ސޫރަތް:
1
އާޔަތް:
1
ޖުޒް:
1

اسم الكتاب: ترجمة القرآن الكريم - حديث أم وي

Name of the Book: Translation of the Noble Quran - Hadithmv - Dhivehi

ފޮތުގެ ނަން: ކީރިތި ގުރްއާނުގެ ތަރުޖަމާ - ޙަދީޘްއެމްވީ


تنبيه عن ترجمة القرآن - ގުރްއާން ތަރުޖަމާއާ ބެހޭ ނޯޓެއް

މި ތަރުޖަމާއަކީ އަހްލުއް ސުންނާ ވަލް ޖަމާޢަތުގެ އަގީދާއާއި ސަލަފުންގެ މަންހަޖާ އެއްގޮތަށް ޚާއްސަ ކުރެވިފައިވާ ތަރުޖަމާއެކެވެ. އަދި ބިދުޢަތަކާއި ޚުރާފާތްތަކާއި ސަލަފުންނާ ޚިލާފުވާ އެންމެހާ ފިރުގާތަކުން އެއްކިބާވެގެންވާ ތަރުޖަމާއެކެވެ. މި ތަރުޖަމާ ނެރެން ޖެހުނު މައިގަނޑު ސަބަބަކީ، މީގެ ކުރިން ވެބްސައިޓުތަކާއި އެޕްލިކޭޝަންތަކުން ލިބެން ހުރި ހަމައެކަނި ދިވެހި ގުރްއާން ތަރުޖަމާގައި، ސުންނަތް ޖަމާއަތާ ޚިލާފު އަގީދާއެއް ކަމަށްވާ އަޝްޢަރީ ފިކުރާ އެއްގޮތަށް، ﷲ ގެ ސިފަފުޅުތަކުގެ މާނަ ބަދަލުކޮށްފައި ވާތީއެވެ. ދެން އެ މައްސަލައަށް ހައްލެއް ނުލިބި އެތަކެއް އަހަރުތަކެއްވީ ފަހުން، މިހާރު މި ތަރުޖަމާގައި އެ ކަންތައް މި ދަނީ إِن شَاءَ اللَّهُ ހައްލު ކުރަމުންނެވެ. އޭގެ އިތުރުން ދިވެހިންނަށް ކިޔަން ފަސޭހަ ކުރުމަށް ޓަކައި، އަރަބި ލަފްޒުތައް ތާނަކޮށް، ބަހުގެ އެހެނިހެން އިސްލާހުތައް ވެސް މި ދަނީ ކުރަމުންނެވެ. وَلِلَّهِ الحَمدُ.

ނައްސުތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމުގައި، ބައެއް ދިވެހިންނަށް އެކިކަހަލަ އުނދަގުލާ ކުރިމަތިލާން ޖެހެއެވެ. މި މައްސަލަ ދީނީ ލިޔުންތަކުގައި އާންމުވެގެން ވެއެވެ. އަދި ސިފަފުޅުތަކުގައި ޚާއްސަވެގެން ވެއެވެ. އެއީ ބަހުގެ މުއްސަނދިކަމާއި، މާތްކުރުމާއި ދަރަޖަ ކުރުމާ ގުޅުން ހުރި ކަންކަމެވެ. އޭގެ ސަބަބުން ނައްސުތައް މާނަ ކުރުމާއި، އަގީދާ ކިޔައިދިނުމުގައި ނޭދެވޭ އަސަރުތަކެއް ވަނީ ކޮށްފައެވެ.

