اسم الكتاب: أخبار الشيوخ وأخلاقهم - لأحمد بن محمد بن الحجاج، أبو بكر المَرُّوْذِيُّ (ت ٢٧٥ هـ)
تحقيق: عامر حسن صبري | الناشر: دار البشائر الإسلامية، بيروت | الطبعة الأولى ١٤٢٦ هـ - ٢٠٠٥ م.
(ملاحظة: نقل المحقق كلام بعض المنحرفين الضُّلال في مقدمته وبعض حواشيه فلينتبه وليحذر، وعموماً فالحواشي ليس فيها كبير شيء والله المستعان)

ފޮތުގެ ނަން: ޝައިޚުންގެ ޚަބަރުތަކާއި އެބޭކަލުންގެ އަޚްލާޤު | ލިޔުނީ: އަބޫ ބަކުރު އަޙްމަދު ބްނު މުޙައްމަދު އަލްމައްރޫޛީ (275 ހ.)
ތަހްގީގުކުރީ: ޢާމިރު ޙަސަން ޞަބްރީ | ދާރުލް ބަޝާއިރުލް އިސްލާމިއްޔާ | ފުރަތަމަ ޗާޕު 1426 ހ. - 2005 މ.

އަރަބި އީ-ފޮތް | ޕީޑީއެފް

ދާރު ފިތްޔަތިލް ކަހްފިގެ ދިވެހި ތަރުޖަމާގެ ޕީޑީއެފް


شرح كتاب أخبار الشيوخ وأخلاقهم للحافظ المروذي އޯޑިޔޯ

نبذة عن الكتاب ޕީޑީއެފް


ތަރުޖަމާގެ މުގައްދިމާ - المقدمة

من سلسلة الرسائل العلمية لدار فتية الكهف

ދާރު ފިތްޔަތިލް ކަހްފިގެ ޢިލްމީ ލިޔުންތަކުގެ ސިލްސިލާގެ ތެރެއިން

7

أخبار الشيوخ وأخلاقهم

للإمام أبي بكر أحمد بن محمد بن الحجاج المروذي

المتوفى سنة ٢٧٥ هـ

ޝައިޚުންގެ ޚަބަރުތަކާއި އެބޭކަލުންގެ އަޚްލާޤު

އަލް އިމާމް އަބޫ ބަކުރު އަޙްމަދު ބްނު މުޙައްމަދު އަލްމައްރޫޛީ رحمه الله

އަވަހާރަވީ (275 ހ.)

ތަރްޖަމާ ކުރީ:

مازع بن أبي عبد الله الأثري

މާޒިޢު ބްނު އަބީ ޢަބްދި ﷲ އަލް އަޘަރީ

މިފޮތް ޗާޕުކޮށް ނެރެ ޝާއިޢު ކުރުމުގެ ޙައްޤު، ކޮންމެ މުސްލިމު ފަރުދެއްގެ މައްޗަށްވެސް ލިބިގެންވެއެވެ. އެހެނަސް އެއީ، މިފޮތުގައި ލިޔެފައިވާ އެއްވެސް އެއްޗަކަށް އެއްވެސް އުނިއިތުރުކުރުމެއް ނުވަތަ ބަދަލުކުރުމެއް ނުގެންނެވުމުގެ ޝަރުޠުގެ މަތީންނެވެ.

ފުރަތަމަ ޗާޕު

ރަމަޟާން 1443ހ / އެޕްރީލް 2022މ

دار فتية الكهف

ދާރު ފިތްޔަތިލް ކަހްފި

https://t.me/DarAlFityah

YouthOfCaveDFK@gmail.com


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

ފޮތުގެ ތަޢާރަފެއް

الحمد لله، والصلاة والسلام على رسول الله، وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين. أما بعد:

