اسم الكتاب: معجم عربي مالديفي (عربي - إنجليزي - الديفهي) - لأحمد فهمي دیدي

ފޮތުގެ ނަން: ޢަރަބި ދިވެހި ރަދީފު (އަރަބި - އިނގިރޭސި - ދިވެހި) | ލިޔުނީ: އަޙްމަދު ފަހްމީ ދީދީ

ދިވެހި ބަހުގައި ހިމެނޭ 600 އަށް ވުރެ ގިނަ ޢަރަބި ބަސް

ދިވެހި ޝަރަޙަ އާއި އިނގިރޭސި ތަރުޖަމާ

ދިވެހި ފޮތުގެ ޕީޑީއެފް


بسم الله الرحمن الرحيم

ފެށުން

الحمد لله الذي علم بالقلم، والصلاة والسلام على محمد النبي الامي وعلى أله وصحبه أجمعين.

އާދެ! ޢަރަބި ބަހަކީ، ދިވެހި ބަހުގެ ތެރޭގައި ގިނަ ޢަދަދަކަށް، އެކުވެ މަސްހުނިވެފައިވާ ބަހެ ކެވެ. މިހެން މި ކަން ވާން ޖެހުނު އެއް ސަބަބެއް ކަމުގައި ވިސްނެނީ، ދިވެހިންނަކީ، މުސްލިމުންނަށް ވުމުގެ ސަބަބުން އިސްލާމް ދީނުގެ ޝަރީޢަތް އުނގެނި ދަސްކުރުމަކީ، އެ މީހުންނަށް ވާޖިބަކަށް ވީ ކަމެވެ. އޮޅުމެއް ނުވާނޭ ފަދައިން މި ދެންނެވި އިސްލާމީ ޝަރީޢަތް ދިވެހީންނާ ހަމައަށް އައިސްފައި ވަނީ ޢަރަބި ބަހުންނެވެ. އަދި އެ ދީން ބާވައިލެއްވީ ވެސް ޢަރަބި ބަހުންނެވެ. އެހެން ކަމުން ދީނީ ވާޖިބުތަކާއި މަޢުލޫމާތާ ބެހޭ ވަރަށް ގިނަ ބަސްބަހާއި އެ ނޫން ވެސް ބަސްބަސް ދިވެހި ބަހުގައި ޢަރަބި ބަހުން ލިޔެކިޔައި އުޅޭތާ އެތައް ސަތޭކަ އަހަރެއް ވެއްޖެ އެވެ. އެހެން ކަމުން ދިވެހި ބަހުގައި ހިމެނޭ ޢަރަބި ބަސްބަހަކީ ކޮންމެ ދިވެއްސަކަށް ވެސް އެނގެން ބޭނުން އެއްޗަކަސް ވަނީ ވެފަ އެވެ. ދިވެހިންނަކަށް މިއާ ވަކިވެވޭކަށެއް ވެސް ނުމެ ނެތްމެ އެވެ. އޭރުން އެ ކަން ވާނީ ދިވެހި އަދަބިއްޔާތަށް ލިބޭ ވަރަށް ބޮޑު އުނި ކަމަކަށެވެ.

ޢަރަބި ބަހަކީ ދިވެހި ބަހަށް މާ ބީރައްޓެހި ބަހެއް ވެސް ނޫނެވެ. އާދެ ދިވެހި ބަހަކީ ވެސް ކަނާތުން ވާތަށް ލިޔެވޭ ބަހެކެވެ. ޢަރަބި ބަހަކީ ވެސް ކަނާތުން ވާތަށް ލިޔެވޭ سامى Semitic ބަހެކެވެ. އެހެން ކަމުން ލިޔުމުގައި މާ ބޮޑު ދަތިތަކަކާ ކުރިމަތިލާކަށް ވެސް ނުޖެހެ އެވެ.