ބައެއް ފަރާތްތަކަށް، ބަހެއްގެ މާނަ ދަރަޖައާ ނުގުޅޭ ކަމަށް ހީވާ ނަމަ، އޭގެ މާނަ ބަދަލުކޮށް ތައުވީލު އެބަ ކުރެއެވެ. އެ ފަރާތްތައް ބުނާ ގޮތުގައި، އަތްޕުޅު އެއީ ގުދުރަތެވެ. ވަޑައިގަތުން އެއީ ހާޒިރުވެވޮޑިގަތުން ނުވަތަ އަމުރުފުޅު އައުމެވެ. ވަޖްހުފުޅު އެއީ ޒާތުފުޅު ނުވަތަ ވޮޑިގެންވުމެވެ. ކަށިމަތިފުޅު ފާޅުކުރެއްވުން އެއީ ކަންތައްބޮޑުވުމެވެ. ނަފްސުފުޅު އެއީ އިރާދަފުޅެވެ. ސީދާ ވާހަކަފުޅުން ވާހަކަފުޅުދެއްކެވުން އެއީ މެދުވެރިއެއް ނެތި ވަހީ ބާވައިލެއްވުމެވެ. އަރަހުށިވެ އެންމެ މަތީގައި ވޮޑިގެންވުން އެއީ ގަދަރާއި މާތްކަން މަތިވެރިވުމެވެ. ކޯފާވެވޮޑިގަތުން އެއީ އަޒާބު ފޮނުއްވުމެވެ. އިލްމުފުޅާއި އެހީއައިގެން އަޅުންނާއެކީ ވުން އެއީ އެތާ އަދި ހުރިހާތާކުވެސް ވޮޑިގެންވެ ވުޖޫދުގައިވުމެވެ. އަދި ގިޔާމަތް ދުވަހު ﷲ އަޅުންނަށް ނުބެއްލެވުމާއި ވާހަކަފުޅު ނުދެއްކެވުން އެއީ ރަހުމަތުގެ ބެއްލެވުމާއި ރަހުމަތުގެ ބަސް ވަހީ ނުކުރެއްވުމެވެ. އަދި ﷲ ޝުކުރުވެރިވުން އެއީ ޝުކުރު ގަބޫލުކުރުމެވެ.

އަދި އަނެއްބައި ފަހަރު، ބަހެއްގެ މާނަ ބުނެދޭން އުނދަގޫކަމަށް ހީވާ ނަމަ، އަރަބި ލަފްޒު އިން ގޮތަށް ގެނެސް، މާނަ ނޭނގޭނެ ކަމަށް ބުނެ ތަފްވީޟު އެބަ ކުރެއެވެ. މިސާލަކަށް ތަޖައްލީވެވޮޑިގަތުމާއި އިސްތިވާވެވޮޑިގަތުމެވެ. ކިޔުންތެރިޔާއަށް އެއްޗެއް ދޭހަ ނުވިޔަސް، ހަމައެކަނި އަރަބި ބަސް ލިޔެލާފައި އެބަ ފުއްދާލައެވެ. ދަންނާށެވެ. ތަޖައްލީވެވޮޑިގަތުމުގެ މާނައަކީ ފާޅުވެވޮޑިގަތުމެވެ. އަދި އިސްތަވާގެ މާނަތަކުގެ ތެރޭގައި މަތީގައިވޮޑިގަތުމާއި، އަރައިވޮޑިގަތުމާއި، އިށީނދެވޮޑިގަތުމާއި، އިސްތިގްރާރުވެވޮޑީގަތުން ހިމެނެއެވެ. ﷲ އިސްތަވާވެ އަރައިވޮޑިގެންވާނީ އެ އިލާހުގެ މާތްކަމާއި މަތިވެރިކަމާ އެކަށީގެންވާ ގޮތަކަށެވެ. އެ ގޮތެއް އަހަރުމެންނަކަށް ނޭނގޭނެވެ. އެ ގޮތަކީ ކޮބައިތޯ ސުވާލެއްވެސް ނުކުރެވޭނެއެވެ. ނަމަވެސް ބަހުގެ މާނަ އެބަ އެނގެއެވެ. އަދި ހަގީގަތުގައިވެސް ﷲ އިސްތަވާވެ އަރައިވޮޑިގެންވާކަމަށް އީމާން ވުމަކީ ވާޖިބެކެވެ. ބައެއް މީހުންނަށް މިހެން ބުނެވުނީމާ ވަރަށް އުނދަގޫވާ ގޮތް ވެއެވެ. ނަމަވެސް އޭގެ އިދިކޮޅު ކަމގުގައިވާ ފައިބާވޮޑިގަތުމޭ ބުނީމާ އެހާ އުނދަގުލެއް ނުވެއެވެ. މިއީ ކިހިނެއް ކޮން އުސޫލަކުން ވާކަމެއްތޯއެވެ. އަދި ބައެއް މީހުން ބުނެއެވެ. ފައިބައިވޮޑިގަތުމަކީ ދެން މިހާރުގެ މީހުން ކިޔައިގެން އުޅޭ އެއްޗެކެވެ. ރަނގަޅު ގޮތަކީ، އަދި އަހަރުމެން ދަންނަ ގޮތަކީ ތަޖައްލީވެވޮޑިގަތުމެވެ. އެކަމަކު ރަނގަޅު ގޮތާއި އަގީދާ ނޭނގުނު މީހުންނަކަށް ތަޖައްލީއަކީ ފާޅުވުންކަމެއް، ނޭނގުނެވެ. އެއީ ފޭބުމެއް ނޫނެވެ. މާތްކުރަން ހަދައިގެން މުޅި މާނަ ބަދަލުވެ ތައުވީލަށް ވެއްޓުނީއެވެ.

