ސޫރަތް:
1
އާޔަތް:
1
ޖުޒް:
1

اسم الكتاب: ترجمة معاني القرآن الكريم - لأبي بكر إبراهيم علي

Name of the Book: Translation of the Meanings of the Noble Quran - Bakurube (Abu Bakr Ibrahim Ali) - Dhivehi

ފޮތުގެ ނަން: ކީރިތި قرآن ގެ މާނަތަކުގެ ތަރުޖަމާ | ލިޔުނީ: އަބޫބަކުރު އިބްރާހީމް ޢަލީ (ބަކުރުބެ)
(20/1/2013 މ. - 8/3/1434 ހ. - 72 އަހަރު) | އަޖްޔާދު (ދަގަނޑުތަޅާގެ) / ޅ. ހިންނަވަރު

ފޮތުގެ ޕީޑީއެފް

މުއައްލިފުގެ މައުލޫމާތު


ގްރީންޓެކް އެޕްސްގެ އަލްގުރްއާން އެޕްލިކޭޝަން އިން މި ތަރުޖަމާ ކިޔޭނެއެވެ.


Abu Bakr Ibrahim Ali died in 2013. Diligent efforts over the years to meet and explore with surviving relatives regarding permission to present the text have failed.

"The text presented here is exclusively for research and educational purposes. It is intended for non-commercial fair use only."


ޑިޖިޓައިޒުކުރުމާ ބެހޭ ނޯޓެއް

މި ފޮތުގެ އަސްލު ތައްޔާރުކުރި ސްޓޭޖުގައި، ޓައިޕުކުރި ބަޔެއްގެ ފަރާތުން ވަނީ އެތައް ސަތޭކަ ކުށްތަކެއް ވަދެފައެވެ. އަދި މި ފޮތް ޕީޑީއެފްކުރި ބަޔަކު ޕީޑިއެފްކޮށްފައިވަނީ ވެސް އެ ކުށްތަކާ ލައިގެންނެވެ. މި ގޮތުން ގިނައީ ބަހުގެ ކުށްތަކެވެ. ބައެއް ފަހަރު ވަރަށް ސީރިއަސް ކުށްތަކެވެ. މިސާލަކަށް، "ޝިރުކުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ." -ޒުމަރު 66. "އެއީ ތިމަންރަސްކަލާނގެ ރައްބެވެ." -ރަޢްދު 30. ނުވަތަ އާޔަތެއްގެ ބައެއް މަދުވުން، މިހެންގޮސް އެތައް އެތައް ކަމެކެވެ.

ދެން މި މައްސަލަތައް ހައްލުނުކުރެވި، ތާށިވެގެން ދިހަ އަހަރުދުވަހަށް ވުރެ ގިނަވި ފަހުން، މި ފޮތް ޑިޖިޓައިޒުކުރި އިރު ވަނީ އެ ކުށްތައް ރަނގަޅުކޮށްފައެވެ. ފިލިތަކެއް ނުވަތަ އަކުރުތަކެއް ރަނގަޅުނުވުން ފަދަ ސާފު ކުދި ކަންކަން ވާނީ އިތުރު ބަޔާނެއް ނެތި އިސްލާހުކުރެވިފައެވެ. އެއަށް ވުރެ ބޮޑެތި ކުށްތައް ވާނީ ގޮޅި ބްރެކެޓެއް ޖަހާފައި، އޭގެ ތެރޭގައި އިސްލާހުކުރެވިފައެވެ. އަދިވެސް ކިޔުންތެރިންނަށް ކުށްތައް ފާހަގަވާ ވަރަކަށް ނޯޓުކުރަމުން ދާނަމެވެ.

ދަންނާށެވެ. އެހެން ފޮތްތަކާ ޚިލާފަށް، މި ފޮތުގައި ކުދި އެޑިޓްތައް ގެންނަން މަޖްބޫރުވީ، ޑްރާފްޓު މަސައްކަތެއްގައި ހުންނަ ފަދައިން، އޭގައިވާ ލިޔުމާއި ޓައިޕުކުރުމުގެ ކުށްތައް އިންތިހާއަށް ގިނަވުމުގެ ސަބަބުންނެވެ. އެ ގޮތުން ރަނގަޅުކޮށްފައި ވާނީ ލިޔުމާއި، ޓައިޕުކުރުމާއި. ބަހުގައި ފެނުނު ބަވާހު (ފާޅުވެގެންވާ) ކުށްތަކާއި، ވައްޓާލެވިފައިވާ ތަންތަންކޮޅު އެކަންޏެވެ. ބަޔާންކުރަން ޖެހޭ ތަންތަނުގައި އެ ކަން ބަޔާންވެސް ކޮށްފައެވެ. އެ ނޫން އެއްވެސް ތަނެއް އެޑިޓްކޮށްފައެއް ނުވާނެއެވެ.

ދަންނާށެވެ. މީގެ ކުރިންވެސް އެކި ފަހަރުގެ މަތިން އެކި ފަރާތްތައް ވަނީ މި ފޮތް އެޕްއަކަށް ހަދަން މަސައްކަތްކޮށްފައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް، ބަޔެއްގެ ފަރާތުން ޝައުގުވެރިކަމެއް ނުލިބި، އަނެއް ބަޔެއްގެ ފަރާތުން ހުރަސްތަކަކާ ދިމާވާތީ، އަބަދުވެސް މަސައްކަތް ހުއްޓި، ނަތީޖާއަކާ ހިސާބަށް ވާސިލުވެވޭ ގޮތް ވަނީ ނުވެފައެވެ. ނަމަވެސް ﷲ ގެ ވާގިފުޅާއެކީ މިހާރު މި ތަރުޖަމާ ވަނީ އެޕްއަކަށް ހެދިފައެވެ.

