. އަޅަމެންގެ މާތް ނަބިއްޔާ މުޙައްމަދު ﷺ އަށާއި، އެ ނަބިއްޔާގެ އާލުންނާއި އަސްހާބުންނަށް ސަލަވާތާއި ސަލާމް ލައްވާށިއެވެ.
اللَّهُمَّ رَبَّ جِبرَائِيلَ وَمِيكَائِيلَ وَإِسرَافِيلَ، فَاطِرَ السَّمَاوَاتِ وَالأَرضِ، عَالِمَ الغَيبِ وَالشَّهَادَةِ، أَنتَ تَحكُمُ بَينَ عِبَادِكَ فِيمَا كَانُوا فِيهِ يَختَلِفُونَ، اهدِنِي لِمَا اختُلِفَ فِيهِ مِنَ الحَقِّ بِإِذنِكَ، إِنَّكَ تَهدِي مَن تَشَاءُ إِلَى صِرَاطٍ مُستَقِيمٍ.
”ޔާ ﷲ! ޖިބްރީލާއި މީކާއީލާއި އިސްރާފީލުގެ ރައްބެވެ. އުޑުތަކާއި ބިން ފުރަތަމަ އުފެއްދެވި އިލާހެވެ. ނުފެންނަ ތަކެއްޗާއި ފެންނަ ތަކެތި ދެނެވޮޑިގެންވާ އިލާހެވެ. އިބަ އިލާހުގެ އަޅުން ޚިލާފުވެ އުޅުނު ކަންކަމުގައި ހުކުމް ކުރައްވާ ނިޔާ ކުރައްވާނީ ހަމަ އިބަ އިލާހެވެ. އެބައިމީހުން ޚިލާފުވެ އުޅުނު ކަންކަމުގައި، މި އަޅާއަށް ހައްގު ގޮތަށް އިބަ އިލާހުގެ އިޒުނަފުޅާއެކު މަގު ދައްކަވާށިއެވެ. ހަމަކަށަވަރުން އިބަ އިލާހު އިރާދަ ކުރައްވާ މީހަކަށް، އިބަ އިލާހު ސީދާވެގެންވާ މަގަށް ހިދާޔަތު ދައްކަވަމުއެވެ.“
10 ރަމަޟާން 1441 ހ.
3 މޭ 2020 މ.
އަބޫ ޔަޙްޔާ
މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ޙަދީޘް ކުއްލިއްޔާގެ ޚިއްރީޖެއް
بِسمِ اللهِ الرَّحمَنِ الرَّحِيمِ
الحَمدُ لِلَّهِ رَبِّ العَالَمِينَ، قَيُّومِ السَّمَاوَاتِ وَالأَرَضِينَ، مُدَبِّرِ الخَلَائِقِ أَجمَعِينَ، بَاعِثِ الرُّسُلِ – صَلَوَاتُ اللَّهِ وَسَلَامُهُ عَلَيهِم – إِلَى المُكَلَّفِينَ، لِهِدَايَتِهِم وَبَيَانِ شَرَائِعِ الدِّينِ، بِالدَّلَائِلِ القَطعِيَّةِ وَوَاضِحَاتِ البَرَاهِينِ. أَحمَدُهُ عَلَى جَمِيعِ نِعَمِهِ، وَأَسأَلُهُ المَزِيدَ مِن فَضلِهِ وَكَرَمِهِ. وَأَشهَدُ أَن لَا إِلَهَ إِلَّا اللَّهُ الوَاحِدُ القَهَّارُ، الكَرِيمُ الغَفَّارُ. وَأَشهَدُ أَنَّ مُحَمَّدًا عَبدُهُ وَرَسُولُهُ، وَحَبِيبُهُ وَخَلِيلُهُ، أَفضَلُ المَخلُوقِينَ، المُكَرَّمُ بِالقُرآنِ العَزِيزِ المُعجِزَةِ المُستَمِرَّةِ عَلَى تَعَاقُبٍ السِّنِينَ، وَبِالسُّنَنِ المُستَنِيرَةِ لِلمُستَرشِدِينَ، المَخصُوصُ بِجَوَامِعَ الكَلِمِ وَسَمَاحَةِ الدِّينِ. صَلَوَاتُ اللَّهِ وَسَلَامُهُ عَلَيهِ، وَعَلَى سَائِرِ النَّبِيِّينَ، وَآلِ كُلٍّ وَسَائِرِ الصَّالِحِينَ.
أَمَّا بَعدُ: فَقَدَ رَوَينَا عَن عَلِيِّ بِنِ أَبِي طَالِبٍ، وَعَبدِ اللَّهِ بنِ مَسعُودٍ، ومُعَاذِ بنِ جَبَلٍ، وَأَبِي الدَّردَاءِ، وَابنِ عُمَرَ، وَابنِ عَبَّاسٍ، وَأَنَسِ بنِ مَالِكٍ، وَأَبِي هُرَيرَةَ، وَأَبِي سَعِيدٍ الخُدرِيِّ رَضِيَ اللَّهُ عَنهُم، مِن طُرُقٍ كَثِيرَاتٍ بِرِوَايَاتٍ مُتَنَوِّعَاتٍ، أَنَّ رَسُولَ اللَّهِ ﷺ قَالَ: «مَن حَفِظَ عَلَى أُمَّتِي أَربَعِينَ حَدِيثًا مِن أَمرِ دِينِهَا، بَعَثَهُ اللَّهُ تَعَالَى يَومَ القِيَامَةِ فِي زُمرَةِ الفُقَهَاءِ وَالعُلَمَاءِ» وَفِي رِوَايَةٍ: «بَعَثَهُ اللَّهُ تَعَالَى فَقِيهًا عَالِمًا» وَفِي رِوَايَةِ أَبِي الدَّردَاءِ رَضِيَ اللَّهُ عَنهُ: «وَكُنتُ لَهُ يَومَ القِيَامَةِ شَافِعًا وَشَهِيدًا» وَفِي رِوَايَةِ ابنِ مَسعُودٍ رَضِيَ اللَّهُ عَنهُ: «قِيلَ لَهُ: ادخُل مِن أَيِّ أَبوَابِ الجَنَّةِ شِئتَ» وَفِي رِوَايَةِ ابنِ عُمَرَ رَضِيَ اللَّهُ عَنهُ: «كُتِبَ فِي زُمرَةِ العُلَمَاءِ، وَحُشِرَ فِي الشُّهَدَاءِ»
وَاتَّفَقَ الحُفَّاظُ عَلَى أَنَّهُ حَدِيثٌ ضَعِيفٌ وَإِن كَثُرَت طُرُقُهُ. وَقَد صَنَّفَ العُلَمَاءُ رَضِيَ اللَّهُ عَنهُم فِي هَذَا البَابِ مَا لَا يُحصَى مِن المُصَنَّفَاتِ، فَأَوَّلُ مَن عَلِمتُهُ صَنَّفَ فِيهِ: عَبدُ اللَّهِ بنُ المُبَارَكِ، ثُمَّ مُحَمَّدُ بنُ أَسلَمَ الطُّوسِيُّ العَالِمُ الرَّبَّانِي، ثُمَّ الحَسَنُ بنُ سُفيَانَ النَّسَائِيُّ، وَأَبُو بَكرٍ الآجُرِّيُّ، وَأَبُو بَكرٍ مُحَمَّدُ بنُ إِبرَاهِيمَ الأَصفَهَانِيُّ، والدَّارَقُطنِيُّ، وَالحَاكِمُ، وَأَبُو نُعَيمٍ، وَأَبُو عَبدِ الرَحمَنِ السُّلَمِيُّ، وَأَبُو سَعِيدٍ المَالِينِيُّ، وَأَبُو عُثمَانَ الصَّابُونِيُّ، وَعَبدُ اللَّهِ بنُ مُحَمَّدٍ الأَنصَارِي، وَأَبُو بَكرٍ البَيهَقِيُّ، وَخَلَائِقُ لَا يُحصَونَ مِنَ المُتَقَدِّمِينَ وَالمُتَأَخِّرِينَ.