މި ބަޔާންކޮށްދިނީ ކޮންމެ ޒަމާނެއްގައި، ކޮންމެ މީހަކު ލިޔުނަސް، އެއްވެސް ތަރުޖަމާއެއް ނުވަތަ ތަފްސީރެއް މީގެ ކުރިންވެސް އަދި ފަހުންވެސް ފެނިއްޖެ ނަމަ، އޭގައި ހުރީ ސުންނަތް ޖަމާޢަތުގެ އަގީދާތޯ ނޫވަތަ އެއާ ޚިލާފު ބައިގަނޑެއްގެ ފިކުރެއްތޯ ދެނެގަނެވޭނެ ގޮތެވެ. އެހެންކަމުން މި މައްސަލައަށް ސަމާލުވެ ހުށިޔާރުވުން ހުއްޓެވެ. ގުރްއާނުގެ ތަރުޖަމާގެ އިތުރުން، ޙަދީޘާއި އެ ނޫންވެސް ދީނީ ލިޔުންތަކުގައި މި ކަންކަން ރަނގަޅަށް ބަލަންޖެހޭނެއެވެ.

ބައެއް މީހުންނަށް، ކުރިން މި ދެންނެވި ތައުވީލުތަކާއި ތަފްވީޟުތައް ކޮށްގެން ނޫން ގޮތަކަށް ތަރުޖަމާ ކުރެވޭ ކަމަކަށް ނުވެއެވެ. އަގީދާއާ ޚިލާފުވިޔަސް ވަރިހަމައެވެ. އެހެން ނޫނީ އެ މާނަ ކުރި ބަހެއްގައި އާންމުން އަޅައިގަނެ، ބީރައްޓެހިކަން އިހުސާސްވެ، ކިޔަން ބުރަވެ، އަޑުއަހަން އުނދަގޫވެ، އެ ބުނެވެނީ ފާފަވެރި އެއްޗެއް ކަމަށް ހީވާ ހިސާބަށް އެބަ ދެއެވެ.

އެންމެ ފަހުން އާޚިރުގައި، އިހަކަށް ދުވަހު އުޅުނު ކާބަފައިން ކަންކަން ކުރަމުން އައި ގޮތް، ނުވަތަ ދީނީ ކަންކަމުގައި ބަލައިގަނެވޭ ފަހުގެ ބަޔަކު ބުނި ގޮތަށް ވުރެ ރަނގަޅު ގޮތެއް އެ މީހަކަށް ނުފެނުނީމާ، އެންމެންވެސް ކަން ކުރަމުން އައި ގޮތާއެކު ކުރިއަށް ދިޔުން ނޫން ހައްލެއް ފެންނަ ކަމުގައެއް ނުވިއެވެ.