މިފޮތަކީ އިމާމް އަބޫބަކުރު އަލްމައްރޫޛީ އުއްމަތުގެ ސަލަފުވެރި އިމާމުންގެ ބޭކަލުންގެ އަރިހުން ރިވާކުރައްވާފައިވާ އެބޭކަލުންގެ ބަސްފުޅުތަކާއި ޢަމަލުތައް ހިމެނޭ ޚަބަރުތަކެކެވެ. އެބޭކަލުންނަށްޓަކައި އުއްމަތް ފަޚުރުވެރިވާ، އަދި އެބޭކަލުންގެ އިމާމަތުކަމަށް އުއްމަތް އިއްތިފާޤުވާ، އަދި ދީނުގެ ޢިލްމު ނަޤުލުކުރެއްވި، ސުފްޔާނުއް ޘައުރީ، ސުފްޔާނު ބްނު ޢުޔައިނާ، ވަކީޢު ބްނުލް ޖައްރާޙު، އިސްޙާޤު ބްނު ރާހަވައިހި، އައްޔޫބު އައްސަޚްތިޔާނީ، ޢަބްދު ﷲ ބްނުލް މުބާރަކު، އަޙްމަދު ބްނު ޙަންބަލު، ޢަބްދުއްރަޙްމާނު ބްނު މަހްދީފަދަ އެތަކެއް ބޭކަލުންގެ ޚަބަރުތަކުން ކޯވަރެކެވެ.

މިފޮތުގައި ސަމާލުކަން ދެވިފައިވާ މައިގަނޑު މައުޟޫޢަކީ ވެރިންނާއި، އަމީރުންނާއި، ސުލްޠާނުންގެ ގާތަށް ވަނުމާއި، ޤާޟީކަމާއި ވެރިކަމުގެ ކަންކަމަށް ޙަވާލުވުމާއިމެދު ސަލަފުން ވިދާޅުވެފައިވާ ބަސްފުޅުތަކާއި ޢަމަލުފުޅުތަކެވެ. އަދި އެފަދަ މަޤާމުތަކުގެ އަހުލުވެރިންނާއިމެދު އެބޭކަލުން މުޢާމަލާތްކުރެއްވި ގޮތެވެ. އެބޭކަލުންގެ ވަރަޢަވެރިކަމާއި ތަޤުވާވެރިކަމާއި، އަދި ޢިލްމަށް ޢަމަލުކުރުމުގައި ޙަޔާތުން ޞަފްޙާތަކެކެވެ. މުސްލިމް ވެރިންނާ ދެކޮޅަށް ނުނިކުތުމަކީ އަހްލުއްސުންނާގެ އަޞްލެއްކަމުގައިވާ ފަދައިން، ވެރިންނާއި ގާތްނުވެ އެކުނުވެ، އެމީހުންނާ ދުރުވުމަކީވެސް ސަލަފުންގެ މަންހަޖެއްކަން ބަޔާންކުރައްވާ 50 އަށްވުރެ ގިނަ ސަލަފުންގެ އިމާމުވެރި ބޭކަލުންގެ ބަސްފުޅުތަކާއި ޢަމަލުފުޅުތައް މުއައްލިފު ގެންނެވިއެވެ.

އޭގެ އިތުރުން ޤާޟީކަމާއި ވެރިކަމުގެ ކަންކަމާއި ޙަވާލުވުމާއި، ދެއްކުންތެރިކަމާއި އިޚްލާޞްތެރިކަމާއި ގުޅޭ ޚަބަރުތަކާއި، ވެރިންނާއި ގާތްނުވެ ލިބުނު މަދު މިންވަރުން ފުއްދާލާ ޒުހްދުވެރިވުމަށް ބާރުއަޅާ ޚަބަރުތަކާއި، އަދި އެއާއިއެކު ފޮތުގައި ގެނެވުނު ބައެއް އިމާމުންގެ މާތްކަމާއި ހެޔޮކަމާއި ގުޅޭ އަޘަރުތައް ގެންނެވިއެވެ.