وَقَدِ استَخَرتُ اللَّه تَعَالَى فِي جَمعِ أَربَعِينَ حَدِيثًا، اِقتِدَاءً بِهَؤُلَاءِ الأَئِمَّةِ الأَعلَامِ وَحُفَّاظِ الإِسلَامِ. وَقَد اتَّفَقَ العُلَمَاءُ عَلَى جَوَازِ العَمَلِ بِالحَدِيثِ الضَّعِيفِ فِي فَضَائِلِ الأَعمَالِ، وَمَعَ هَذَا فَلَيسَ اعتِمَادِي عَلَى هَذَا الحَدِيثِ، بَل عَلَى قَولِهِ ﷺ فِي الأَحَادِيثِ الصَّحِيحَةِ: «لِيُبَلِّغِ الشَّاهِدُ مِنكُمُ الغَائِبَ» وَقَولِهِ ﷺ: «نَضَّرَ اللَّهُ اِمرَءًا سَمِعَ مَقَالَتِي فَوَعَاهَا فَأَدَّاهَا كَمَا سَمِعَهَا»
ثُمَّ مِنَ العُلَمَاءَ مَن جَمَعَ الأَربَعِينَ فِي أُصُولِ الدِّينِ، وَبَعضُهُم فِي الفُرُوعِ، وَبَعضُهُم فِي الجِهَادِ، وَبَعضُهُم فِي الزُّهدِ، وَبَعْضُهُمْ فِي الآدَابِ، وَبَعضُهُم فِي الخُطَبِ، وَكُلُّهَا مَقَاصِدُ صَالِحَةٌ، رَضِيَ اللَّهُ عَن قَاصِدِيهَا. وَقَد رَأَيتُ جَمعَ أَربَعِينَ أَهَمَّ مِن هَذَا كُلِّهِ، وَهِيَ أَربَعُونَ حَدِيثًا مُشتَمِلَةً عَلَى جَمِيعِ ذَلِكَ، وَكُلُّ حَدِيثٍ مِنهَا قَاعِدَةٌ عَظِيمَةٌ مِن قَوَاعِدِ الدِّينِ، وَقَد وَصَفَهُ العُلمَاءَ بِأَنَّ مَدَارَ الإِسلَامِ عَلَيهِ، أَو نِصفَ الإِسلَامِ، أَو ثُلُثَهُ، أَو نَحوَ ذَلِكَ.
ثُمَّ أَلتَزِمُ فِي هَذِهِ الأَربَعِينَ: أَن تَكُونَ صَحِيحَةً، وَمُعظَمُهَا فِي صَحِيحَي البُخَارِيِّ وَمُسلِمٍ. وَأَذكُرُهَا مَحذُوفَةَ الأَسَانِيدِ، لِيَسهُلَ حِفظُهَا، وَيَعُمَّ الإِنتِفَاعُ بِهَا إِن شَاءَ اللَّهُ تَعَالَى. ثُمَّ أُتبِعُهَا بِبَابٍ فِي ضَبطِ خَفِيِّ أَلفَاظِهَا.
وَيَنبَغِي لِكُلِّ رَاغِبٍ فِي الآخِرَةِ أَن يَعرِفَ هَذِهِ الأَحَادِيثَ، لِمَا اِشتَمَلَت عَلَيهِ مِنَ المُهِمَّاتِ، وَاحتَوَت عَلَيهِ مِن التَّنبِيهِ عَلَى جَمِيعِ الطَّاعَاتِ، وَذَلِكَ ظَاهِرٌ لِمَن تَدَبَّرَهُ. وَعَلَى اللَّهِ اعتِمَادِي، وَإِلَيهِ تَفوِيضِي وَاِستِنَادِي، وَلَهُ الحَمدُ والنِّعمَةُ، وَبِهِ التَّوفِيقُ وَالعِصمَةُ.