އެބައިމީހުންގެ ހުރިހާވެސް އުޒުރަކީ ޒަމާނާއި، އެހެންމީހުން ކަންކުރި ގޮތަށް ކަންކުރަން ޖެހުމާއި، މާތްކުރަން ހަދައިގެން އެ ކަމަށް ނުކުޅެދުންތެރިވުމާއި، ތިމާމީހާއަށް އަޑު އަހަން އުނދަގޫވުމެވެ. އެ ކަންތައް ’ހުއްޖަތެއް‘ ގެ ގޮތުގައި ނަގައި، އޭގެ މައްޗަށް މުހިއްމު ދީނީ ނައްސުތަށް އެ މީހުންނަށް މާނަ ކުރެވެން ހުރި އެންމެ ފަސޭހަ ގޮތަކަށް މާނަކޮށް ނުވަތަ މާނަ ނުކޮށް ވިޔަސްވެސް ނިންމާލައެވެ. މާނަ ސައްހަވުމެއް އަދި އަގީދާ ރަނގަޅުވުމެއް އެހާ އިސްކަމެއް ނުދެވެއެވެ. ތަސައްވަރު އޮޅިފައިވާ ހިސާބަކީ މިއީއެވެ. ދިވެހި ބަހުން ފިއްޔެއް ނުވަތަ ތިއްކެއް ނުބައިވެއްޖެއްޔާ އެ ކަންތައް ނަގާ ވަރަށް ބޮޑުކޮށްލެވެއެވެ. އަދި އެ އިސްލާހު ކުރަން ވެސް ވަރަށް އަވަސްވެގަނެވެއެވެ. ނަމަވެސް ހެއްދެވި ފަރާތުގެ ސިފަފުޅުތަކާ ބެހޭ ގޮތުން ލިޔާއިރު، އެ އަހައްމިޔަތާއި ރަނގަޅުކުރުމުގެ ބައެއް ނޯވެއެވެ. ބަޔަކު ވާހަކަ ދައްކާ އުޅޭ ބަހެއްގައި ހަދާފައިވާ ދަރަޖަތަކާއި ގަދަރުކުރުންތަކަށް ރިއާޔަތް ނުކުރެވެންޏާ، ބައެއް މީހުންގެ ކަންފަތައް ވަރަށް ފާފަވެރި އެއްޗެއް އިވިގެން އުޅޭހެން ހީވެއެވެ. ނަމަވެސް އެ ބަޔަކާއި، އެ ބަޔެއްގެ ބަހާއި، މުޅި ކާއިނާތުގެ ވެރި ރައްބު، އެ އިލާހުގެ އަމިއްލަ ނަފްސުފުޅަށް ސާބިތު ކުރައްވާފައިވާ ސިފަފުޅުތައް އޮޅުވާލާ ނަފީ ކުރުން މައްސަލައަކަށް ނުވެއެވެ. مَا قَدَرُوا اللَّهَ حَقَّ قَدْرِهِ.