އެއާކު ފާހަގަކޮށްލަން ޖެހޭ މުހިއްމު ނުކުތާއެއް އެބަހުއްޓެވެ. ބަކުރުބެގެ ތަރުޖަމާ އެއީ އަހަރެމެންގެ އެއްޗެއް ނުވަތަ މިލްކެއް ކަމަށް، އެއްވެސް އިރަކު އެއްވެސް ގޮތަކަށް ދައުވާއެއް ނުކުރަމެވެ. އެހެނަސް ފޮތުގެ މުއައްލިފަށް ފަހު މި މުހިއްމު މަސައްކަތައިގެން ތެދުވެ، އެއަށް ޚިދުމަތްކުރުމަށް، "އިލްމީ ގޮތުންނާއި އެ ނޫންވެސް ގޮތްގޮތުން އެންމެ އައުލާކަން ބޮޑު" ބަޔަކު އެ ކަން ކޮށްފައި ނުވުމާއެކު، އެތަކެއް އަހަރުތަކެއް ވަންދެން މި މަސައްކަތް ނުނެރި، ތާށިކަންމަތީ އަޅާނުލެވި ދޫކޮށްލެވިފައިވާތީ، ދެން ފެނުނީ ކުޑަނަމަވެސް ޙިދުމަތެއް ކޮށްދީ، މި މަސައްކަތް ޑިޖިޓައިޒު ކުރުމަށެވެ. އަދި މި މަސައްކަތާ ހަވާލުވާން "އިލްމީ ގޮތުންނާއި އެ ނޫންވެސް ގޮތްގޮތުން އެންމެ އެކަށީގެންވާ" ބަޔަކާއި، އެ ބަޔަކު ވަށައިގެންވާ މީހުން ގާތު މި ކަމުގައި އެހީއެއް ވެދިނުމަށް ވާނީ ވާހަކަދެކެވިފައެވެ. ނަމަވެސް އޭގައި ކުށް ހުންނާތީ، ފުރަތަމަ އެ ތަހުގީގުކުރަން ޖެހޭ ކަމަށް ބުނެ، އިހަށް އެ ޑިޖިޓައިޒުކުރަން ނުފެންނަ ކަމަށް އަންގާ އެ ބަޔަކު އުޒުރުވެރިވިއެވެ. އެހެންކަމުން އޭގައިވާ ކުށްތައް އިސްލާހުކޮށް މުރާޖާ ކޮށްދިނުމަށް ވެސް ވާނީ އެދިފައެވެ. ނަމަވެސް އެ ކަމަށް ވެސް އެއްވެސް ވަރަކަށް އިޖާބައެއް ލިބޭ ގޮތެއް ނުވިއެވެ. އެހެން ފަހަރަކުވެސް މަސައްކަތްކުރުމުން، ދެންވެސް އެ މީހުން އެންގީ، "އިލްމީ ގޮތުންނާއި އެ ނޫންވެސް ގޮތްގޮތުން މާ އިސް" ފަރާތެއް ކަމުގައިވާ އެ މީހުންގެ ބޮޑު މީހާގެ ހިޔާލު ހޯދުމަށެވެ. ދެން އެ ދެންނެވި ފަރާތެއްގެ ގާތުގައި މި ތަރުޖަމާ ބަލައި ރަނގަޅުކުރުމުގައި އެހީތެރިވެދެއްވުމަށް އެދި ދެންނެވުމުން، އެ ހިސާބުން ސުވާލު އުފައްދަން ފެށީ ފޮތުގެ ހައްގުތަކާ މެދުގައެވެ. ފޮތުގެ ހުއްދައާއި ހުއްދަ ދިން ފަރާތްތަކާ މެދުގައެވެ. ދެންވެސް އެ ބުނާ ހުއްދައެއް ހޯދުމަށް، ފޮތުގެ ހައްގު އިން ފަރާތްތަކާ ވާހަކަދެކެވުނެވެ. އޭރު ވަރަށް ތަރުހީބު ދެއްވިއެވެ. އެޕް ދެއްކީމާވެސް ވަރަށް ކަމުދިޔައެވެ. ނުނެރި ހުންނަތާ ކިތައް އަހަރުތޯއޭވެސް ދެންނެވިއެވެ. އަދި ހުއްދަ ދިން ކަމަށް ލިޔުމެއް މި ކޮޅުން ތައްޔާރު ކުރީމާ، އެ ކޮޅުން ސޮއިކުރަންވެސް ހަމަ ތައްޔާރަށް އިން ކަމަށް އެންގެވިއެވެ. އަދި އެ ކޮޅުން އިސްވެ، އަހަރުމެން ހުރި ތަނަކަށް ވަޑައިގެން، އަހަރުމެންނާ ބައްލަދުކޮށް މި ކަން ކުރެވޭ ގޮތް ހެއްދެވުމަށް ތައްޔާރަށް އިން ވާހަކަވެސް ދެންނެވިއެވެ. މި ހިސާބުގައި ކަންތައް ވަނިކޮށް، އަދި އަނެއް ދުވަހު ބައްދަލުކޮށް އެ ހުއްދައެއް ލިބޭގޮތަށް ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށް، ފަހު ވަގުތުގައި އެއްކަލަ "އިލްމީ ގޮތުންނާއި އެ ނޫންވެސް ގޮތްގޮތުން އެންމެ އެކަށީގެންވާ މާ އިސް" ފަރާތެއް އެ ދޭތެރެއަށް ވަދެ، ކޮންމެވެސް ވާހަކަތަކެއް ދެއްކިއެވެ. އެއަށްފަހު ހަމަ އެއްގޮތަކަށް ވެސް އުޅެ އުޅެ ކުރިން މި ދެންނެވި ހައްގު ގެންގުޅުއްވި ބޭފުޅުންނާ ބައްދަލުވެވޭ ގޮތެއް ނުވިއެވެ.

