މިއީ ޙަދީޘްއެމްވީގައިވާ ހުރިހާ ޙަދީޘާއި އަޘަރު ފޮތްތައް އެއް ތަނަކުން ސާޗްކުރެވޭ ސަފުހާއެވެ.


⚠️ قَمِّش ثُمَّ فَتِّش. މި ސަފުހާގައި އެތައް ހާސް ޙަދީޘާއި އަޘަރު ހިމެނިފައިވާ އިރު، އޭގައި ކުށްހުރި ވާހަކަ ބުނުމުގެ ކުރިން، އެނގެން ޖެހޭ މުހިއްމު ނުކުތާއެއް ދަންނަވާލާނަމެވެ. މިތާ ވަނީ މުސައްވަދާ (އެބަހީ: ޑްރާފްޓު) ލިޔުންތަކެކެވެ. އަދި ގިނަވާނީ އަޅުގަނޑުމެންގެ ތަރުޖަމާތަކެއް ނޫނެވެ. އެކި މީހުން، އެކި ތަންތަނުން، އެކި ގޮތްގޮތަށް ލިޔެފައިވާ ތަރުޖަމާތަކެކެވެ. ވީމާ ކުށް ހުންނާނެއެވެ. އަދި ކިއެއް، ގިނަވެސް ވާނެއެވެ. އަދި މިތާ ހުރި ނައްސުތަކާއި އޭގެ ތަރުޖަމާއާ ދިމާ ނުވެދާނެއެވެ. އަދި ރިވާޔަތާއި ތަޚްރީޖްވެސް ދިމާ ނުވެދާނެއެވެ. ދެން އޮތް ސުވާލަކީ، އަޅުގަނޑުމެން ނުލިޔާ، ބަލާ ނުނިމި ހުރި ލިޔުންތަކެއް މިތާ މި އެއްކުރީ ކީއްވެގެންހެއްޔެވެ؟ އެއީ ތަފާތު އެތައް ބައިވަރު ތަރުޖަމާތަކެއް، އެއް ތަނަކުން ސާޗުކުރެވޭ ގޮތް ހެދުމަށެވެ. އެ ހުރި ކުށްތަކާ އެކުވެސް އެއިން ފައިދާ ހާސިލު ކުރުމުގެ ފުރުސަތު ހޯދުމަށެވެ. މުޅިން ދިމާ ނުވިޔަސް، ކޮންމެވެސް ވަރަކަށް ގާތްކޮށްދޭނެތީވެއެވެ. އަޅުގަނޑުމެންގެ ނިސްބަތުން، މި އެއްކޮށްފައިވާ ޑްރާފްޓު ތަރުޖަމާތަކުން ޙަދީޘްއެމްވީގެ ވަކިވަކި ފޮތްތަކަށް ނެރޭއިރު، ކުށްތައް އިސްލާހު ކުރަމުން ގެންދާނަމެވެ. އަދި އެހެނިހެން ބޭފުޅުންގެ ނިސްބަތުން ވެސް، މި ސަފުހާގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނީ އަހުލުވެރިކަމެއް ހުރި، މި ބޭނުން ކުރަންވީ ގޮތް އުނގެނެވޭނެ ވަރުގެ ބަޔަކަށެވެ. އެ ފަރާތް ވާންޖެހޭނީ، މި ސަފުހައިގެ މަގުސަދު ފަހުމްވެ، މި ލިޔުންތަކުގައި ހުރި ކުށްތަކާއެކީ ވެސް ކުރިއަށް ދާންވީ ގޮތް ދެނެގަނެވޭނެ ފަދަ ބަޔެކެވެ. އެއާ ޚިލާފަށް މިކަން ނުދަންނަ ބަޔަކަށް ހައްތަހާވެސް ހީވާނީ އަޅުގަނޑުމެންގެ ކުށްތައް މިތާ ވަރަށް ގިނަކަމަށެވެ. ކޮންމެއަކަސް، އަރަބި ނައްސަކާ ދިވެހި ތަރުޖަމާއެއް ދިމާ ނުވިޔަސް، އެ ދިމާވާ އެހެން ރިވާޔަތެއް ހުރެދާނެއެވެ. ހަވާލާ ދެވިފައިވާ ފޮތުގައި އެހެން ގޮތަކަށް ލިޔުން ހުއްޓަސް، އެއާ ގުޅުމެއް ހުރެދާނެއެވެ. ގާބިލިއްޔަތުކަން ހުރި މީހަކަށް އެ ގުޅުން ނުވަތަ ރިވާޔަތް ހޯދޭނެއެވެ. މީހަކަށް އެ ނޭނގުމަކީ ނުވަތަ ނުފެނުމަކީ އަދި ލިޔުން މުޅިން ގޯސްވެ، އޭގެ ބޭނުން ނުހިފޭންވީ ސަބަބެއް ނޫނެވެ. މިތާ މިވާ ލިޔުންތައް ނަގުލު ކުރާއިރު އިތުރަށް ބަލާ ރަނގަޅުތޯ ކަށަވަރު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނުވަތަ އެންމެ ކުޑަމިނުން އެ ކަން ކުރެވޭނެ ވަރުގެ ފެންވަރެއް ހުރި ބަޔަކު ގާތު އަހާލަން ޖެހޭނެއެވެ. ފަހުމެއް ނެތި، ހަމައެކަނި ކުށް ހުއްޓޭ ބުންޏަސް ވާނެ ހަމަ އެއްވެސް ކަމެއް ނެތެވެ. އެހެންވީމާ މި ކަންކަމަށް ސަމާލުވެ، އަހައްމިއްޔަތުކަން ދިނުންހުއްޓެވެ.


ޙަދީޘެއް ސައްހަތޯ ބެލުމަށް، އޮންލައިންކޮށް ހުރެގެން، ތިރީގައި އަރަބި ލަފްޒުތައް ޖަހާލައިގެން ބަލާލެވިދާނެއެވެ. ފެހިކުލައިގެ މާނައަކީ ސައްހައެވެ. އަދި ރަތްކުލައިގެ މާނައަކީ ޟަޢީފެވެ.