މިފޮތް ކިޔަމުންދާއިރު ތަޞައްވަރުކޮށްލާ ވިސްނާލަންވީކަމަކީ މިއީ މީގެ 12 ވަރަކަށް ޤަރުނުގެ ކުރީގެ ވާހަކަތަކެއްކަމެވެ. އިސްލާމްދީނުގެ ކުރީކޮޅާއި، އެދީނުގެ ޢިއްޒަތާއި، އާރޯތާނަކަމާއި ކައިރިވެގެންވާ ދުވަސްވަރެއްގައިކަމެވެ. ވެރިންނާއި އަމީރުން ޖުމްލަކޮށް ދީނަށް ޤަދަރުކޮށް މަތިކޮށް، ދީނުގެ ޢިލްމުވެރިންނަށް ކަމޭހިތާ، ޖުމްލަގޮތެއްގައި އިސްލާމީ ޝަރީޢަތް ޤާއިމްކޮށް، ޖިހާދު ޤާއިމުކުރަމުން ދިޔަ ދުވަސްވަރެއްގައިކަމެވެ. އެއާއިއެކު ޢާއްމުކޮށް ވެރިންގެ ކިބައިން ފާޅުވާ އަނިޔާވެރިކަމާއި، އިސްރާފުކުރުމާއި، ދުނިޔޭގެ ޒީނަތަށް ހެއްލިގެންދިޔުންފަދަ ކަންކަން ފާޅުވުމުންނެވެ. ދެން އެއާއިއެކު އަޅާކިޔާލަންވީ އޭގެ އެތައް ޤަރުނެއްފަހުން އަހަރުމެންގެ މިޒަމާނުގެ ޙާލަތެވެ. އެބޭކަލުންނާއި މިޒަމާން ބައްދަލުވިނަމަ ޢަމަލުކޮށް ވިދާޅުވާނޭ ބަސްފުޅެވެ. އިސްލާމީ ޝަރީޢަތަށް ގޮންޖަހާ، ދީނުގެ ޝިޢާރުތައް ނަގައިލާ، މުންކަރާތްތައް ހުއްދަކުރެވި، ދީނަށް ފުރައްސާރަކުރެވި، ޑިމޮކްރަސީއާއި ޢަލްމާނިއްޔަތުފަދަ ކުފުރުގެ ނިޒާމުތަކުގެ މައްޗަށް ޤާއިމުވެ ވަކިހިތްޕާލައިގެންވާ މިދުވަސްވަރުގައި އަދި ކަންތައް ހުންނާނޭ ގޮތާއިމެދުގައިއެވެ. އަދި ޢިލްމަށް ދަޢުވާކުރާ އެތައް ބަޔަކު، އަހަރުމެން ތަބަޢަވުމަށް އަމުރުވެރިވެގެންވާ ނަމޫނާވެރި ސަލަފުންގެ ބޭކަލުންގެ މަންހަޖާއި، ބަސްފުޅުތައް ބޮލާލައި ޖަހާ، އަމިއްލަ ނަފްސުތަކަށް އަމާންވެ، ކެހިވެރިކަމުގައި ޖެހިގެންވާތަނެވެ. ދީން ބީރައްޓެހިވެގެންވާ މިންވަރެވެ.

އިމާމް އަލްއާޖުއްރީ ވިދާޅުވިއެވެ:

(أَغْرَبُ الْغُرَبَاء فِي وَقْتِنَا هَذَا مَنْ أَخَذَ بِالسُّنَنِ وَصَبَرَ عَلَيْهَا ، وَحَذِرَ الْبِدَعَ وَصَبَرَ عَنْهَا، وَاتّبَعَ ‌آثَارَ ‌مَنْ ‌سَلَفَ مِنْ أَئِمَّةِ الْمُسْلِمِينَ ، وَعَرَفَ زَمَانَهُ وَشِدَّةَ فَسَادِهِ وَفَسَادَ أَهْلِهِ)⁽¹⁾

_________
⁽¹⁾ [الغرباء للآجري: 1/ 78]

މާނައީ: "އަހަރުމެން މިތިބަ ވަޤުތުގައި ބީރައްޓެހިންގެ ތެރެއިންވެސް އެންމެ ބީރައްޓެހިކަން ގަދަވެގެންވާ ބަޔަކީ ސުންނަތްތަކުގައި ހިފައި، އޭގެ މަތީގައި ކެތްތެރިވެ، އަދި ބިދުޢަތަކުން ދުރުވެ އެކަމުގެ މައްޗަށް ކެތްތެރިވެ، އަދި މުސްލިމުންގެ އިމާމުންގެ ތެރެއިން އިސްވެދިޔަ ސަލަފުންގެ ބޭކަލުންގެ އަޘަރުތަކަށް ތަބަޢަވެ، އަދި އެމީހާ އެހުރި ޒަމާނާއި އެޒަމާނުގެ ފަސާދައާއި އޭގެ އަހުލުވެރިން ފަސާދަވެފައިވާވަރުގެ ބޮޑުކަން ދެނެގަނެއްޖެ މީހެކެވެ."