އެންމެހައި ހަމްދު ތައުރީފާއި ސަނާއެއް ހައްގުވަނީ އާލަމްތަކުގެ ރައްބު ﷲއަށެވެ. އެ އިލާހީ އުޑުތަކާއި ބިންތަކުގެ މައްޗަށް ގައްޔޫމުވަންތަ (ގާއިމުވެވޮޑިގެންވާ) އިލާހެވެ. އެންމެހައި ޚަލްގުތަކުންގެ ކަންތައްތައް ތަދުބީރު ކުރައްވާ އިލާހެވެ. މުކައްލަފުންގެ ގާތަށް ރަސޫލުން ފޮނުއްވި އިލާހެވެ. -ﷲގެ ސަލަވާތާއި ސަލާމް އެ ރަސޫލުންނަށް ލައްވާށިއެވެ- އެ ރަސޫލުން، އެ މުކައްލަފުންގެ ގާތަށް ފޮނުއްވީ ކަނޑައެޅިގެންވާ ސާފު ދަލީލުތަކާއި ފާޅުވެގެންވާ ބުރުހާންތަކުން އެބައިމީހުންނަށް ހިދާޔަތް ދެއްކެވުމަށާއި، ދީނުގެ ޝަރީއަތް ބަޔާން ކޮށްދެއްވުމަށެވެ. ﷲ ދެއްވި އެންމެހައި ނިއުމަތްތަކަށް އެ އިލާހަށް ހަމްދު ކުރަމެވެ. އަދި އެ އިލާހުގެ ފަޟްލުވަންތަކަމާއި ދީލަތިވަންތަކަމުން އިތުރަށް ދެއްވުމަށް ވެސް އެދި ދަންނަވަމެވެ. ﷲ ފިޔަވައި (އަޅުކަންކުރުން ހައްގުވާ) އެހެން އެއްވެސް އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އެ އިލާހީ އެއްކައުވަންތަ ގައްހާރުވަންތަ (ބާރުވެރިވަންތަ) އިލާހެވެ. ދީލަތިވަންތަ ޣައްފާރުވަންތަ (ގިނަގިނައިން ފާފަ ފުއްސަވާ) އިލާހެވެ. އަދި އަޅަމެންގެ ސާހިބާ މުޙައްމަދުގެފާނީ ﷲގެ އަޅާ އަދި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އަދި އެ ނަބިއްޔާއީ، އެ އިލާހުގެ (ލޯބިވެ ވޮޑިގެންވާ) ހަބީބު އަދި (މިތުރު) ޚަލީލެވެ. މަޚްލޫގުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ ފަރާތެވެ. އެ ނަބިއްޔާއަށް ވަނީ އިއްޒަތްތެރިވެގެންވާ ގުރްއާން ލިބުމުގެ ޝަރަފު ދެއްވާފައެވެ. އެއީ ހުރިހާ ޒަމާންނަކަށްމެ ،ދެމިހުންނާނެ މުއުޖިޒާތެކެވެ. އަދި ތެދުމަގު ލިބުމަށް އެދޭ ބަޔަކަށް އަލިކޮށްދެނިވި ސުންނަތް ވެސް ވަނީ އެ ނަބިއްޔާއަށް ދެއްވާފައެވެ. ޖަވާމިޢުލް ކަލިމް (އެބަހީ: އިބާރާތްތައް ކުރު، އެކަމަކު މާނަ ފުން ބަސްފުޅުތައް) އަދި ފަސޭހަވެގެންވާ ދީނުން އެ ނަބިއްޔާ ވަނީ ޚާއްސަ ކުރެއްވިފައެވެ. ﷲގެ ސަލަވާތާއި ސަލާމް ނަބިއްޔާއަށް ލައްވާށިއެވެ. އަދި އެންމެހައި ނަބިއްޔުންނާއި ރަސޫލުންނަށާއި، އެ ބޭކަލުންގެ އާލުންނަށާއި އެންމެހައި ސާލިހުންނަށް ވެސް ސަލަވާތާއި ސަލާމް ލައްވާށިއެވެ.
އެއަށްފަހު ދަންނާށެވެ. ފަހެ ހަމަކަށަވަރުން، ޢަލީ ބިން އަބީ ޠާލިބާއި، ޢަބްދުﷲ ބިން މަސްޢޫދާއި، މުޢާޛު ބިން ޖަބަލާއި، އަބުއްދަރްދާއާއި، އިބްނު ޢުމަރާއި، އިބްނު ޢައްބާސާއި، އަނަސް ބިން މާލިކާ އަދި އަބޫ ހުރައިރާ، -މި އެންމެހައި ސަހާބީންނަށް ﷲ ތަޢާލާ ރުއްސުން ލައްވާށިއެވެ- މި ސަހާބީންގެ އަރިހުން އެތައް ސަނަދުތަކަކުން އަދި ތަފާތު ރިވާޔަތްތަކުން (އަހަރުމެންގެ ޝައިޚުން) އަހަރުމެންނަށް ރިވާކޮށްދިނެވެ: ހަމައަށް (މި ޙަދީޘް) އައިސްފައި ވެއެވެ: ހަމަކަށަވަރުން ރަސޫލު ﷲﷺ ޙަދީޘް ކުރެއްވިއެވެ: ”ދީނާ ގުޅޭ ކަންކަމުގައި، ތިމަން ނަބިއްޔާގެ އުއްމަތަށް ސާޅީސް ޙަދީޘް ހިފްޒުކޮށްދީ (ރައްކާތެރިކޮށް ފޯރުކޮށްދީފި ) މީހަކު، ގިޔާމަތް ދުވަހު ﷲ އޭނާ ނެރުއްވާނީ ފިގްހުވެރިންނާއި އިލްމުވެރިންގެ ޖަމާއަތުގެ ތެރެއިންނެވެ.“ އަދި އެހެން ރިވާޔަތެއްގައި ވެއެވެ: ”ގިޔާމަތް ދުވަހު ﷲ އެ މީހަކު ނެރުއްވާނީ ފިގްހުވެރިއެއް އަދި އިލްމުވެރިއެއްގެ ގޮތުގައެވެ.“ އަދި އަބުއްދަރްދާގެ ރިވާޔަތުގައި ވެއެވެ: ”އަދި ގިޔާމަތް ދުވަހު އެ މީހަކަށް ޓަކައި ޝަފާއަތްތެރިއަކު އަދި ހެކިވެރިޔަކު ކަމުގައި ތިމަން ނަބިއްޔާ ވާނަމެވެ.“ އަދި އިބްނު މަސްޢޫދުގެ ރިވާޔަތުގައި ވެއެވެ: ”އެ މީހަކަށް ބުނެވޭނެއެވެ: ސުވަރުގޭގެ ދޮރުކޮޅުތަކުން ތިބާ ބޭނުން ދޮރުކޮޅަކުން ވަންނާށެވެ.“ އަދި އިބްނު ޢުމަރުގެ ރިވާޔަތުގައި ވެއެވެ: ”އިލްމުވެރިންގެ ޖަމާއަތުގެ ތެރޭގައި އެ މީހަކު ލިޔުއްވޭނެއެވެ. އަދި ޝަހީދުންގެ ޖަމާއަތުގެ ތެރޭގައި އޭނާ މަހުޝަރު ކުރެވޭނެއެވެ.“
މި ޙަދީޘް ރިވާކުރެވުނު މަގުތައް ގިނަވުމާއެކު ވެސް، މިއީ ޟަޢީފު ޙަދީޘެއްކަމަށް ހާފިޒުން (ޙަދީޘް އިލްމުވެރިން) ވަނީ އިއްތިފާގުވެފައެވެ. އަދި ހަމަކަށަވަރުން، އިލްމުވެރިން ވަނީ މި ބާބުގައި (އެބަހީ: ސާޅީސް ޙަދީޘް އެއްކުރުމުގައި) އަދަދު ނުކުރެވޭހައި ގިނަ ފޮތްތައް ލިޔުއްވާފައެވެ. -ﷲ ތަޢާލާ އެ އެންމެހައި ބޭކަލުންނަށް ރުއްސުން ލައްވާށިއެވެ- އަދި އަހަރެންނަށް އެނގިފައިވާ ގޮތުގައި، މި ގޮތަށް ފުރަތަމަ ލިޔުއްވީ ޢަބްދު ﷲ ބިން އަލްމުބާރަކެވެ. ދެން ރައްބާނީ އިލްމުވެރިޔަކު ކަމުގައިވާ މުޙައްމަދު ބިން އަސްލަމް އައްޠޫސީއެވެ. ދެން އަލްޙަސަން ބިން ސުފްޔާން އައްނަސާއީއާއި، އަބޫ ބަކުރު އަލްއާޖުއްރީއާއި، އަބޫ ބަކުރު ބިން އިބްރާހީމް އަލްއަޞްފަހާނީއާއި، ދާރަގުޠުނީއާއި، އަލްޙާކިމާއި، އަބޫ ނުޢައިމާއި، އަބޫ ޢަބްދުއްރަޙްމާން އައްސުލަމީއާއި، އަބޫ ސަޢީދު އަލްމާލީނީއާއި، އަބޫ ޢުޘްމާން އައްޞާބޫނީއާއި، ޢަބްދު ﷲ ބިން މުޙައްމަދު އަލްއަންޞާރީއާއި، އަބޫ ބަކުރު އަލްބައިހަގީއެވެ. އަދި (މީގެ އިތުރަށް) އިހާއި ފަހުގެ (އިލްމުވެރިންގެ) ތެރެއިން އަދަދު ނުކުރެވޭހައި ގިނަ ބޭކަލުންނެވެ.
އަދި ހަމަކަށަވަރުން، މި މަތިވެރި އިމާމުންނާއި އިސްލާމް ދީން (ރައްކާ ކޮށްދެއްވި) ހާފިޒުންނާ ތަބާވުމުގެ ގޮތުން، އަހަރެން ސާޅީސް ޙަދީޘް އެއްކުރަން (ގަސްދުކޮށް)، ﷲ ތަޢާލާއަށް އިސްތިޚާރާ ކުރީމެވެ. (އެބަހީ: ކުރަން އުޅޭ ކަމެއްގައި މަގުދައްކަވައި ދެއްވުމަށް އެދި ދުއާ ކުރީމެވެ.) އަދި ހަމަކަށަވަރުން ފަޟާއިލުލް އަޢުމާލުގައި (އެބަހީ: ހެޔޮ އަމަލުތައް ކުރުމަށް ހިތްވަރު ދިނުމުގައި) ޟަޢީފު ޙަދީޘަށް އަމަލުކުރުން ހުއްދަކަމާމެދު އިލްމުވެރިން ވަނީ އިއްތިފާގުވެފައެވެ. [ނޯޓު: މިއީ މާ ފަސޭހަކޮށް އައްނަވަވީއަށް ވިދާޅުވެވުނު ބަސްފުޅެއް ކަމަށް، ޝައިޚު ޢަބްދުލް ކަރީމް އަލްޚުޟައިރު ވިދާޅުވިއެވެ. ސަބަބަކީ، ޚިލާފު ހުރި މައްސަލައެއްގައި އިލްމުވެރިން އިއްތިފާގުވެފައި ވާކަމަށް ވިދާޅުވެފައިވާތީއެވެ. ޖުމްހޫރު އިލްމުވެރިން ދެކިލައްވާ ގޮތުގައި، ހަލާލާއި ހަރާމްގެ ހުކުމްތަކުގައި ޟަޢީފު ޙަދީޘުން ހުއްޖަތެއް ގާއިމެއް ނުކުރެވޭނެއެވެ. ނަމަވެސް ފަޟާއިލުލް އަޢުމާލާއި ހެޔޮ އަމަލުތައް ކުރުމަށް ހިތްވަރު ދިނުމުގައި އެފަދަ ޙަދީޘް ހުއްޖަތުގެ ގޮތުގައި ގެނެވިދާނެއެވެ. އަދި މިފަދައިން ދެކެލެއްވި އިލްމުވެރިން ވަނީ މި ދެންނެވި ގޮތަށް ޟަޢީފު ޙަދީޘަށް އަމަލު ކުރާނަމަ، ޝަރުތުތަކެއް ކަނޑައަޅުއްވާފައެވެ. އެ ޝަރުތުތަކަކީ: އެ ޙަދީޘަކީ ވަރަށް ބަލިކަށި ޙަދީޘަކަށް ނުވުމެވެ. އަދި އިސްލާމީ ޝަރީއަތުގައި ސާބިތުވެފައިވާ އަސްލެއް އެ އަމަލެއްގައި އޮތުމެވެ. އަދި އެއަށް އަމަލު ކުރާއިރު، އެއީ ނަބިއްޔާއަށް ނިސްބަތްވެގެންވާ ސާބިތު ޙަދީޘެއްކަމަށް ގަބޫލު ނުކުރުމެވެ. އަދި އެއީ ހެޔޮ އަމަލުތައް ކުރުމަށް ހިތްވަރު ދިނުމުގެ މައުޟޫގެ ދަށުން އައިސްފައިވާ ޙަދީޘަކަށް ވުމެވެ. އަދި އެއީ ސައްހަ ހަދީޘަކާ ފުށުއަރާ ޙަދީޘަކަށް ނުވުމެވެ. އަދި އެ ޙަދީޘުން ދަލީލުކޮށްދެނީ ސުންނަތެއްކަން ގަބޫލު ނުކުރުމެވެ. —الحَدِيثُ الضَّعِيفُ وَحُكمُ الاحتِجَاج بِهِ، لِلشَّيخِ عَبدِ الكَرِيمِ بِن عَبدِ اللَّهِ الخُضَيرِ، ص 274] ކަން މިހެން އޮތް ކަމުގައި ވިޔަސް، އަހަރެން މި ބަރޯސާ ވަނީ (ކުރިން މި ދެންނެވުނު ޟަޢީފު ) ޙަދީޘަކަށް ނޫނެވެ. އެހެނެއްކަމަކު، މި ބަރޯސާ ވަނީ ސައްހަ ޙަދީޘްގެ ތެރެއިންވާ ނަބިއްޔާ ﷺ ގެ މި ބަސްފުޅަށެވެ: «لِيُبَلِّغِ الشَّاهِدُ مِنكُم الغَائِبَ» (البُخَارِيُّ 105 وَاللَّفظُ لَهُ، وَمُسلِمٌ 1679) ”ތިޔަބައިމީހުންގެ ތެރެއިން ހާޒިރުގައި ހުރި މީހަކު، ހާޒިރުގައި ނެތް މީހާއަށް (ތިމަން ނަބިއްޔާގެ ބަސްފުޅު) ފޯރުކޮށް ދޭށެވެ.“ އަދި ނަބިއްޔާގެ މި ބަސްފުޅަށެވެ: «نَضَّرَ اللَّهُ اِمرَأً سَمِعَ مَقَالَتِي فَوَعَاهَا فَأَدَّاهَا كَمَا سَمِعَهَا» (حِليَةُ الأَولِيَاء، ص 105. وَرَوَى التِّرمِذِيُّ نَحوَه 2657، وَصَحَّحَهُ الأَلبَانِي في صَحِيحِه.) ”ތިމަން ނަބިއްޔާގެ ބަސްފުޅު އަޑުއަހައި، އެ ދަސްކޮށް، ދެން އެ ބަސްފުޅު އަޑުއެހި ގޮތަށް (އެހެން މީހަކަށް) ފޯރުކޮށްދީފި މީހާގެ މޫނު އުޖާލާ ކުރައްވާށިއެވެ.“
