އިސްލާމިކް މިނިސްޓްރީގެ ފިރިހެން ނަންތައް (24/1/14، 92 ސ، 2040 ނަން)

އިސްލާމިކް މިނިސްޓްރީގެ އަންހެން ނަންތައް (6/1/14، 93 ސ، 1956 ނަން)

އިސްލާމިކް މިނިސްޓްރީގެ ފަހުން ފާސްކޮށްފައިވާ ފިރިހެން ނަންތައް (30/12/13، 11 ސ، 239 ނަން)

އިސްލާމިކް މިނިސްޓްރީގެ ފަހުން ފާސްކޮށްފައިވާ އަންހެން ނަންތައް (22/9/13، 7 ސ، 166 ނަން)

މާލޭ ސިޓީ ކައުންސިލުގެ ނަން ލިސްޓު (10/3/22، 169 ސ، 4141 ނަން)

ޕީޑީއެފްތަކުގައިވާ ޖުމްލަ ނަމުގެ އަދަދު: 8541

ޕީޑީއެފްތަކުގައިވާ ނުވާ ނަންތައް:

އެންމެ ފަހުން ޕީޑީއެފްތައް ބެލި ތާރީޚު: 23/3/24


"The text presented here is exclusively for research and educational purposes. It is intended for non-commercial fair use only."


⚠️ މި ނަންފޮތުގައި ނުވަ ހާސް ވަރަކަށް ނަން ހިމެނިފައިވާ އިރު، އަދި މުޅިން ފުރިހަމައަށް އެކުލަވާލެވި މުރާޖާކޮށް ނުއެއް ނިމެއެވެ. ޑޭޓާ އެންޓްރީގެ ސަބަބުން މެދުވެރިވާ ކުށްތައް ހުންނާނެއެވެ. އަދި އޭގެ އިތުރަށް، ރަނގަޅަށް އެންޓަރ ކުރެވުނަސް، އެންޓަރ ކުރެވުނު ބައެއް ނަންތަކުގައި މައްސަލަ އުޅޭނެއެވެ. އެއީ ކަމާ ބެހޭ އިދާރާއިން ފާސްވެފައި އޮތްކަމުގައި ވިޔަސް މެއެވެ. ކުޑަ މިސާލެއް ދަންނަވާ ނަމަ، އަނަސް އަކީ އަންހެން ނަމެއް ކަމަށް އޭގައި އެބަހުއްޓެވެ. މިއަށް ވުރެ ބޮޑަށް މިހާރު މައިންބަފައިން ބަލަން އެބަ ޖެހެއެވެ. ހަމައެކަނި ފާހަށް ބަރޯސާވެގެން އަތްއުރާލައިގެން ތިބެވޭކަށް ނެތެވެ. ފާސްކުރުން ވަނީ މާ ފަސޭހަ ކަމަކަށް ވެފައެވެ. އަދި ދަންނާށެވެ. މިހާރަކަށް އައިސް ޖާހިލުން ހަދާހެން، ތާކުންތާކު ނުޖެހޭ ފަރަންޖީ ނަންތައް ދަރިންނަށް ކިޔުމާއި، މައިންބަފައިންގެ ނަންތައް މޮޅު ގޮތަކަށް އެއްކޮށްގެން ދެކޮޅުނުޖެހޭ ނަމެއް ހަދަން އުޅުމަކީ އެއްގޮތަކަށް ވެސް ކަމުދާ ގޮތެއް ނޫނެވެ. ދީނަށް އިސްކަމެއް ދޭ، ބުއްދީގެ ބޭނުން ހިފާ ބަޔަކު ކުރާނެ ކަމެއް ނޫނެވެ. މި ކަންކަމާ މެދު ފަރުވާލެއް ބަހައްޓަން ޖެހެއެވެ. ސަބަބަކީ، ދަރިންނަކީ ބޮޑު އަމާނާތަކަށް ވުމެވެ. އަދި ﷲ ގެ ފަރާތުން ދެއްވި ދެއްވުމެކަށް ވުމެވެ. އެހެންކަމުން ލޯބިވާ ދަރިފުޅަށް ނަންކިޔާ އިރު އެ ނަމަކީ ރަނގަޅު، މާނަ ސަހަލު، އަދި ކިޔަން ކަމުދާނެ ކަހަލަ ނަމެއްކަން ކަށަވަރުކުރަން ކޮންމެހެންވެސް އެބަ ޖެހެއެވެ. ދަރިއަށް ނަންދިނުމަކީ ކުޅިވަރެއް ނޫނެވެ. ރީތި ނަންތައް ބައިވަރެވެ. ސަހާބީންނާއި ތާބިއީންނާއި އެއަށްފަހު ވަޑައިގެންނެވި ސާލިހު މީހުންގެ ނަންތައް ހާހުން ހާހުން އެބަހުއްޓެވެ. ނިކަން ގޮސް ރިޖާލުންގެ އިލްމު ފޮތެއް ނިކަން ހުޅުވަބަލާށެވެ. މި އުޅެނީ ކިޔާ ނަމެއް ނޭނގިގެން، ނަންތައް ހުސްވެގެންހެއްޔެވެ؟ ނަމަވެސް އެހާ ފަސޭހައިން ލިބެން ހުރި، އެހާމެ ހިތްގައިމު ނަންތައް ކިޔާކަށް މިހާރުގެ މީހުން ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ނެތްވަރުން ތަކުލީފު ބޮޑުކޮށް، ގޮތްގޮތަށް ނަންތަކެއް ޖަހާ އެއްކޮށްގެން ހަޑިހާވަންށެވެ. ނުވަތަ ކޮންމެވެސް ކާފިރު ނަމެއް މުސްލިމު ދަރިއަކަށް ކިޔަންށެވެ. އެ ގޮތުން ދަރިފުޅަށް ޒިނޭކުރާ މީހާއޭ ކިޔަން ބަޔަކު އުޅެފިއެވެ. އަދި ޖަނަވާރު ގުއިގަނޑޭ ވެސް ކިޔަން އުޅެފިއެވެ. ދެންވެސް ޔަހޫދީންގެ އަޅުކަމުގައި ބޭނުންކުރާ ލަފްޒުތައް ނަމަކަށް ދޭން އުޅެފިއެވެ. އަދި ހިންދީ ކަލާނގެތަކަށް ކިޔާ ނަންތައް ވެސް ދީފައި އެބަހުއްޓެވެ. މިއީ ކޮންފަދަ ކަމެއްހެއްޔެވެ؟ މިއަށް ވުރެ ހިމާރު ކިޔަސް ފިރްއައުނު ކިޔަސް މާ ތާހިރުވީހެވެ. މިހެން ފަރުވާކުޑަކޮށް ބަލާނުލެވި ހުއްޓާ، އެހެން މީހުން ހަދާހާ ގޮތަށް ހަދައިގެން، އައިސް ގޮސް އުޅޭ ޓްރެންޑަކަށް ފޮލޯކުރަން ހަދައިގެން، ދަރިފުޅަށް ހަމަނުޖެހޭ ސަކަރާތް ނަމެއް ދީގެން އާޚިރުގައި ޒިންމާ ނަގަން ޖެހޭނީ ހަމަ މައިންބަފައިންނެވެ. އެހެންވީމާ މި ކަންކަމަށް ސަމާލުވެ، އަހައްމިއްޔަތުކަން ދިނުންހުއްޓެވެ.