އަހަރުމެން މިފޮތް ތަރުޖަމާކުރުމުގައި އަޞްލަކަށް ބެލީ ދާރުލް ބަޝާއިރުލް އިސްލާމިއްޔާއިން ނެރެފައިވާ ޗާޕަށެވެ. ފޮތުގައިވާ ގިނަ ރިވާޔަތްތަކަކީ މަޤުޠޫޢު އަދި މައުޤޫފު ރިވާޔަތްތަކެއް ކަމުގައިވާތީ އަދި ސަލަފުންގެ ބޭކަލުން ހަރުކަށިވުމެއްނެތި ރިވާކުރައްވާ ޢަމަލުކުރެވޭ ބަސްފުޅުތަކެއްކަމަށް ވާތީވެ އެގޮތަށް އެބަސްފުޅުތައްވާނެއެވެ. އަދި މަރްފޫޢުކޮށް ރަސޫލާ ﷺ އަށް ނިސްބަތްވެގެންވާ ޙަދީޘެއްނަމަ ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކުން ސަނަދާއިމެދު ޙުކުމް ބަޔާންކުރީމެވެ. އެހީތެރިކަމާއި ވާތްގަށްއެދި، އަދި އިޚްލާޞްތެރިކަމާއި ޤަބޫލުކުރެއްވުން އެދެނީ ﷲ تَبَارَكَ وَتَعَالَى ގެ ޙަޟްރަތުންނެވެ.


މުއައްލިފުގެ ކުރު ތަޢާރަފެއް

އެއީ އިމާމު އަޙްމަދުގެ އެންމެ އަރިސް އެކުވެރިޔާ އަދި ދަރިވަރުކަމުގައިވާ: އަބޫބަކުރު އަޙްމަދު ބްނު މުޙައްމަދު ބްނުލް ޙައްޖާޖު އަލްމައްރޫޛީ އެވެ.

އަލްމައްރޫޛީ ކިޔުނީ: ޚުރާސާނުގެ ރަށެއްކަމުގައިވާ 'މަރޫ އައްރޫޛު' އަށް ނިސްބަތްކޮށެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖުރައިން 200 ހިސާބުގައިއެވެ.

އެބޭކަލުންގެ އަރިހުން އަލްމައްރޫޛީ ޢިލްމު ޙާޞިލުކުރެއްވި ޝެއިޚުންގެ ޢަދަދު ގިނަވެގެންވެއެވެ. އޭގެ ތެރޭގައި: އިމާމް އަޙްމަދުއާއި، ހާރޫނު ބްނު މަޢުރޫފު، ޢުޘްމާނު ބްނު އަބީ ޝައިބާ، ޢުބައިދު ﷲ އަލްޤަވާރީރީ رَحِمَهُمُ اللَّهُ ހިމެނެއެވެ. މިފޮތުގައި އެކަނިވެސް އަލްމައްރޫޛީ 80 އަށްވުރެ ގިނަ ޢިލްމުވެރިންގެ އަރިހުން ރިވާކުރެއްވިއެވެ.

އަލްޚަޠީބުލް ބަޣުދާދީ ވިދާޅުވިއެވެ:

(وهو ‌المقدم ‌من ‌أصحاب أَحْمَد لورعه وفضله، وكَانَ أَحْمَد يأنس بِهِ وينبسط إليه، وهو الذي تولى إغماضه لما مات وغسله، وقد روى عنه مسائل كثيرة) ⁽²⁾

_________
⁽²⁾ تاريخ بغداد: 6/104

މާނައީ: "އެކަލޭގެފާނަކީ އިމާމް އަޙްމަދުގެ އަޞްޙާބުންގެ ތެރެއިން އެންމެ ކުރިއަށްނެރެވޭ ކަލޭގެފާނެވެ. އެއީ އެކަލޭގެފާނުގެ ވަރަޢަވެރިކަމާއި، މާތްކަމަށްޓަކައިއެވެ. އަދި އަޙްމަދު، އެކަލޭގެފާނާއި ވަރަށް ވާހަކަދައްކަވާ މުނިފޫހިފިއްލުވައެވެ. އަދި އިމާމް އަޙްމަދު އަވަހާރަވުމުން އެކަލޭގެފާނުގެ ދެލޯފުޅު ލައްޕަވާ، އަދި ހިނެއުއްވީވެސް އެކަލޭގެފާނެވެ. އަދި ގިނަ މައްސަލަތަކެއް އިމާމް އަޙްމަދުގެ އަރިހުން އެކަލޭގެފާނު ރިވާކުރެއްވިއެވެ."