ފަހެ، (އެކި މައުޟޫތަކާ ގުޅޭ ގޮތުން) އިލްމުވެރިން ވަނީ ސާޅީސް ޙަދީޘް އެއްކުރައްވާފައެވެ. އެ ގޮތުން ދީނުގެ އުސޫލުތަކާއި، ފަރުޢީ މައްސަލަތަކާއި، ޖިހާދާއި، ޒުހުދާއި، އަދަބު އަޚްލާގާއި، ޚުތުބާތަކާއި ގުޅޭ ގޮތުން އިލްމުވެރިން ލިޔުއްވިއެވެ. އަދި މިއީ މުޅިން ވެސް ހެޔޮލަފާ ރަނގަޅު މަގުސަދުތަކެވެ. އެ ގޮތަށް ގަސްދު ކުރެއްވި އެންމެހައި އިލްމުވެރިންނަށް ﷲ ތަޢާލާ ރުއްސުން ލައްވާށިއެވެ. އަދި ހަމަކަށަވަރުން، ބަޔާންވެ ދިޔަ ހުރިހާ ކަމަކަށްވުރެ މުހިއްމު ކަމެއް ކަމުގައި އަހަރެންނަށް ފެނުނީ، އެ ހުރިހާ ކަމެއް ޝާމިލުވެގެންވާ ސާޅީސް ޙަދީޘް އެއްކުރުމެވެ. އެހެނީ، އެއިން ކޮންމެ ޙަދީޘްކީ ދީނުގެ އަސްލުތަކުގެ ތެރެއިން ބޮޑު އަސްލެކެވެ. އަދި އެއިން ކޮންމެ ޙަދީޘްއްގެ މައްޗަށް މުޅި ދީން ވަށައިގެން ދައުރުވާ ކަމަށް، ނުވަތަ އެއިން ޙަދީޘަކީ ދީނުގެ ދެބައި ކުޅަ އެއްބައި ކަމަށް، ނުވަތަ ތިންބައި ކުޅަ އެއްބައި ކަމަށް، ނުވަތަ މި ނޫން ވެސް ގޮތްގޮތަށް އިލްމުވެރިން ވަނީ ސިފަ ކުރައްވާފައެވެ.
ފަހެ، މި ސާޅީސް ޙަދީޘް އެއްކުރުމުގައި އަހަރެން މި ކަނޑައެޅީ، އެއީ ސައްހަ ޙަދީޘްތަކެއް ކަމުގައި ވުމަށެވެ. އަދި އޭގެ ބޮޑުބައި ވަނީ ސަހީހު ބުޚާރީ އަދި މުސްލިމުގައެވެ. މި ޙަދީޘްތައް ހިމަނާފައި ވާނީ ސަނަދާއި ނުލައެވެ. އެއީ މި ޙަދީޘްތައް ހިތުދަސް ކުރުމަށް ފަސޭހަ ކުރުމަށާއި، މި ޙަދީޘްތަކުން ކުރާ ފައިދާ އާންމުވެގެން ދިޔުމަށެވެ. އިން ޝާއަ ﷲ ތަޢާލާ. ދެން މި ޙަދީޘްތައް ގެނައުމަށް ފަހު، އެއިން މާނަ ފޮރުވިފައިވާ ލަފުޒުތައް ބަޔާން ކުރުމަށް ބާބެއް ގެންނާނަމެވެ. [ނޯޓު: އެ ބާބު ބެއްލެވުމަށް އަސްލު އަރަބި ފޮތަށް ރުޖޫއަވެލައްވާށެވެ.]
އާޚިރަތަށް އެދޭ ކޮންމެ މީހަކު މި ޙަދީޘްތައް ދެނެގަތުން މުހިއްމެވެ. އެއީ މި ޙަދީޘްތަކުގައި މުހިއްމު އެތައް ކަމެއް ޝާމިލުވެފައި ވާތީއާއި، ﷲ އަށް ކިޔަމަންތެރިކަން އަދާކުރެވޭ އެންމެހައި ގޮތްތަކަށް ސަމާލުކަން ގެނެސްފައި ވާތީއެވެ. އަދި އެއާމެދު ވިސްނައި ފިކުރުކޮށްފި މީހަކަށް މިކަން ހާމަވެގެން ދާނެއެވެ. ފަހެ (މި ކަމުގައި) އަހަރެން ބަރޯސާ ވަނީ ﷲ އަށެވެ. އަދި އަހަރެން ވަކީލުކޮށް އިތުބާރު ކުރަނީ އެ އިލާހަށެވެ. އަދި އެންމެހައި ހަމްދާއި ނިއުމަތް ވަނީ އެ އިލާހަށެވެ. އަދި ތައުފީގު ދެއްވުމާއި، ކުށްތަކުން ސަލާމަތްވުން ވަނީ ވެސް އެ އިލާހުގެ ހަޒުރަތުންނެވެ.
فَهَذَا آخِرُ مَا قَصَدْتُهُ مِن بَيَانِ الْأَحَادِيثِ الَّتِي جَمَعَتْ قَوَاعِدَ الإِسْلَامِ، وَتَضَمَّنَتْ مَا لَا يُحْصَى مِنْ أَنْوَاعِ الْعُلُومِ فِي الْأُصُولِ وَالْفُرُوعِ وَالْآدَابِ، وَسَائِرِ وُجُوهِ الْأَحكَامِ. وَهَأَنَا أَذْكُرُ بَابًا مُختَصَراً جِدّاً فِي ضَبْطِ أَلْفَاظِهَا مُرَتَّبَةً؛ لِئَلَّا يُغْلَطَ فِي شَيْءٍ مِنْهَا، وَلِيَستَغنِيَ بِهَا حَافِظُهَا عَنْ مُرَاجَعَةِ غَيْرِهِ فِي ضَبْطِهَا، ثُمَّ أَشْرَعُ فِي شَرْحِهَا - إِنْ شَاءَ اللَّهُ تَعَالَى - فِي كِتَابٍ مُسْتَقِلٍ، وَأَرْجُو مِنْ فَضْلِ اللَّهِ تَعَالَى أَنْ يُوَفِّقَنِي فِيهِ لِبَيَانِ مُهِمَّاتٍ مِنَ اللَّطَائِفِ، وَجُمَلٍ مِنَ الْفَوَائِدِ وَالْمَعَارِفِ، لَا يَسْتَغْنِي مُسْلِمٌ عَنْ مَعْرِفَةِ مِثْلِهَا، وَيَظْهَرُ لِمُطَاِلعُهَا جَزَالَةُ هَذِهِ الْأَحَادِيثِ وَعِظَمُ فَضْلِهَا، وَمَا اشْتَمَلَتْ عَلَيْهِ مِنَ النَّفَائِسِ الَّتِي ذَكَرْتُهَا، وَالْمُهِمَّاتِ الَّتِي وَصَفْتُهَا، وَيَعْلَمُ بِهَا الْحِكْمَةَ فِي اخْتِيَارِ هَذِهِ الْأَحَادِيثِ الْأَرْبَعِينَ، وَأَنَّهَا حَقِيقَةٌ بِذَلِكَ عِنْدَ النَّاظِرِينَ.