ބަހަށް ރިއާޔަތް ކުރުން އެއީ ނެތް ކަމެއް ނޫނެވެ. ނަމަވެސް އޭގައި ހިފިހިފީނުން ގޮސް ދީނަށް ރިއާޔަތް ކުރަން ޖެހޭ ހައްގު މިންވަރަށް ރިއާޔަތް ނުކުރެވެންޏާ އެއީ މައްސަލައެކެވެ. އެހެނީ ތައުވީލާއި ތަފްވީޟާ ދުރުވެ، ވީވަރަކުން ރަނގަޅު މާނައާ ގާތް ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ. އެކަމަކު މާތް ކުރާނެ ގޮތެއް ނޭނގިގެން، މާނަ ފެހޮލައި ނޫނީ ބަދަލުކޮށްގެން ނުވާނެއެވެ. ހިތާމައަކީ ބަޔަކަށް ނޭނގި ނަމަވެސް، ސައްހަ އަގީދާގެ މައްޗަށް ބުއްދިއާއި އިހްސާސްތައް އިސްކުރެވޭ ކަމެވެ. އޭގެ މިސާލެއް: އޭ ﷲ، އޭ އައްރަޙްމާން، މިފަދައިން ބުނެވިގެން ނުވާނެ ކަމަށް އެއްބަޔަކު ދައުވާ ކުރެއެވެ. ސަބަބެއް ކަމުގައި ބުނަނީ، އެއީ ވަރަށް ހުތުރު، އަދަބުކުޑަ ގޮތެއް ކަމުގައި ވާތީއެވެ. އަދި އެއަށް ބާރުދިނުމުގެ ގޮތުން އަމިއްލަ ބުއްދީން ނެރޭ ހުއްޖަތަކީ، މަންމައާއި ބައްޕައަށް ވެސް ނަމުން ގޮވުމަކީ ވިޔާނުދާ ހަޑިކަމެއް ކަމުގައި ވުމެވެ. އަދި މީގެ އިތުރަށް، ‍ދުއާ ކުރަން ނުހަނު ރީތި ގޮތްތައް ދިވެހީންގެ ތެރޭ އިހު ޒަމާނުއްސުރެ ގެންގުޅޭކަމަށް ބުނެއެވެ. އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މިއެވެ. ކިހާ ފަސޭހަހެއްޔެވެ. ކިހާ ހިތްގައިމުހެއްޔެވެ. ހުރިހާވެސް މައްސަލައަކީ މިހާރު މި ދީން ކިޔަވައިގެން އައިސް އުޅޭ މީހުންނަށް ދިވެހި ބަސް ނޭނގުމެވެ. ބޮޑު މުސީބާތެކެވެ. އަނެއްކާ އެއް އަތުން މި ގުނައިލެވޭ މި ހުރިހާ ބައިވަރު ގިނަގުނަ އެތައްއެތައް ގުރްއާނުގެ ތަރުޖަމާތަކުގައި ވެސް ހުރީ ހަމަ އެއްގޮތަކަށެވެ. އޭގައި ވާއެއްޗެއް ނުބައިވާނެ ހަމަ އެއްގޮތެއްވެސް ނޯންނާނެއެވެ. އޭގައި ނެތް އެއްޗެއް އަސްލު އަރަބި ބޮޑު ތަފްސީރު ފޮތެއްގައިވެސް ހުންނަން ލާހިކެއްނޫނެވެ. އަދި ހުރި ނަމަ އަވަހަށް އެ އަރަބި ތަފްސީރެއް ބަހައްޓާފައި، އެހެން ތަފްސީރެއް ބަލާނީއެވެ. ދިވެހި މުސްކުޅި ތަރުޖަމާއާ އެއްގޮތް އެއްޗެއް ފެންނަންދެނެވެ. މިއޮއްހާ ޒަމާނު ވަންދެން ވަކި ގޮތަކަށް ކިޔަމުން އައި ފުންނާބު އުސް މައުސޫމު ދަންނަ ބޭކަލުންނަށް ވުރެ، ބޮޑަށް، މިހާރުގެ ކުދި ރޯނުއެދުރުންނަށް ވަކި އެއްޗެއް އެނގޭނެހެއްޔެވެ؟ ޝައްކެއްވެސް ނެތެއް ނޫންހެއްޔެވެ. ނަމަވެސް ބަހާއި ސަގާފަތަށް މި އިސްކަންދިން، އަދި ﷲ އަށް އިހްތިރާމްކުރެވުނު ކަމަށް ހީކުރެވުނު މީހުންނަކަށް އަގީދާއެއް ނޭނގުނެވެ. އެހެނީ ﷲ އެންގެވީ އެންމެ ރިވެތިވެގެންވާ އިސްމުފުޅުތަކުން އެ އިލާހަށް ދެންނެވުމަށެވެ. ﷲ، އައްރަޙްމާން، މި އިސްމުފުޅުތައް ކަނޑައެޅިގެން ބޭނުން ކުރުމަށެވެ. ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮއަކީ އިސްމުފުޅެއް ނޫނެވެ. އަދި ރަޙްމާންވަންތަ ރަސްކަލާނގެއަކީވެސް އިސްމުފުޅެއް ނޫނެވެ. އަދި ރަސްކަލާނގެ ބަދަލުގައި އިލާހޭ ޖެހިޔަސް އެއީ އައްރަޙްމާނުގެ އިސްމުފުޅު ކަމުގައި ނުވާނެއެވެ. އަދި އިލާހަކީ އިސްމުފުޅެކޭ ބުންޔަސް، މިތާ ދިވެހިން އެ ބޭނުން ކުރެވެނީ އިސްމުފުޅެއްގެ ގޮތުގައެއް ނޫނެވެ. ސަބަބަކީ އެ އިޝާރާތް ކުރަން އުޅޭ އަސްލު އިސްމުފުޅަކީ އަލްއިލާހެވެ. ނަމަވެސް މިތާ މި ބޭނުން ކުރެވެނީ ޟަމީރެއް ގޮތަށެވެ. ވަކި ފަރާތަކަށް އިޝާރަތް ކުރާ ބަހެއްގެ ގޮތުގައެވެ. އިލާހޭ އެ ބުނާ އަސްލު އިސްމުފުޅު ލިޔަން އުޅެފިޔާ މިކަންވެސް ސާފުވެގެން ދާނެއެވެ. އެ އަލްއިލާހޭ، މިފަދައިން ލިޔަން އެއްބަހެއް ނުވާނެއެވެ. ނަމަވެސް އަބޫ ޖަހުލު އޭނާގެ ބުދު ލާތަށް، އެ އިލާހޭ، ބުނެފިޔާ އެހެން ލިޔަން އެއްބަސްވާނެއެވެ. ދެ ތާވެސް އިސްމުފުޅަކަށް ނުވެ، ޟަމީރަކަށް ވާތީއެވެ. ހަމައެފަދައިން، ނަމާދުގެ ރަކުއަތެއްގައި ރަޙްމާން ސޫރަތުގެ ފުރަތަމަ އާޔަތް، الرحمن ގެ ބަދަލުގައި، ރަޙްމާންވަންތަ އޭ ކިޔައިފި ނަމަ ސައްހަވާނެހެއްޔެވެ. ނުވާނެއް ނޫންހެއްޔެވެ. ސަބަބަކީ ހަމަ އެއް ސަބަބެކެވެ. ކިޔަން ޖެހޭ ގޮތަށް ނުކީމައެވެ. އަނެއް ކަމަކަށް، ﷲ އަށް ދެންނެވުން އެ ވައްތަރުކުރެވުނީ މަންމައާއި ބައްޕައާ ގޮވާލުމާއެވެ. މާތްކުރަން ހަދައިގެން މަޚްލޫގުންނާ ތަޝްބީހަ ކުރުމަށް ވެއްޓުނީއެވެ. އަދި ބައެއް މީހުން ހަމަ އެއްގޮތަކަށްވެސް އައްރަޙްމާން ފަދަ އިސްމުފުޅުތައް ލިޔަންވެސް ކިޔަންވެސް މުޅިން ދެކޮޅުހަދާ ކަމަށް ފާހަގަ ކުރެވެއެވެ. އެއީ އާދަކާދައިގައި ނެތީމަ ކަމަށެވެ. އަދި އައްރަޙްމާން އޭ ބުންޔަސް ނޭނގޭތީ، ނުދަންނާތީ ކަމަށެވެ. ނިކަން އާދަކާދަޔާ ހުރެ، އަދި ނޭނގޭތީ ކަމަށް ބުނެ، އައްރަޙްމާން ނުލިޔާން ނުކިޔާން އުޅުނު މީހުންނާމެދު ތަފްސީރު ފޮތްތަކުގައި އައިސްފައިވާ ބަސްތައް ބަލާލުން ކިހިނެއްހެއްޔެއެވެ. އަޖައިބުވެދާނެއެވެ. ހަގީގީ ބޭއިހްތިރާމާއި މުސީބާތާއި، އެ އިލާހުގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އިލްހާދުކުރުމަކީ، ﷲ އެންގެވި ގޮތަށް އެ އިލާހުގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ގާއިމު ނުކުރުމެވެ. އެކަން ކުރަން ޖެހޭ ގޮތަށް ކުރަން އިންކާރުކޮށް ދެކޮޅުހެދުމެވެ. އެއަށްވުރެ ބޮޑު އަދަބުކުޑަކަމެއް ނޯންނާނެއެވެ. އެހެން ހުރިހާ ނަމެއް ރަނގަޅަށް އިން ގޮތަަށް އެބަ ކިޔެއެވެ. ޒައިދެވެ. ޒައިދުވަންތަ މީހާއެއް ނޫނެވެ. ޢަބްދުއްރަޙްމާނެވެ. ރަޙްމާންވަންތަ ކަލާނގެ އަޅާއެއް ނޫނެވެ. ނުވިތާކު ލާތާއި ޢުއްޒާއޭ ވެސް އެބަ ކިޔެއެވެ. ލާތުވަންތަ ޢުއްޒާވަންތަ ބުދެކޭ ނުކިޔައެވެ. މުޝްރިކުންގެ ނަޖިސް ބުދުތަކަށް އޭގެ އަސްލު ނަންތައް ދެވޭއިރު، ހެއްދެވި ފަރާތުގެ އަސްލު އިސްމުފުޅުތައް ބޭނުންކޮށްގެން ނުވެއެވެ. އެންމެ ރިވެތިވެގެންވާ އިސްމުފުޅުތަކަށް އީމާންވެ، އެ ބޭނުންކުރަން އަންގަވާފައިވާ ގޮތަށް ބޭނުންކުރުމަކީ މީހެއްޔެވެ. އޭގެ މުޅިން އިދިކޮޅެއް ނޫންހެއްޔެވެ. އަދި ބައެއް މީހުންނަށް އެންމެ ރިވެތީގެ ބަދަލުގައި ލިޔަން ޖެހޭނީ އެންމެހައި އެވެ. އެ ވެސް މުޅީން ތަފާތު ދެ މާނައެކެވެ. ރިވެހި ނަންތައް އެހެން މީހުންނަށް ވެސް ކިޔައެވެ. އެކަމު އެންމެ ރިވެތި ނަންތައް ވަނީ ﷲ އަށެވެ. މި ކަމަށް އީމާންވަމޭ ދުލުން ބުނުމަށް ފަހު މި ބުނަނީ އައްރަޙްމާން އިން ގޮތަށް ލިޔަން ތިމަންނައަށް ވަރަށް ހަޑިއެވެ. އެއްގޮތަކަށްވެސް ރީއްޗެއް ނޫނެވެ. އަސްލު ނަން ކަނޑާލާފައި މާނަ އެކަނި ގެންނާށެވެ. އަނެއްކާ މިއީ އިސްތަވާވެޑިގަތުމާއި ތަޖައްލީވެވޮޑިގަތުމުގެ މައްސަލައިގެ މުޅިން އިދިކޮޅެވެ. ﷲ ގެ އިސްމުފުޅުތަކުގައި ލަފްޒު ނުގެނެސް، މާނަ އެކަނި ގެނެވެއެވެ. އެކަމަކު އެ އިލާހުގެ ސިފަފުޅުތަކުގައި ލަފްޒު އެކަނި ގެނެސް، މާނަ ނުގެނެވެއެވެ. ވަރަށް ދެރައެވެ. އިސްމުފުޅުގެ ލަފްޒު ގެނެސް، ސިފަފުޅުގެ މާނަ ގެނައިނަމަ މައްސަލަ ނުޖެހުނީހެވެ. އަދި އެ ދެބައިގައި ލަފްޒާއި މާނަ އެއްކޮށް ގެނައިނަމަވެސް މައްސަލަ ނުޖެހުނީހެވެ.