ވަރަށް ވަރަށް މަސައްކަތް ކުރެވިއްޖެއެވެ. ބޭނުމަކީ އެ ޗާޕުކުރުމެއް ނުވަތަ ވިއްކުމެއް ނޫނެވެ. އެހެނަސް ބޭނުންވީ އެޕްއަށް ލާފައިވާ އިރު، ހަމައެކަނި އެ މީހުންގެ އޯކޭ އިންކަން ޖަހާލުމެވެ. އެ ފޮތުގެ ހައްގުތައް ވާނީ ހަމަ ކުރިއެކޭ އެއްފަދައިން އޭގެ ވެރި ބަޔެއްގެ އަތުގައެވެ. އަދި ބަކުރުބެގެ ތަރުޖަމާއަށް އޯޑިއޯ ރެކޯޑިންއެއް ހަދަން އުޅުނީމާވެސް އައީ ހަމަ މި ދަތިތަކާ ހުރަސްތަކެވެ. އެ އޯޑިއޯއަކުން ކިހާ ފައިދާއެއް ކުރެވުނީސްހެއްޔެވެ. ދެން ކޮންމެއަކަސް ހަމަ އެއް ކޯޅުމަކާއި ތާށިތަކެއްގެ ތެރެއަށް އަނެއްކާވެސް މި މަސައްކަތް އެއްލާލުމަށް އެކަށީގެންނުވާތީ، އަދި ހުސްވާހަކަތެއް ދައްކާ ކަމެއް ނުކޮށް ހުރުމަށް ވުރެ، ފޮތަށް ޚިދުމަތްކުރުން މާ އައުލާވާތީ، ދެން އެ ހިސާބުން ވަގުތާއި މަސައްކަތް ހޭދާކުރީ ބަކުރުބެގެ ތަރުޖަމާ ކުރިއެރުވުމަށެވެ. ﷲ ގެ ވާގިފުޅުން އެ ކަން މި ވީއެވެ. ولله الحمد.

ޚުލާސާއަކީ، ފުރަތަމަ ފޮތާ މެދު އިހުމާލުވީ އެއް ބަޔެކެވެ. އަދި ފޮތަށް ޚިދުމަތްކުރަން އުޅުނީމާ ހުއްދައާމެދު ސުވާލު އުފައްދަންފެށީ ވެސް ހަމަ އެއް ބަޔެކެވެ. އަދި އެ ހުއްދައެއް ހޯދަން އުޅުނީމާ ވެސް ހުރަސް އެޅީ ހަމަ އެއް ބަޔެކެވެ. ކޮންމެއަކަސް، މިޔޮއް ހުރިހާ އަހަރުތަކެއް ވީއިރު، އެހެން ބަޔެއްގެ ފަރާތުން މި މަސައްކަތާ މެދު އެއްވެސް ޝައުގުވެރިކަމެއް އަދި އިސްނެގުމެއް ނެތީމާ، އަދި ކިއެއް، އެ ކަމަށް އުއްމީދެއް ވެސް ނެތީމާ، އެ ހިސާބުން ދިރާސީ އަދި ތައުލީމީ ބޭނުންތަކަށް ޓަކައި ޑިޖިޓަލް ފޯމެޓެއްގައި މި ތަރުޖަމާ މިތާ ލިބޭ ގޮތް ވަނީ ހަދާފައެވެ. އަދި ﷲ ގެ މަދަދަށް ފަހު އިޚްލާސްތެރި އަޚުންނާއި އުޚްތުންގެ އެހީއާއެކީ، ތަރުޖަމާގައިވާ ކުށްތައް ވީވަރަކުން ދަނީ ރަނގަޅުކުރެވެމުންނެވެ. އަދި ބައިނަލް އަގްވާމީ އެޕްތަކުގައި މި ތަރުޖަމާ ލިބޭ ގޮތް ވެސް ވަނީ ވެފައެވެ.