وَإِنَّمَا أَفْرَدْتُهُ عَنْ هَذَا الْجُزْءِ؛ لِيَسْهُلَ حِفْظُ ذَا الْجُزءِ بِانْفِرَادِهِ، ثُمَّ مَنْ أَرَادَ ضَمَّ الشَّرْحِ إِلَيْهِ فَلْيَفْعَلْ، وَلِلَّهِ عَلَيْهِ الْمِنَّةُ بِذَلِكَ؛ إِذْ يَقِفُ عَلَى نَفَائِسِ اللَّطَائِفِ الْمُسْتَنْبَطَةِ مِنْ كَلَامِ مَنْ قَالَ اللَّهُ فِي حَقِّهِ: ﴿وَمَا يَنْطِقُ عَنِ الْهَوَى إِنْ هُوَ إِلَّا وَحْيٌ يُوحَىٰ﴾.
وَلِلَّه الْحَمدُ أَوَّلاً وَآخِراً، بَاطِناً وَظَاهِراً.
[ނޯޓު: އައްނަވަވީ މި ބަސްފުޅު ވިދާޅުވެފައި ވަނީ 42 ވަނަ ޙަދީޘަށް ފަހުގައެވެ.] ފަހެ މިއީ އިސްލާމް ދީނުގެ ގަވާއިދުތައް އެކުލެވިފައިވާ ޙަދީޘްތައް ބަޔާންކޮށް ނިންމަން އަހަރެން ގަސްދު ކުރި ހިސާބެވެ. އަދި އެ ޙަދީޘްތަކުގައި އަދަދު ނުކުރެވޭހާ ތަފާތު އިލްމުތައް ހިމެނިފައިވެއެވެ. އެ ގޮތުން (ދީނުގެ) އުސޫލުތަކާއި، ފަރުޢީ މައްސަލަތަކާއި، އަދަބު އަޚުލާގާއި، ދެން ހުރި އެކި ބާވަތްތަކުގެ ހުކުމްތައް ހިމެނެއެވެ. ދެން އެ ޙަދީޘްތަކުގައިވާ ލަފްޒުތައް ރަނގަޅަށް ކިޔައިދިނުމަށްޓަކައި، ވަރަށް ކުރު ބާބެއް މިތާ އަހަރެން ޒިކުރު ކޮށްލާނަމެވެ. އެއީ އެއިން ލަފްޒެއްގައި (މީހަކަށް) ކުށް ޖެހުނަ ނުދިނުމަށެވެ. އަދި އެ ހިތުދަސްކުރާ މީހަކަށް، އެހެން މީހެއްގެ ކިބައިން އެ ލަފްޒުތައް ރަނގަޅަތޯ މުރާޖާ ކުރަން ޖެހުނަ ނުދީ ފުއްދައި ދިނުމަށެވެ. އެއަށްފަހު އެ ޙަދީޘްތައް އަހަރެން ޝަރަހަ ކުރަން ފައްޓާނީ، އިން ޝާއަ ﷲ ތަޢާލާ، ވަކި ފޮތެއްގައެވެ. [ނޯޓު: އެކަލޭގެފާނުގެ ދެ ދަރިވަރުން ކަމަށްވާ އިބްނުލް ފަރަޙް އަލްއިޝްބީލީ އަދި އިބްނުލް ޢައްޠާރު ވިދާޅުވާ ގޮތުގައި، އައްނަވަވީ އެ ޝަރަހަ ނުނިންމަނީސް ނިޔާވެއްޖެއެވެ.] އަދި ﷲ ތަޢާލާގެ ފަޟްލުވެރިކަމުން އަހަރެން އެދެނީ، (އެ ޙަދީޘްތަކުން) ފޮރުވިގެންވާ މުހިއްމު މާނަތަކާއި، ޖުމްލަ ގޮތެއްގައި (އޭގައިވާ) ފައިދާތަކާއި އިލްމުތައް ބަޔާން ކުރުމަށް، އެ އިލާހު އަހަރެންނަށް ތައުފީގު ދެއްވުމެވެ. މުސްލިމަކަށް އެފަދަ ކަންތައްތައް ނޭނގި ހުރެގެން ނުވާނެއެވެ. އަދި އެ ކިޔައިފި މީހަކަށް، އޭގެ ރިވެތިކަމާއި ފަޟްލުގެ މަތިވެރިކަން ހާމަވެގެން ދާނެއެވެ. އަދި އޭގައި ހިމެނޭ އަހަރެން ޒިކުރުކުރި އަގުހުރި ކަންކަމާއި، އަހަރެން ސިފަކުރި މުހިއްމު ކަންކަން ވެސް ހާމަވާނެއެވެ. އަދި މި ޙަދީޘްތައް އިޚްތިޔާރު ކުރުމުގެ ހިކުމަތް އެނގިގެން ދާނެއެވެ. އަދި ރަނގަޅަށް ބަލާ މީހުންނަށް، މި (ދެންނެވި) ކަންކަމަކީ ހަގީގަތެއްކަން އެނގޭނެއެވެ.
އަދި އެ (ޙަދީޘްތަކުގެ) ބައިން މި ބާބު އަހަރެން ވަކިކުރި ހަމައެކަނި ސަބަބަކީ، އެ ބައި ވަކިން ހިތުދަސްކުރަން ފަސޭހަ ކުރުމަށެވެ. ދެން އެއަށްފަހު އެ ޙަދީޘްތަކަށް ޝަރަހައެއް އިތުރު ކުރަން އެދޭ މީހަކު ފަހެ އެ ކަން ކުރާށެވެ. އަދި އޭނާއަށް އެ ކަމަށް މިންނަތް ދެއްވުން ވަނީ ﷲ އަށެވެ. އެ ހިނދު އެ މީހަކު ހުއްޓި ވާނީ (ނަބިއްޔާގެ) ބަސްފުޅުތަކުން ނެގޭ އަގުހުރި، ފޮރުވިގެންވާ މާނަތަކާ އެކުގައެވެ. އެއީ ﷲ އެކަލޭގެފާނުގެ ހައްގުގައި މިފަދައިން ވަހީ ކުރެއްވި ކަލޭގެފާނެވެ: ’އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުދައްކަވައެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަހީއެއް ކަމުގައި މެނުވީ ނުވެއެވެ.‘
އަދި ފެށުމާއި ނިންމުމާއި، ސިއްރާއި ފާޅުގައި ވެސް އެންމެހައި ހަމްދު ތައުރީފާއި ސަނާއެއް ހައްގުވަނީ ﷲ އަށެވެ.