ދަންނާށެވެ. ބުއްދި ފައްތަން ޖެހޭނީ ދީނަށެވެ. ފަސޭހަކަމާއި ބޯލަނބައި ކިޔަމަންވުމާއެކީގައެވެ. ދީން ބުއްދިއަށް ގަދަކަމުން ފައްތައިގެން ނުވާނެއެވެ. މާތްކޮށް މަތިވެރިކުރުން ވަނީ ނައްސުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ހެއްދެވި ފަރާތުން އެންގެވި ގޮތަށް ހަގީގަތަށް ގަދަރުކުރުމުގެ ބަދަލުގައި، އަމިއްލައަށް ހަދައިގެން އުޅޭ ގަދަރުކުރާހެން ހީވާ ހީވުން އިސްކުރެވޭ ނަމަ، އެއީ އަސްލު ގަދަރުކުރުން ކަމުގައެއް ނުވާނެއެވެ. އެ ކުރަންޖެހޭ ގަދަރެއް ނުކޮށް މީހުންނަށް ފެންނަހާ ގޮތަކަށް، ކުރެވޭ އިހުސާސްތަކަށް ބަސް ބުނާނަމަ، އެ ހިސާބުން ސާބިތުކޮށް އައިސްފައިވާ ސިފަފުޅުތައް ނަފީ ކުރުން ނުވަތަ އޭގެ މާނަ އޮޅުވާލުން ވަރަށް ފަސޭހަ ކަމަކަށް ވެގެންދާނެއެވެ. އަދި މިއީ ހަމަ ޖަހްމު ބިން ޞަފްވާން ކުރި ކަންތައް ނޫނީ ދެން ފަހެ ކޮން ކަމެއްހެއްޔެވެ. ނުސީދާކޮށް ނަމަވެސް އެ ދެވެނީ ’އުޑުގައި ރައްބެއް ނުވެއޭ‘ ނުވަތަ ’ސިފައެއް ނުވާ ރައްބެކޭ‘ މި ބަހާ ދިމާލަށެވެ. އަދި ސިފައެއް ނުވުމަކީ ވުޖޫދުގައި ނުވުން ކަމުގައި މެނުވީ ނުވެއެވެ. وَاللَّهُ المُستَعَانُ وَعَلَيهِ التُّكلَانُ.