އިސްޙާޤު ބްނު ދާވޫދު ވިދާޅުވިއެވެ:

(لا أعلم أحدا أقوم بأمر الإسلام من أَبِي بكر المروذي.) ⁽³⁾

_________
⁽³⁾ تاريخ بغداد: 6/104

މާނައީ: "އިސްލާމްދީނުގެ އަމުރު ޤާއިމްކުރުމުގައި އަބޫބަކުރު އަލްމައްރޫޛީއަށްވުރެ ވަރުގަދަ ބޭކަލެއް އަހުރެންނަށް ނޭނގެއެވެ."

އަބޫބަކުރު ބްނު ޞަދަޤާ ވިދާޅުވިއެވެ:

(مَا عَلِمْتُ أَحَداً أَذَبَّ عَنْ دِيْنِ اللهِ مِنَ المَرُّوْذِيِّ.) ⁽⁴⁾

_________
⁽⁴⁾ تاريخ بغداد: 6/104

މާނައީ: "ﷲ ގެ ދީން ދިފާޢުކުރެއްވުމުގައި އަލްމައްރޫޛީއަށްވުރެ ބޮޑަށް ދިފާޢުކުރެއްވި ބޭކަލެއް އަހުރެންނަށް އެނގިގެންނުވެއެވެ."

އަލްޚައްލާލު ވިދާޅުވިއެވެ:

(المَرُّوْذِيُّ أَوَّلُ أَصْحَابِ أَبِي عَبْدِ اللهِ، وَأَوْرَعُهُم. رَوَى عَنْ: أَبِي عَبْدِ اللهِ مَسَائِلَ ‌مُشْبَعَةً ‌كَثِيْرَةً، وَأَغْرَبَ عَلَى أَصْحَابِهِ فِي دِقَاقِ المَسَائِلِ وَفِي الوَرَعِ، وَهُوَ الَّذِي غَمَّضَ أَبَا عَبْدِ اللهِ، وَغَسَّلَهُ، وَلَمْ يَكُنْ أَبُو عَبْدِ اللهِ يُقَدِّمُ عَلَيْهِ أَحَداً.) ⁽⁵⁾

_________
⁽⁵⁾ تاريخ بغداد: 6/104

މާނައީ: "އަލްމައްރޫޛީއަކީ އަބޫ ޢަބްދި ﷲ (އިމާމް އަޙްމަދު) ގެ އެންމެ ކުރީގައިވާ އެކުވެރިޔާއެވެ. އަދި އެބޭކަލުންގެ ތެރެއިން އެންމެ ވަރަޢަވެރި ކަލޭގެފާނެވެ. އަބޫ ޢަބްދި ﷲ ގެ އަރިހުން އެތައް ބައިވަރު މައްސަލަތަކެއް އެކަލޭގެފާނު ރިވާކުރެއްވިއެވެ. އަދި ނާޒުކު މައްސަލަތަކާއި ވަރަޢަވެރިކަމުގައި އެކަލޭގެފާނުގެ އަޞްޙާބުންގެ މައްޗަށް އެކަހެރިވެ ކުރިހޯދެއްވިއެވެ. އަބޫ ޢަބްދި ﷲ (އަވަހާރަވުމުން) ދެލޯފުޅު ލެއްޕެވީވެސް އެކަލޭގެފާނެވެ. އަދި އަބޫ ޢަބްދި ﷲ، އެއްވެސް ބޭކަލެއް އެކަލޭގެފާނުގެ ކުރިއަށް ނުނެރުއްވައެވެ."

އިމާމް އަޙްމަދުގެ ޢިލްމު ފެތުރުއްވުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވީ އަލްމައްރޫޛީއެވެ. އެކަލޭގެފާނުގެ ޢިލްމުވެރިކަމަށް ތަޢުރީފުކުރެވުމުން ވިދާޅުވިއެވެ:

(ليس هذا العلم لي وإنما هذا علم أَحْمَد بْن حَنبَل.) ⁽⁶⁾

_________
⁽⁶⁾ تاريخ بغداد: 6/104

މާނައީ: "މިއީ އަހުރެންގެ ޢިލްމެއް ނޫނެވެ. އެކަމަކު މިޢިލްމަކީ އަޙްމަދު ބްނު ޙަންބަލުގެ ޢިލްމުފުޅެވެ."