بَابُ الإِشَراتِ إِلَى ضَبْطِ الأَلفَظِ المُشْكِلَاتِ هَذَا البَابُ وَإِنْ تَرْجَمْتُهُ بِالمُشْكِلَاتِ فَقَدْ أُنَبِّهُ فِيهِ عَلَى أَلْفَاظِ مِنَ الوَاضِحَاتِ.
فِي الخُطْبَةِ «نَضَّرَ اللَّهُ أَمْراً» رُوِيَ بِتَشْدِيدِ الصَّادِ وَتَخْفِيفِهَا، وَالتَّشْدِيدُ أَكْثَرُ؛ وَمَعْنَاهُ: حَسَنَهُ وَجَمَّلَهُ.
الحَدِيثُ الأَوَّلُ …
[ما بعد ذلك قد فرغته على الأحاديث في الحواشي، ليسهل على القارئ. وأكثر ممن نشر الأربعين غفل عن هذا الباب.]
އުނދަގޫ ލަފްޒުތައް ކަނޑައެޅުމަށް އިޝާރަތް ކުރާ ބާބު މި ބާބުގައި އުނދަގޫ ލަފްޒުތަކޭ އަހަރެން ޖަހާފައި ވިޔަކަސް، ފަހެ ހަމަކަށަވަރުން އޭގައި ސާފު ލަފްޒުތަކަކަށްވެސް އަހަރެން އިޝާރާތް ކުރާނަމެވެ.
(މުގައްދިމާގެ) ޚުތުބާގައި ”ﷲ މީހެއްގެ މޫނު އުޖާލާ ކުރައްވާށިއެވެ.“ (ނައްޟަރަ މި ލަފްޒު) ޟާދުގައި ތަޝްދީދު ޖަހައިގެންވެސް އަދި ނުޖަހާވެސް ރިވާވެގެންވެއެވެ. އަދި ގިނައީ ތަޝްދީދެވެ. އަދި އޭގެ މާނައަކީ: އެ (މޫނު) ރީތި ކުރައްވާ ޒީނަތްތެރި ކުރައްވާށިއެވެ.
ފުރަތަމަ ޙަދީޘް …
[ނޯޓު: އައްނަވަވީ މި ބާބުގައި ވަނީ، ބައެއް ޙަދީޘްތަކުގެ ލަފްޒުތަކުގައި ފިލި ޖަހަންވީ ގޮތާއި، ބަސްބަހުގެ މާނަ ބަޔާން ކޮށްދީފައެވެ. ފޮތުގެ އެންމެ ފަހަތުގައި އެ ބައި ހިމެނުމުގެ ބަދަލުގައި، ކިޔަން ފަސޭހަކޮށް ދިނުމަށް އަޅުގަނޑު ވާނީ ޙަދީޘްތަކުގެ ފުޓްނޯޓުގައި قَالَ النَّوَوِي އަށް ފަހު އަރަބިން އެ ބައި ހިމަނާފައެވެ. އެއީ އަރަބި ބަހާ ގުޅޭ ބަޔަކަށް ވުމާއެކީ، މި ތަރުޖަމާގެ ހުރިހާ ނައްސެއްގައި ފިލިޖަހާފައިވުމުގެ އިތުރަށް، އަރަބި ބަސްތަކުގެ މާނަވެސް ދިވެހިން ކިޔައިދީފައިވާތީ، އެ ބައި ދިވެހިން އަނެއްކާ ނުގެންނާނަމެވެ.]
فَصْلٌ [فِي مَعنَى الحِفظِ]
اعْلَمْ أَنَّ الْحَدِيثَ الْمَذْكُورَ أَولاً: «مَنْ حَفِظَ عَلَى أُمَّتِي أَرْبَعِينَ حَدِيثاً…» مَعْنَى الْحِفْظِ هُنَا: أَنْ يَنْقُلَهَا إِلَى الْمُسْلِمِينَ وَإِنْ لَمْ يَحْفَظْهَا وَلَا عَرَفَ مَعْنَاهَا، هَذَا حَقِيقَةُ مَعْنَاهُ، وَبِهِ يَحْصُلُ انْتِفَاعُ الْمُسْلِمِينَ، لَا بِحِفْظِ مَا لَا يَنْقُلُهُ إِلَيهِمْ.
وَاَللَّهُ أَعْلَمُ بِالصَّوَابِ.
[ހިފްޒުގެ މާނައާ ގުޅޭ] ފަސްލު
ދަންނާށެވެ. (މުގައްދިމާގައި) ފުރަތަމަ ޒިކުރު ކުރެވުނު ޙަދީޘް ’ތިމަން ނަބިއްޔާގެ އުއްމަތަށް ސާޅީސް ޙަދީޘް ހިފްޒުކޮށްދީފި މީހަކު‘ މިތާ ހިފްޒުގެ މާނައަކީ މުސްލިމުންނަށް ފޯރުކޮށްދިނުމެވެ. އެއީ އޭނާއަށް އެ ހިތުދަސް ނުވެ، އޭގެ މާނަ ނޭނގުނު ކަމުގައި ވިޔަސް މެއެވެ. މި ޙަދީޘްގެ ހަގީގީ މާނައަކީ މިއީއެވެ. އަދި މުސްލިމުންނަށް ފައިދާ ހާސިލުވެގެންދާނީ މީގެންނެވެ. އެބައިމީހުންނަށް ފޯރުކޮށްދިނުމަކާ ނުލާ (ހަމައެކަނި) ހިތުދަސްކޮށްލައިގެނެއް ނޫނެވެ.
އަދި މީގެ ރަނގަޅު ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އަށެވެ.
• مُتُونُ طَالِبِ العِلمِ، المُستَوَى الأَوَّلُ، لِعَبدِ المُحسِن بِن مُحَمَّد القَاسِم (ط السادسة 1439 هـ)
’މުތޫން ޠާލިބިލް ޢިލްމި‘ (އިލްމު އުނގެނޭ ދަރިވަރުގެ މަތުނުތައް) ފުރަތަމަ މުސްތަވާ، ޢަބްދުލް މުޙްސިން ބިން މުޙައްމަދު އަލްގާސިމު. (ހަވަނަ ޗާޕު 2018 މ.)