ސާޗްކުރުމަށް ފަހު އެ އާޔަތެއް ހުރި ތަނަށް ދިޔުމަށް، ދައްކާ ނަތީޖާގައި ދެ ފަހަރު ފިތާލާ.

އެހެން ތަރުޖަމާއަކަށް ބަދަލުކުރުމަށް، މެނިއޫއަށް ގޮސް އެހެން ތަރުޖަމާއެއް ޚިޔާރުކުރޭ. ހަމަ ކުރިންވެސް ކިޔަން ހުރި އާޔަތަށް ދެވޭނެ.

ފޯނުގައި ކުރީ ނުވަތަ ފަހަތް އާޔަތަށް ދިޔުމަށް، ކަނާތާއި ވާތަށް ސްވައިޕްކުރޭ. އަދި ޑެސްކްޓޮޕްގައި އެހެން ހެދުމަށް، އެއް ފަހަރު އާޔަތަކަށް ކްލިކްކުރުމަށް ފަހު، ދެން ކީބޯޑުގައި މައްޗަށް އަދި ތިރި އެރޯ ކީއަށް ފިތާލާ. އަދި ކޮޕީކުރުމަށް ކޮޕީ ބަޓަންއަށް ފިތާލާ.

މި ސަފުހާގައިވާ އާޔަތްތައް ކޮޕީކުރުމަށް ފަހު، ޑެސްކްޓޮޕް ވޯޑުގައި ރީތިކޮށް ދެއްކުމަށްޓަކައި، އުޘްމާން ޠާހާ ފޮންޓު ބޭނުން ކުރެވިދާނެ.

އަރަބި ތާނަކުރާ ސްކްރިޕްޓް ހެދީ ޙައްސާން ޢަބްދުއްރައްޒާޤް. جَزَاهُ اللَّهُ خَيرًا. އޭގެ އިތުރަށް މުސްހަފުގެ ފްރޭމްއެސްވީޖީއެއް ވެސް ހެދި.


Technical notes regarding the database text

In the quranJuz-surah-ayahNo-basmalah-ayah-ayahUthmani json db, first column is juz number. (Before this, an index column is rendered.)

Next column is surah number.

Next column is ayah number.

Next column is basmalah, it only shows in the row at the beginning of a new surah, with the exception of fatiha.

Next column is Quran Arabic Text, taken from Tanzil. (Next fililess arabic column is rendered without taskheel from the previous column.)

As for the second json, which is just the Hadithmv translation, it is sourced righted here on Hadithmv.

Details about the Tanzil Quran text:

(Version: 1.1, 12 February 2021)

(Quran text type: Simple) also included ۞ and the space that comes with it before it.

Harmonized بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ and بِّسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ where they occur. Only the one without shadda on the first baa is used.

This arabic text was meant to be used as a normal plain quran text, which would be easy to write, and easy to search. This text is used as the primary arabic column in all translations/tafsirs on this site.

As for the Rasm Uthmani column with fancy and complex unicode characters, it is a more beautiful script that matches the current physical Mushaf more closely than the Tanzil script, but it is not easy to write or search according to that, due to the differing unicode used. So this column is only used as a togglable extra column in the Hmv translation, and not other books on this site.

This was taken from Qurancomplex

Details about the Qurancomplex text:

Glorious Qur'an Platform for Developers, Unicode Uthmanic Font (Hafs Narration) [not for smart devices],

(Version: 12.0, 7 September 2022)

Files, UthmanicHafs_v2-0.zip, data, hafsData_v2-0.[any format], aya_text [column]

I removed the arabic numbers and the space that comes before that.

(It seems that version 13.0 just introduces an additional space right before:

إِنَّ ٱلَّذِينَ كَفَرُواْ سَوَآءٌ عَلَيۡهِمۡ ءَأَنذَرۡتَهُمۡ أَمۡ لَمۡ تُنذِرۡهُمۡ لَا يُؤۡمِنُونَ ﰅ

which is of no consequence, so I kept using 12.0)