ދިވެހި ބަހުގެ ތެރޭގައި ހައެއްކަ އަށެއްކަ ސަތޭކަ ޢަރަބި ބަސް ބޭނުންކުރެވެމުން ދިޔަ ކަމުގައި ވިޔަސް އެ ބަސްބަސް ބޭނުން ކުރަންވާ މަޤާމުގައި ރަނގަޅަށް ބޭނުން ކުރާކަށް އެންމެންނަކަށް ނޭނގެ އެވެ. شائع ބޭނުން ކުރަންވީ ތަނުގައި شاعر އަދި اعتراف އަށް اعتراض އަދި اعتراض ބޭނުންކުރަންވީ ތަނުގައި اعتراف ބޭނުންކުރެވޭ ތަން ވެސް އާދެ އެވެ. اجماع އަދި جماع ވެސް އޮޅޭ ގޮތް ދިމާވެ އެވެ. ބައެއް ޢަރަބި ނޫން ބަސްބަސް ޢަރަބި އަކުރުން ލިޔެ ޗާޕުކޮށްފައި ހުއްޓައި ވެސް ފެނިފައި އެބަހުއްޓެވެ. މިސާލަކަށް نماد، خرد މި ދެ ބަހަކީ ޙަޤީޤަތުގައި ފާރިސީ ދެ ބަހެވެ. އެއީ نماز އާއި خرج އެވެ. އެހެންކަމުން މި ފަދަ ފޮތެއް ނެރުމަކީ އިންތިހާ ދަރަޖަ އަށް ބޭނުންޖެހިފައިވާ ކަމެކެވެ. ޚާއްޞަ ގޮތެއްގައި މި ފޮތް އަމާޒު ކުރެވެނީ މިއަދުގެ ދިވެހި ކިޔަވާ ކުދިންނަށެވެ. އެހެން ކަމުން މި ފޮތުގައި ހިމަނާލައިފައިވާ ޢަރަބި ބަސްބަހުގެ މާނަ އިނގިރޭސި ބަހުން ވެސް ލިޔެފައި ވާނެ އެވެ. އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރާ އިރު ބޭނުންކުރާނެ އެކަށީގެންވާ ބަސް ލިބުމަކީ ވެސް ބައެއް ފަހަރު ކިޔަވާ ކުދިންނަށް ދަތިވެގެން ޝަކުވާ ކުރާ ކަމެކެވެ. އެ ކަމަށް ވެސް އަޅުގަނޑުގެ މި ކުޑަކުޑަ ފޮތުން ވަގުތީ ޙައްލެއް ނަމަވެސް ލިބޭނެ ކަމުގައި އުންމީދު ކުރަމެވެ.

17 رجب 1414هـ

30 ޑިސެމްބަރު 1993މ

މުޞައްނިފު

أحمد فهمي ديدي


[ފޮތް]

ނޯޓު:

މި ފޮތް އެކުލަވައިލުމުގައި الف باء ގެ ތަރުތީބު ނުވަތަ ބަސްފޮތްތަކުގައި ބަސްތައް އަތުރައިފައި ހުންނަ ތަރުތީބަށް ބަލައިފައެއް ނުވާނެ އެވެ. ސަބަބަކީ އެ ތަރުތީބުން ފައިދާ ކުރާނީ ޢިލްމުވެރިންނަށް ކަމުގައި ވެފައި، މި ފޮތް އަމާޒުކުރަން ގަސްތުކުރާ ފަރާތްތަކަކީ ޢަރަބި ބަހުގެ އަހުލުވެރިން ކަމުގައި ނުވާ ދިވެހީން ކަމުގައި ވުމެވެ. މި ފޮތަކީ ވަރަށް ކުރު ފޮތަކަށް ވުމާ އެކު މި ފޮތުގައި ލިޔެފައިވާ ޢަރަބި ބަސްތަކުގެ ހުރިހައި މާނައެއް ލިޔެފައެއް ނުވާނެ އެވެ. އެހެން ނަމަވެސް ދިވެހި ބަހުގައި އެ ބަސްތައް ބޭނުން ކުރާ ގޮތާއި މާނަ، ދިވެހި ޝަރަހައިގައި ލިޔެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައި ވާނެ އެވެ. އެ ފަދަ މާނައެއް ދޫކޮށްލެފިފައި ވާ ނަމަ އެ ކަމަށް ނިހާޔަތަށް މަޢާފަށް އެދެމެވެ.


Technical notes regarding the database text

Letter sections are as follows (10 of them):

  • الألف
  • الجيم
  • الشين
  • القاف
  • الكاف
  • الميم
  • النون
  • الواو
  • الهاء
  • الياء

There seems to be a total of 672 entries for this dictionary, excluding just the headings of individual letters above.