ދަންނާށެވެ. "އިލްމީ ގޮތުންނާއި އެ ނޫންވެސް ގޮތްގޮތުން އެންމެ އެކަށީގެންވާ" ބަޔަކު، މި އަގުހުރި މަސައްކަތާ މެދު އެހާ އަޅާލުން ކުޑަވެ، އެ ކުރިއެރުވުމަށް އެހީއަށް އެދުނީމާ ވެސް އެތައް އުޒުރެއް ދައްކާ، އެއާއެކީ އެހެން ބަޔަކު ފޮތަށް ޚިދުމަތްކުރަން އުޅުމުން އެ ކަން ކުރިޔަ ނުދިނުމަށް އެ ވަރަށް މަސައްކަތް ކޮށްފައި ވަނީ ކީއްވެކަމެއް ނޭނގެއެވެ. ފަހަރެއްގައި ބަކުރުބެގެ މަސައްކަތް އެއްފަރާތްކޮށްފައި، އެ ބަޔެއްގެ އަމިއްލަ ތަރުޖަމާއެއް ނެރުމަށް މާ އިސްކަމެއް ދޭތީ ކަމަށް ވެދާނެއެވެ. ނުވަތަ ދިހަ އަހަރުދުވަސް ވަންދެން މިހާރުވެސް މި އަގުހުރި ފޮތާމެދު އެއްވެސް ކަމެއް ނުކުރެވި ހުރީމާ، އެ ވެވުނު އިހުމާލެއްގެ އިހުސާސް ކުރެވި، ދެން އިތުރަށް އޭގައި އަތްލާން ނުކެރެނީ ކަމަށްވެސް ވެދާނެއެވެ. އަދި އަމިއްލައަށް ނުކުރެވުނު ތާނގައި، ކުރާނެ ބަޔަކު އެންމެ ފަހުން ވީމާ، އެ އިހްމާލުވި މީހުންގެ އަގު ވެއްޓި، މަންޒަރު ހަޑިވެ، ކްރެޑިޓް ގެއްލި ދާނެތީ، ދެން އޮތް ހަމައެކަނި ގޮތަކީ، ދެން ތިބި އެންމެވެސް ހުއްޓުވައި، އެއްވެސް ވަރަކަށް ފޮތް ނެރުނަ ނުދީ ހިފެހެއްޓުން ކަމުގައިވެސް ވެދާނެއެވެ. كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ.

ދަންނަވަންތޯއެވެ. މިއީ މުބާރާތެއް ނޫނެވެ. އިލްމަކީ ހަމައެކަނި ވަކި ޖަމިއްޔާއެއް މުށުތެރޭ އޮތް އެއްޗެއް ނޫނެވެ. "ނުގުޅި މި ރާއްޖެއަކު ނޫޅެވޭނޭ، ކާމިޔާބުވާނީ އަހަރުމެންނާ ގުޅޭ މީހުންނޭ، އަދި ކާމިޔާބުނުވެ ނެތިފަނާވާނީ ނުވަތަ ކޮށްލާނީ ނުގުޅޭ މީހުންނޭ، އަދި ގުޅުން ބޭއްވޭނީވެސް އަހަރެމެން ބުނާ ބަޔަކާއޭ، ނޫންނަމަ ދެކޮޅަށް އިންޒާރުދޭނަމޭ" މި ދިމާލަށް ނުދަމާހެއްޔެވެ. ސުވަރުގެ ވަނުން އޮތީކީ ވަކި ތިބުނާ ބަޔަކާ ގުޅިގެނެއް ނޫނެވެ. ﷲ ގެ މަގަށް ގޮވާލުމަކީ ކުޅިވަރެއް ކަމުގައި ނަހަދަމާހެއްޔެވެ. އެއްބަޔަކު ކަމެއް ކޮށްލަން އުޅޭ އިރަށް، އަނެއް ބަޔަކު ހަމަ އެ ކަމެއް، އެޔަށް ވުރެ ކުރިން ކުރެވޭތޯ އެބަ ދުއްވައިގަނެއެވެ. މީހަކު މަސައްކަތެއް ކުރަންޏާ، އަބަދުވެސް އެ ކޮންޓްރޯލުކުރަން މި ޖެހެނީ ވަކި ބަޔެކެވެ. އެހެން މީހުން ތިބެން ޖެހޭނީ ދަށުގައެވެ. އެހެން ނޫނީ ކަމަކު ނުދެއެވެ. ބުނަނީ "ހުރިހާ ދިރޭތަކެތި ހަމަހަމައެވެ."" ނަމަވެސް ބައެއް ދިރޭތަކެތި، އަނެއްބައި ދިރޭތަކެއްޗަށް ވުރެ ހަމަހަމައެވެ. އެންމެންވެސް ދާން މި މަޖުބޫރުކުރަނީ އެއް ޖާނިބަކާ ދިމާލަށެވެ. މާފިޔާ ސްޓައިލަށް ދައުވަތުގެ ކަންކަން ކުރެވިގެން ނުވާނެއެވެ. ދަންނާށެވެ. ބާކީ ދެމި އޮންނާނީ ﷲ އަށް ޓަކައިވާ ކަމެކެވެ. އަދަދުތަކާއި ޖަމިއްޔާ ޖަމާއަތްތައް ނެތިފަނާވާނެއެވެ. ފަހަރެއްގައި، ބިޔަ ބޮޑު މެއިންސްޓްރީމް ގްރޫޕްތަކުން މިލިޔަނުން ފަންޑުކޮށްގެން، އެހާވަރަށް މީހުން އެއްކޮށްގެން މިހިރަ ހަދާ އިންސްޓިޓިޔޫޓްތަކަށް ނުލައްވާ ބަރަކާތެއް، މަދު އަޚުންތަކެއް ނުވަތަ ވަކި ފަރުދުންތަކެއް ކުރާ މަސައްކަތުގައި ﷲ ލައްވާފާނެއެވެ. މިއީ ފެންނާން އޮތް ހަގީގަތެއް ނޫންހެއްޔެވެ. އެކަމު ދެން ވެސް ފެންނާނެ އަނެއް ހަގީގަތަކީ، ބައެއް މީހުން 350 ރުފިޔާއަށް އިޚްލާސްތެރިކަމުގެ އިންޓެންސިވް ވޯކްޝޮޕްތައް ނަގައިދޭތަނެވެ. وَاللَّهُ المُستَعَانُ وَعَلَيهِ التُّكلَانُ. ދުއާއަކީ، އަހަރެމެންނަކީ ހެޔޮ ކަންކަމަށްވާ ތަޅުދަނޑިތަކެއް ކަމުގައި ލައްވައި، ނުބައި ކަންކަމަށްވާ ތަޅުތަކެއް ކަމުގައި ލެއްވުމެވެ. އަދި އޭގެ އިދިކޮޅަށްވާ ބަޔަކު ކަމުގައި ނުލެއްވުމެވެ. އާމީން.