އައްޛަހަބީ އެކަލޭގެފާނު ޞިފަކުރައްވާ ބަޔާންކުރެއްވިއެވެ:

(الإِمَامُ، القُدْوَةُ، الفَقِيْهُ، المُحَدِّثُ شَيْخُ الإِسْلَامِ... وَكَانَ إِمَاماً فِي السُّنَّةِ، شَدِيْدَ الَاتِّبَاعِ، لَهُ جَلَالَةٌ عَجِيْبَةٌ بِبَغْدَادَ.) ⁽⁷⁾

_________
⁽⁷⁾ سير أعلام النبلاء: 13/173 - 174

މާނައީ: "ނަމޫނާވެރި އިމާމެވެ. މުޙައްދިޘް ފަޤީހެވެ. ޝެއިޚުލް އިސްލާމެވެ... ސުންނަތުގައި އިމާމެކެވެ. ތަބަޢަވުން ވަރުގަދަ ބޭކަލެކެވެ. ބަޣުދާދުގައި އެކަލޭގެފާނަށް ޢަޖައިބުކުރުވަނިވި ހައިބަތު ބޮޑުކަމެއްވެއެވެ."

އަލްމައްރޫޛީގެ ދަރިވަރުންގެ ތެރޭގައި: އަބޫބަކުރު އަލްޚައްލާލު، މަޝްހޫރު ޝަރްޙުއް ސުންނާ ލިޔުއްވި އަލްބަރްބަހާރީ، އަބޫ ޢަވާނާ އަލްއިސްފިރާޔީނީ، އަބުލް ޙަސަނު ޢަލިއްޔު ބްނު މުޙައްމަދު ބްނު ބައްޝާރުއާއި رَحِمَهُمُ اللَّهُ އަދިވެސް އެތަކެއް ބޭކަލުންނެއް ހިމެނެއެވެ.

އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 275 ވަނަ އަހަރުގެ ޖުމާދަލް އޫލާގައިއެވެ. އަދި ފަސްދާނުލެވުނީ ބަޣުދާދުގައި އިމާމް އަޙްމަދުގެ ޤަބުރުފުޅާ ގާތުގައިއެވެ.


ތަހްގީގުކުރެވުނު ފޮތުގެ މުގައްދިމާ އަރަބިން - المقدمة

[قال المحقق:]

[المقدمة]

[تعريف المؤلف]

[تعريف الكتاب]

(د) وصف نسخة الكتاب، والطريقة المتبعة في تحقيقه:

اعتمدت في تحقيق هذا الكتاب على نسخة فريدة لا ثاني لها - حسب علمي - محفوظة في المكتبة الظاهرية مجموع برقم (۱۲۰)، ويقع الكتاب في ثلاثة أجزاء حديثية، إلا أن الجزء الثاني لم يصل إلينا، وقد بحثت عنه كثيرا فلم أهتد إليه، وقد سمعت أنه محفوظ في المتحف البريطاني، ولكن بعد السؤال وجدتُ أنه نسخة مختصرة من كتاب الورع للمؤلف.

ونسختنا هذه نسخة جيدة، يندر فيها الخطأ، وقد كتبت في حياة الإمام عبيد الله بن محمد بن الحسين بن محمد بن الفراء، ورواها عن الإمام علي ابن البُسري في تسع وستين وأربعمائة، وهي السنة التي توفي فيها، في المسجد الذي على باب المراتب، وهو أحد أبواب الخلافة المشهورة بشرقي بغداد حرسها الله تعالى وسائر بلاد المسلمين.

ويقع الجزء الأول في (۲۰) ورقة، بينما يقع الجزء الثالث في (١٦) ورقة، وقد أصاب النسخة بعض التَّلَفِ بسبب تقادمها، مما أدى إلى طمس لبعض الكلمات.

***

أما طريقتي في تحقيق الكتاب، فقد نسخته عن المخطوطة المذكورة آنفا، ثم خدمته بالضبط، والترقيم والتخريج لنصوصه، ثم ذيَّلت الكتاب بالفهارس الكاشفة، والحمد لله على ما وفق وأعان.

ونختم هذه المقدمة بهذا الذكر الجميل الذي كان يناجي به الإمام الحسن البصري ربنا عز وجل، وقد رواه عنه بإسناده الإمام المروذي في

كتابه هذا، فقال: (اللهم لك الحمد، بسطت رزقنا، وأظهرت أمننا، وأحسنت معافاتنا، ومن كل ما سألناك ربنا أعطيتنا)، وصلى الله وسلم على سيدنا محمد، وعلى آله وصحبه إلى يوم الدين.

وكتب

عامر حسن صبري

عفا الله تعالى عنه ووالديه

البريد الإلكتروني:

amersabri@maktoob.com


[صور المخطوطات]