• النَّهجة السَّوِيَّة فِي تَرجَمَةِ الأَربَعِينَ النَّوَوِيَّةِ، لِصَلَاح الدِّين حُسَين بنِ مُوسَى المَحليّ.
އައްނަހްޖަތުއް ސަވިއްޔާ (ޙުސައިން ޞަލާޙުއްދީނުގެ ސާޅީސް ޙަދީޘް)، ޙުސައިން ޞަލާޙުއްދީން.
• تَرجَمَةُ الأَربَعِينَ النَّوَوِيَّةِ، لِحَسَّان بنِ عَبدِ الرَّزَّاقِ المَالدِيفِي.
ނަވަވީގެ ސާޅީސް ޙަދީޘްގެ ތަރުޖަމާ، ޙައްސާން ޢަބްދުއްރައްޒާގް.
• تَرجَمَةُ القُرآن الكَرِيم بِاللُّغَةِ المَالدِيفِيَّة.
ކީރިތި ގުރްއާނުގެ ދިވެހި ތަރުޖަމާ، ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް.
• قَامُوس المَالدِيفِي، لِلأَكَادِيمِيَّةِ اللُّغَةِ المَالدِيفِيَّة.
ދިވެހި ބަސްފޮތް، ދިވެހި ބަހުގެ އެކެޑަމީ.
• سِيَرُ أَعلَامِ النُّبَلَاءِ، الجُزءُ المَفقُودُ، لِلحَافِظِ شَمسِ الدِّينِ الذَّهَبِي.
މަތިވެރި ބޭކަލުންގެ ހަޔާތްތައް، އަލްހާފިޒު ޝަމްސުއްދީން އައްޛަހަބީ.
• الحَدِيثُ الضَّعِيفُ وَحُكمُ الاحتِجَاجِ بِهِ، لِلشَّيخِ عَبدِ الكَرِيمِ بِن عَبدِ اللَّهِ الخُضَيرِ.
ޟަޢީފު ޙަދީޘާއި އެއިން ހުއްޖަތް ގާއިމު ކުރުމުގެ ހުކުމް، ޢަބްދުލް ކަރީމު އަލްޚުޟައިރު.
• صَحِيح سُنَن التِّرمِذِي، صَحِيح التَّرغِيب وَالتَّرهِيب، تَحقِيق رِيَاض الصَّالِحِين، مِشكَاة المَصَابِيح، الجَامِع الصَّغِير وَزِيَادَاتِه، التَّعلِيقَات الحِسَان عَلَى صَحِيح ابن حِبَّان؛ لِمُحَمَّد نَاصِرُ الدِّين الأَلبَانِي.
ސަހީހު ސުނަނު އައްތިރްމިޛީ، ސަހީހު އައްތަރްޣީބް ވައްތަރްހީބް، ތަޙްގީގު ރިޔާޟުއްޞާލިޙީން، މިޝްކާތުލް މަޞާބީޙް، އަލްޖާމިޢުލް ޞަޣީރި ވަޒިޔާދާތިހި، އައްތަޢުލީގާތުލް ޙިސާން ޢަލާ ޞަޙީޙި އިބްނި ޙިއްބާން؛ މުޙައްމަދު ނާޞިރުއްދީން އަލްއަލްބާނީ.
• جَامِعُ العُلُومِ وَالحِكمِ فِي شَرحِ خَمسِينَ حَدِيثًا مِن جَوَامِعِ الكَلَمِ، لِلحَافِظِ اِبنِ رَجَب الحَنبَلِي.
’ޖާމިޢުލް ޢުލޫމް ވަލްޙިކަމް‘ އިބްނު ރަޖަބު އަލްހަންބަލީ.
• شَرحُ الأَربَعِينَ النَّوَوِيَّةِ، لِمُحَمَّدٍ بنِ صَالِح العُثَيمِين.
ނަވަވީގެ ސާޅީސް ޙަދީޘްގެ ޝަރަހަ، މުޙައްމަދު ބިން ޞާލިޙު އަލްޢުޘައިމީން.
• المِنحَةُ الرَّبَّانِيَّةُ فِي شَرحِ الأَربَعِينَ النَّوَوِيَّةِ، لِصَالِح بِن فَوزَان بِن عَبدِ اللَّهِ الفَوزَان.
‘އައްދުރަރުލް ބާޒިއްޔާ’ ނަވަވީގެ ސާޅީސް ޙަދީޘްގެ ޝަރަހަ، ޢަބްދުލް ޢަޒީޒު ބިން ބާޒު.
• الدُّرَرُ البَازِيَّة شَرحِ الأَربَعِينَ النَّوَوِيَّةِ، لِعَبدِ العَزِيزِ بنِ بَاز.
– ނަވަވީގެ ސާޅީސް ޙަދީޘްގެ ޝަރަހަ، ޢަބްދުލް މުޙްސިން ބިން މުޙައްމަދު އަލްގާސިމް.
• فَتحُ القَوِيُّ المَتِينُ فِي شَرحِ الأَربَعِينَ وَتَتِمَّةِ الخَمسِينَ، لِعَبد المُحسِنِ بِن حَمد العَبَّاد البَدر.
’ފަތުޙުލް ގަވިއްޔުލް މަތީން‘ — ނަވަވީގެ ސާޅީސް ޙަދީޘްގެ ޝަރަހަ، ޢަބްދުލް މުޙްސިން އަލްޢައްބާދު.
• الرِّيَاضُ الزَّكِيَّة شَرَح الأَربَعِينَ النَّوَوِيَّة، لِعَبد الكَرِيم بِن عَبدِ اللَّهِ الخُضَير.
’ރިޔާޟުއް ޒަކިއްޔާ‘ — ނަވަވީގެ ސާޅީސް ޙަދީޘްގެ ޝަރަހަ، ޢަބްދުލް ކަރީމު އަލްޚުޟައިރު.
• شَرحُ الأَربَعِينَ النَّوَوِيَّةِ، لِعَبدِ المُحسِن بنِ مُحَمَّد القَاسِم.
– ނަވަވީގެ ސާޅީސް ޙަދީޘްގެ ޝަރަހަ، ޢަބްދުލް މުޙްސިން ބިން މުޙައްމަދު އަލްގާސިމް.
• التُّحفَةُ الرَّبَانِيَّة فِي شَرحِ الأَربَعِينَ حَدِيثاً النَّوَوِيَّة وَمَعَهَا شَرحُ الأَحَادِيثِ الَّتِي زَادَهَا اِبنُ رَجَب الحَنبَلِي، لِإِسمَاعِيلُ بِن مُحَمَّد بن مَاحي السّعدِي الأَنصَارِي.
’ތުޙްފަތުއް ރައްބާނިއްޔާ‘ — ނަވަވީގެ ސާޅީސް ޙަދީޘްގެ ޝަރަހަ، އިސްމާޢީލު ބިން މުޙައްމަދު އަލްއަންޞާރީ.