ޑިޖިޓައިޒުކުރުމުގައި އެހީތެރިވި ފަރާތްތައް

އ.ޔ.، އ.ސ. އިބްރާހީމް ދީދީ، ބ.ބ.، އަޝްފާ މ.، މޫސާ ޢަބްދުލް ޣަނީ، ނިހާން ޢަލީ، ޢަބްދު ﷲ އަޙްސަން ސަޢީދު، މުޙައްމަދު މާއިޒު މުޢާވިޔަތު، ޢަލީ ޝާފިޢީ، މުޙައްމަދު މަފާޒު އަޙްމަދު، މުޙައްމަދު ޢަބްދުއްސައްތާރު، ޢައްވާމް މުޙައްމަދު، މުޙައްމަދު ބިން މޫސާ، އާދަމް އިފްހާމް، އަޙްމަދު އަޙްސަމް، އިބްރާހީމް ޢާދިލު، މުޙައްމަދު ޙަފީޡް، ޒަހްވާން ނާޒިމް، ޚަދީޖާ، ސާމީ އިލްޔާސް، އިސްމާޢީލު ޖުމައިލު މުޙައްމަދު، އަދި އެ ނޫންވެސް އަޚުންނާއި އުޚްތުންނެވެ.  — އިތުރު މައުލޫމާތު.

ﷲ އަށް ހަމްދު ކުރަމެވެ. މިއީ 4 މަސްދުވަހުން އެކުލަވާލެވުނު ޑޭޓާބޭސެކެވެ. މި ޑޭޓާބޭސްގައި 6236 އާޔަތް ހިމެނެއެވެ. އެއިން ކޮންމެ އާޔަތަކަށް ލަފްޒީ އަދި އިޖުމާލީ ތަރުޖަމާއެއް ވެއެވެ. އެހީތެރިވީ އަރަބި ބަހާއި ދިވެހި ބަހަށް ޝައުގުވެރިވާ ފަރާތްތަކާއި، ދީނީ ކަންކަމާއި ދައުވަތު ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ އަޚުންނާއި އުޚްތުންނާއި، ތަރުޖަމާ ކުރުމުގެ ފަންނަށް ނުހަނު ލޯބިކުރާ ފަރާތްތަކެކެވެ. އެއީ އަގީދާގެ ގޮތުން މައްސަލަ ނެތް ތަރުޖަމާތައް ލިބުން ދަތިވެފައި، ސައްހަ ތަރުޖަމާއަކަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އިރާދަކުރެއްވިއްޔާ މި ކަމުން ފަސޭހަކަމާއެކީ ގުރްއާނުގެ ބަސްތަކުގެ މާނަ ބެލޭނެ ގޮތެއް ފަހިވެގެން ދާނެއެވެ. އިން ޝާއަ ﷲ މި ކަމުގެ ފައިދާ އެންމެހާ ދިވެހިންނަށް ލިބިގެން ދާނެއެވެ. ޔާ ﷲ އެވެ. މި މަސައްކަތް ގަބޫލު ކުރައްވާ، މި ކަމުގައި ބަރަކާތް ލައްވާށިއެވެ. އަދި ކުރެވުނު ހެޔޮ އަމަލުތަކުގެ ތެރޭގައި ހިމަނުއްވާށިއެވެ. އަދި މިއީ ގިޔާމަތަށް ދާންދެން ދެމިގެންދާ ސަދަގާ ޖާރިއާއެއް ކަމުގައި ލައްވާށިއެވެ. އަދި އެހީތެރިވި އެންމެހާ އަޚުންނާއި އުޚްތުންނާއި އެ މީހުންގެ އާއިލާތަކާއި ރަހުމަތްތެރިންނަށް ފާފަ ފުއްސަވާދެއްވާ، ހައްގުގެ މަގަށް މަގުދައްކަވާ، އަދި އެ މަގުގައި ސާބިތުކަން ދެއްވާށިއެވެ. އާމީން.


މުއައްލިފުގެ މުގައްދިމާ

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

مقدمة

الحَمْدُ لِلَّهِ الَّذِى لَهُ مَا فِى السَّمواتِ وَمَا فِى الأَرْضِ وَلَهُ الحَمْدُ فِى الآخِرَةِ وَهُوَ الحَكِيمُ الخَبِير وَأَشْهَدُ أَنْ لاَ إلَهَ إلاّ اللَّهُ وَحْدَهُ لاَ شَرِيْكَ لَهُ الَّذِى أَنْزَلَ الْقُرْآنَ عَلَى عَبْدِهِ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الهُدَى وَالفُرْقَان وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ الَّذِى أرْسَلَهُ اللَّهُ هادِيًا لِلثَّقَلَين صَلَّى اللَّهُ عَلَيْهِ وَسَلاَمُهُ دَائِمَينِ إلَى يَوْمِ المَعَادِ وَعَلَى آلِهِ وَأصْحَابِه وَمَنْ تَبِعَهُمْ بِإِحْسَانٍ إلَى يَوْمِ الحِسَابِ . أَمَّابَعْدُ:

ކީރިތި قرآن ގެ މާނަ އުނގެނި ދަސްކުރުމީ އަޅުގަނޑު އެންމެބޮޑަށް شَوْق ވެރިވާ ކަންތައްތަކުގެ ތެރެއިންވެސް އެންމެ شَوْق ވެރިވާ ކަންތަކެވެ. އަޅުގަނޑުގެ عُمْرُ ން އެގާރަ ބާރަ އަހަރުހައި ހިސާބުގައި އެކަމަށް ފެށިއްޖެއެވެ. އެންމެ ފުރަތަމަވެސް މިރޮނގުން އަޅުގަނޑުގެ أُسْتَاذ އަކީ فَضِيلَة الشَّيْخ حُسَين صَلاحُ الدِّين (رحمه اللّه) މަޖައްލާއާއި، އެކިއެކި ލިޔުމުގައި ލިޔުއްވާފައިވާ " قرآن ގެ ترجمة އާއި تفسير މިނަމުގައިވާ مضمون އެވެ. އޭގެފަހުގައި ދެން ފެންނަންފެށީ فضيلة الشّيخ عبد اللّه فَهمِى ދީދީ (رحمه اللّه) ގެ ترجمة ގެ ރީތި عبارة ތަކެވެ. ދެން ހަމަ އެޔާއެކުއެކުހެން الشَّيخُ الحَافِظ آدم سعيد (رحمه اللّه) ގެ ترجمة އެވެ. މި أُسْتَاذُ ންގެ ހިތްފަސޭހަ ތަރުޖަމާތަކަށްފަހު ދެން فَضِيلة الشَّيخ مُحَمَّد جَمِيل ދީދީ (رحمه اللّه) ހިންގެވި ހަވީރުގެ ކުލާހުގައި އިށީނުމުގެ فرصة އަޅުގަނޑަށް ލިބުމަކީ މިކަމަށް ލިބުނު އިތުރު ކުރިއެރުމަކާއި، އާ ހިތްވަރެކެވެ. މި أُسْتَاذُ ންގެ އަތުން އަޅުގަނޑަށް ލިބުނު ތަރުޖަމާތައް އަޅުގަނޑު ދަސްކުރީ ދަސްކުރާހިތުން، ގަޔާވެގެންނެވެ. ދެން މިޔަށްފަހު ދުވަސްތައް ވޭތިވަމުންގޮސް المَدِينَة المُنَوَّرة ގެ الجَامِعَةُ الإِسلامِيَّة ގެ كُلِّيَّة الشَّرِيعَة އެއީ އަޅުގަނޑަށް ލިބިފައިވާ ވަކިވަކި މި ترجمة ކޮޅުތައް ގުޅުވާ، އެއްކޮށްދެއްވި، بَركَاة ތެރި މަރުކަޒެވެ. އެ جَامِعَة ގައި އެގާރަ އަހަރުގެ دِرَاسَة އެއް ނިމިގެން ރާއްޖެ އައިއިރު އަމިއްލައަށް قرآن ގެ كَلِمَة ތަކުގެ މާނަތައް ދިވެހިބަހުން ލިޔުމުގެ شَوْق ވެރިކަން ގަދަވެ އެކަމަށް ފަށައިގަނެވުނީއެވެ.

އަޅުގަނޑުގެ މި ترجمة ލިޔުމުގައި އިސްވެދިޔަ ދިވެހި أُسْتَاذ ންގެ ފަރާތުން ދަސްވި ترجمة ތަކުގެ އިތުރަށް ދެން ترجمة ލިބިގަތުމަށް إختيار ކުރި مُهِمُّ ފޮތްތަކަކީ އެ فَنّ ގައި ފުނަށް ފައިބާފައިވާ އެފަންނުގެ އެދުރުންކަމުގައި މުޅިދުނިޔެއަށް مَشْهُور ބައެއް مُفَسِّر ންގެ ފޮތްފޮތެވެ. އޭގެތެރޭގައި:

(1) جَامِعُ البَيان عَن تَأْوِيل آى القُرْآن = لأبِى جَعْفَر مُحَمَّد بن جَرِير الطَّبَرى

(2) تَفْسِير القُرْآن العَظِيم = لِلحَافِظ عِمَاد الدِّين أبى الفِداء إسماعيل ابن كَثِير القُرَشِى

(3) الجامِعُ لأِحْكَامِ القُرْآن = لأبِى عَبْداللَّه مُحَمَّد بن أحْمَدُ لأنْصَارِى القُرْطُبى

(4) فَتْحُ القَدِير (بَنين فَنىء الرِّوايَة والدِّرايَة) = لِمُحَمَّدُ بن عَلِى بن مُحَمَّد الشَّوكانِى

(5) أيْسَرُ التَّفاسِير = لأبِى بَكْربن جابِر الجَزائِرِى

(6) زُبْدَةُ التَّفْسِير = د. مُحَمَّد سُلَيْمَان عَبْد اللَّه الأشْقَر

(7) النَّفْسِيْرُ المُيَسّر = نُخْبَة مِنَ العُلَمَاء

މިފޮތްތަކާއި، އަދި މިނޫންވެސް ބައެއް ފޮތް ހިމެނެއެވެ.

އަޅުގަނޑުގެ މި ترجمة ލިޔެފައިމިވަނީ މި މަތިވެރި، މާތް أُسْتَاذُ ން عَرَب ބަހުން ލިޔުއްވާފައިވާ قُرْآن ގެ މާނަތަކުގެ ދިވެހި ترجمة އެވެ. އަޅުގަނޑު އަލުން-ބަލުން ފަށައިގެން ކުރި ترجمة އެއް ނޫނެވެ. އެއީ އަޅުގަނޑަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި عِلْمُ التَّفْسِير އަށް ބަލާއިރު، އަޅުގަނޑު މިވަނީ އެހެންވާދީއެއްގައެވެ. ވެރިންއެވަނީ އެހެންވާދީއެއްގައެވެ. ނަމަވެސް އަޅުގަނޑު މިކުރި މަސައްކަތަކީ އެބޭބޭކަލުން ލިޔުއްވި މާނަތައް އަޅުގަނޑަށް އެނގިހުރި ފެންވަރަކުން ހަމައެކަނި ދިވެހިބަހަށް ترجمة ކުރީއެވެ. އެބޭކަލުންގެ މާނައެވެ. އަޅުގަނޑުގެ ދިވެހި ترجمة އެވެ. މިހެންވެ އަޅުގަނޑުގެ މިފޮތަށް ކިޔަން قصد ކުރީވެސް (ކީރިތ قرآن ގެ މާނަތަކުގެ ދިވެހި ترجمة) އެވެ. މިއެވެ.

ދެންފަހެ، މިމާނަތައް ترجمة ކުރުމުގައި އޮޅުން ނުފިލައިފާނޭކަމަށް ލަފާވާ ތަނެއްގައިވިއްޔާ، އެބޭކަލުންގެ އެ تفسير ފޮތްތައް ބަލައިގެން ކުޑަ بيان އެއް ލިޔެފައިވާނެއެވެ. ކިޔުއްވަމުންދާއިރު އެތަންތައް އެނގިލައްވާނެއެވެ. މި ترجمة ގައި އަޅުގަނޑު މަސައްކަތްކުރީ ވީހާ ކުރުކޮށް، ލުއިފަސޭހަކޮށް – އެކަމަކު މާނަޔާ ދުރަށް ނުގޮސް – ދިވެހިބަހުން ވާހަކަދައްކާ މީހުންނަށް اللّه ގެ ބަސްފުޅު ވިސްނައިދެވޭތޯއެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމުގެ މަގު އަތުވާންއޮތީ މި ބަސްފުޅުތަކުންކަމުގައި ވާތީއެވެ.

ދެން އޮތް އަނެއް ވާހަކަޔަކީ، ދިވެހިބަހުން ވާހަކަދެއްކުމުގައި ރަށްރަށާއި، އަތޮޅުއަތޮޅާއި، ތަންތާ ހުރި ބައެއްތަފާތެވެ. އެހެން އެކަން ހުރީތީ ދިވެހިބަސް ރީތިކުރުމަށްޓަކައި އެހާބޮޑަކަށް މަސައްކަތެއް ނުކުރަމެވެ. މެދުފަންތީގެމީހުނަށް ވިސްނޭފަދަވީމާ ނިމުނީކަމަށް ބެލީއެވެ.– މިސާލަކަށް: 'ތިބާ' ކިޔާ ތަނުގައި 'ކަލޭ' އަދި 'ތިޔަބައިމީހުން' ކިޔާ މާނައިގައި 'ކަލޭމެން' ކިޔުންކަހަލަ، އަދި 'ތިމަންކަލޭގެފާނު' ގެ ބަދަލުގައި 'އަހުރެން' މި كَلِمَة ބޭނުންކުރުންކަހަލަ – ކަންކަމަކަށް މާބޮޑު ފަރުވާއެއް ނުބަހައްޓަމެވެ. ބަސްފުޅު ވިސްނޭފަދަ ވެއްޖިއްޔާ ފުދުނީ ކަމުގައި ބެލީއެވެ.

ދެންފަހެ މި ترجمة އަކީ ދާދި ކުޑަ ތަރުޖަމާއެކެވެ. اللّه ގެ މިންވަރުފުޅު ނިޔާކުރާގޮތުން ދުނިޔޭގައި صِحَّة ސަލާމަތުން ލަހައްޓަވާފައި ހުރިއްޔާ މިފޮތް ފުޅާކޮށް، ތަނަވަސްކުރުމުގެ قَصْد ވަރަށްބޮޑަށް އެބައޮތެވެ. އެބަހީ މިފޮތް މިއޮތްގޮތަށް އޮވެފައި، صَحّ ސަނަދުން ސާބިތުވާ سَبَب النُّزُول ތައް އޭގެ مَحَلّ ތަކަށް އިތުރުކޮށް، އަދި نَبِى ބޭކަލުންގެ قِصَّة ތައް އާދައިގެ ވަރަކަށް بيان ކުރެވި، أحْكَام ގެ އާޔަތްތަކާމެދު ހިސާބަކަށް ވާހަކަދެކެވި، އަދި إختلاف ތަކުގެ مُهِمّ صَفْحة ތައްވެސް ބަލައިލެވޭތޯ ބަލައިލުމުގެ أُمِّيد އެބައޮތެވެ. އޭރުން ދެން އެފޮތް ތަންކޮޅެއް ބޮޑުވެފައި ބަރުވެސްވާނެއެވެ.

އަޅުގަނޑުގެ دعاء އަކީ އަޅުގަނޑުގެ މިترجمة އާދެ! ((ترجمة مَعانِى القُرْآن الكَرِيم)) (قرآنގެމާނަތަކުގެ ތަރުޖަމާ) އަކީ اللّه ބާވައިލެއްވި ކީރިތި قرآن ގެ ترجمة ދިވެހިން ވިސްނައި، فَهْم ކޮށްގަތުމުގެ އެހީތެރި މަދަދުގާރަކުކަމުގައި اللّه ލައްވައިދެއްވުމެވެ. އަދި މިކުރި عمل އަކީ اللّه ރުހިވޮޑިގަންނަވާ ލޯބިވެތި عمل އެއްކަމުގައި ލައްވައި قيامة ދުވަހުން މިއަޅާއާއި، މިއަޅާގެ މައިންބަފައިންގެ ފާފަފުއްސަވައި، ހެޔޮކަމުގެ މީޒާން ބަރުކޮށްދެއްވައި، އެއްވެސް ބިރުވެރިކަމެއްނެތި، އަދި ހިސާބު ބެއްލެވުމަކާނުލައި އެކަލާނގެ فَضْلُ ވަންތަކަމާއި އެކަލާނގެ رَحْمَة ފުޅުން ސުވަރުގެ ވައްދަވައިދެއްވުމެވެ. އޭމަތިވެރިމާތް اللّه އެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ކަލާނގެކަން يقين އެވެ.

إنَّهُ جَوَادٌ كَرِيم – وَصَلَّى اللَّهُ وَسَلَّمَ عَلَى مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ أجْمَعِين وَسَلاَمٌ عَلَى المُرْسَلِين وَالْحَمْدُ لِلَّهِ رَبِّ العالَمِين وَبِاللَّهِ التَّوفِيق

27 رَجَب 1427 هـ

21 އޯގަސްޓް 2006 މ

أبُو بكْر إبْراهِيم عَلِى

هِنَّوَرِى


أعوذ ކިޔުން

މާތްވެގެންވާ قُرْآن ކިޔަވާ ކޮންމެ މީހަކަށްވެސް ﷲ ގެ رَحْمَة ން ފައްސާލެވި އަދި لَعْنَة ލެއްވިގެންވާ شَيْطَان އާގެ ފަރާތުން ރައްކާތެރިވެ ސަލާމަތްކަން ލިބިގަތުމަށް ﷲ ގެ حَضْرَةُ ގައި ދަންނަވާ އެފަރާތުން حِمَايَة ލިބިގަތުން شَرْعُ ކުރެވިގެންވެއެވެ. އެބަހީ أَعُوذ ކިއުން سُنَّة ވެގެންވެއެވެ. اللهُ سُبْحَانَه وَتَعَالَى وَحِى ކުރެއްވިއެވެ. (فَإِذَا قَرَأْتَ القُرْآنَ فَسْتَعِذْ بِا لله مِنَ الشَّيْطَانِ الرَّجِيْم) މިހެނީ ކީރިތި قُرْآن އަކީ މީސްތަކުންނަށްވާ ތެދުމަގަކާއި އަދި ހިތްތަކުގައިވާ އެކިބާވަތުގެ ބަލިބަލީގެ شِفَاء އެކެވެ. އަދި شَيْطَان އެއީ ނުބައިކަމާ އަދި މަގުފުރެދުމުގެ ސަބަބެވެ. މިހެންވެ قُرْآن ކިޔަވާ ކޮންމެމީހަކުވެސް އެ ނުބައި شَيْطَان އާގެ ކިބައިން ރައްކާތެރިވެ ސަލާމަތްކަން ދެއްވުން އެދި ﷲ ގެ حَضْرَةُ ގައި ދަންނަވައި ދުޢާކުރުން އެދެވިގެންވެއެވެ. އެބަހީ أَعُوذ ކިޔުން ހުއްޓެވެ.

عَامُّ ކޮށް ގިނަ عِلْم ވެރީން އެއްބަސް ވެވަޑައިގަންނަވަނީ أَعُوذ އަކީ قُرْآن ގެއާޔަތެއް ނޫކަމަށެވެ. އެހެންވެ مُصْحَفُ ތައް ލިއުމުގައި أَعُوذ ވަކިން ލިޔެވިގެން ނުވަނީއެވެ.

ދެންފަހެ:

أَعُوذ بِا لله ގެ މާނައީ: އެއްކައުވަންތަ ﷲ ގެ حَضْرَةُ ން މިއަޅާ ރައްކާތެރިކަމާއި حِمَايَة ލިބިގަންނަމެވެ.

مِنَ الشَّيْطَانِ: މިއަޅާގެ رَبّ އަށް ކިޔަމަންތެރިކަން އަދާކުރުމާއި އަދި މިއަޅާގެ قُرْآن ކިޔެވުމަށް ހުރަސްއަޅާ ޖިންނިންނާއި އަދި އިންސާނުންގެ ތެރެއިންވެސް ވާ އެންމެހައި شَيْطَان ން ގެ ކިބައިން

الرَّجِيْم ގެމާނައީ: ﷲ ގެ رَحْمَة ން ފައްސައިލެވިގެންވާ ނުވަތަ ރަޖަމު ކުރެވިގެންވާނެ.


[ފޮތް]

Technical notes regarding the database text

Translation json columns:

1. Word by word.

2. General translation.

The text is sourced righted here on Hadithmv.

The following platforms use this text (with various degrees of up-to-dateness):

Hadithmv (This current page. The latest and most correct version is available here.)

Al Quran (Easy to get them to update, as the developers are responsive and quick to apply changes when needed. Last time we asked them to update from our main repo was on 11/12/22)

Bakurubeyge Tharujama app The word by word and general translation are reversed in this app. And any translation for any ayah needs to be tapped to be viewed.

Quran.com The general translation is available here, but not the word by word yet. They are also the developers of Quran Android, but as of this writing, have not included it there yet.